ފުޓްބޯޅަ ސްކޫލުގެ ބިމާއި މާފަންނު ދަނޑުގެ ބިމާ ގުޅޭގޮތުން އެފްއޭއެމް އިން ބޮޑު ނިންމުމެއް

Aug 11, 2025, 2:59 AM
ފުޓްބޯޅަ ސްކޫލުގެ ބިމާއި މާފަންނު ދަނޑުގެ ބިމާ ގުޅޭގޮތުން އެފްއޭއެމް އިން ބޮޑު ނިންމުމެއް

ހުޅުމާލެ ފުޓްބޯޅަ ސްކޫލުގެ ބިމާއި މާފަންނު ސްޓޭޑިއަމްގެ ބިމުގައި އާ މަސައްކަތެއް ކުރުމާއި އެ ތަނަށް އުނިއިތުރެއް ނުގެންނަން އަންގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާނެއްކޮށްފި އެވެ.

އެ ގޮތުން، އެފްއޭއެމް އިން ރޭ ބުނެފައިވަނީ، މާލޭގެ 378 ނަންބަރު ކޮށީގެ ބިމަކީ ފީފާގެ ހަރަދުގައި ސްޕޯޓްސް އެރީނާ އަކާއި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް އެފްއޭއެމަށް 1 ފެބްރުއަރީ 2017 އިން ފެށިގެން 50 އަހަރަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ދޫކޮށްފައިވާ ބިމެއް ކަމަށެވެ.

އަދި، މިބިމުގެ ހުޅަނގު ފަރާތުގައި ހުރި އިމާރާތް (މާފަންނު ސްޓޭޑިއަމް އޮފީސް އިމާރާތް) އަދި ބިން މިހާރު ބޭނުން ކުރަމުންދާ ފަރާތްތަކުން މިތަން ބޭނުންކުރުމަށް މި އެސޯސިއޭޝަނާ ނުވަތަ އެހެން ފަރާތަކާ ދެމެދު އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމުގެ ކޮޕީ އާއި އަދި މިނޫން ވެސް ކަމާގުޅުންހުރި އެންމެހާ ލިޔެކިޔުންތައް މި މަހު 24 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެފްއޭއެމް އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ އެފްއޭއެމް އޮފީހަށް ފޮނުވުމަށް ވަނީ އެދިފަ އެވެ.

"މިއަދުން ފެށިގެން މި އިމާރާތަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި އިމާރާތް ހުރިބިމާއި އަދި ވަށައިގެންވާ ބިމުގައި އެއްވެސް އިމާރާތެއް ނުކުރުމަށް އަންގަމެވެ،" އެފްއޭއެމް އިން ބުނެފައިވެ އެވެ.

މީގެ އިތުރުން، އެފްއޭއެމް އިން ވަނީ، ހުޅުމާލޭ ފުޓްބޯޅަ ސްކޫލް ބިން ބޭނުންކުރާ ފަރާތްތަކުން އެ ބިމުގައި މިހާރު ހުރި އެއްވެސް އިމާރާތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި އިމާރާތް ހުރިބިމާއި އަދި ވަށައިގެންވާ ބިމުގައި އެއްވެސް އިތުރު އިމާރާތެއް ނުކުރުމަށް އަންގައިފަ އެވެ.

އެފްއޭއެމް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު ފުޓްބޯލް ޓްރެއިނިން ފެސިލިޓީއެއް (ސްކޫލެއް) ތަރައްގީކޮށް ގާއިމުކުރުމުގެ މަގުސަދުގައި 2018 ވަނަ އަހަރު ޖުލައި 11 ވަނަ ދުވަހު އެއްބަސްވުމެއް ވެވުނެވެ. އަދި، އޭގެ ދަށުން ހުޅުމާލެގެ ޕްލޮޓް D5-1 ގެ ގޮތުގައި ކަނޑައަޅަފައިވާ 230،000 އަކަ ފޫޓްގެ ގެ ބިމުގެ 180،000 އަކަފޫޓްގައި ފުލްސައިޒްގެ ފުޓްބޯޅަ ދެ ދަނޑުއަޅައި އަދި ބާކީއޮތް ބައިގައި އެކަމާއި ގުޅުންހުރި ފެސިލިޓީތައް ޤާއިމުކުރުމަށް ނިންމި އެވެ. އަދި، މި ކަންކަމަށް ދިން މި ބިމަކީ 25 އަހަރުގެ މުއްދަތަށް، އިޖްތިމާއީ އަދި މުޖުތަމައު އަށް ފައިދާހުރި ކަމެއްގެގޮތުގައި ބަލައި، އެއްވެސް ކުއްޔެއް ނެގުމެއްނެތި އެފްއޭއެމް މި ތަން ދެވުނެވެ.

އޭގެ ފަހުން، އެފްއޭއެމް އިން އެދިގެން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ވެވިފައި އޮތް އެއްބަސްވުމަށް، އިތުރު ބަދަލުތަކެއް ގެނެސް، 2018 ވަނަ އަހަރު ދޫކޮށްފައިވާ ބިމުގެ ބައެއް، ވިޔަފާރި އުސޫލުން ކުއްޔަށްދިނުމަށް އެއްބަސްވެފައިވާކަން އެނގެން އޮތްއިރު، ގިނަ ބަޔަކަށް ވަނީ އެ ތަން ކުއްޔަށް ދީފަ އެވެ.

އެފްއޭއެމްއާ އެޗްޑީސީއާ ދެމެދުވެފައިވާ އެއްބަސްވުން 7 ޑިސެމްބަރ 2022 ވަނަ ދުވަހުގެނައި ބަދަލާ އެކު ދައްކަންޖެހޭ ކުއްޔާއި އޭގެ ޖޫރިމަނާ ދައްކާފައިނުވާތީ އާއި، ފުޓްބޯލް ޓްރެއިނިން ފެސިލިޓީ ގާއިމްކޮށްފައި ނުވާތީ އާއި އަދި އެ ބިން ހުސްކޮށް ހަވާލުކޮށްފައިނުވާތީ، އެޗްޑީސީއިން އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ފުޓްބޯޅަ ސްކޫލްްގެ ބިމާ ގުޅޭ ގޮތުން، އެއްވެސް ސައްހަ އެއްބަސްވުމެއް ވާނަމަ ނޫނީ އެ ތަނާ ގުޅޭ މުހިންމު އެއްވެސް ލިޔެކިޔުމެއް އޮތް ފަރާތަކުން، މި މަހުގެ 24 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެފްއޭއެމް އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ އެފްއޭއެމް އޮފީހަށް ފޮނުވައިދޭން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox