މާލޭގެ ކަރަންޓު މައްސަލަ: ތަކުރާރުކޮށް ކަރަންޓު ކެނޑެނީ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅޭތީ!

ސްޓެލްކޯގެ އިންޖީނުތައް.

ސްޓެލްކޯގެ އިންޖީނުތައް.

މުޅި މާލެއިން ތަކުރާރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުންދާ މައިގަނޑު ސަބަބަކީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގޭގެ ތެޔޮ ޓޭންކުތަކަށް ބަރާބަރަށް ތެޔޮ ނޭޅޭތީ ކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން ބުނެފި އެވެ.

ކަރަންޓު ކެނޑޭ މައްސަލައިގައި އަދަދު ނޫހުން ސްޓެލްކޯގެ ބައެއް ވެރިންނާއި، ކަމުގެ މައުލޫމާތު އެނގޭ މި ސަރުކާރުގެ ބައެއް ވެރިންނާއި މާހިރުންނާ ވާހަކަ ދެކެވުނެވެ. އެ އެންމެން ވެސް ބުނަނީ ކަރަންޓަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ބަރާބަރަށް ނޭޅުމެވެ.

ސްޓެލްކޯއިން މިހާރު ޓޭންކުތަކަށް ތެޔޮ އަޅަނީ ދުވަހުން ދުވަހަށް، އެ ދުވަހަކަށް ބޭނުންވާ މިންވަރަކަށެވެ. އޭގެ ސަބަބުން ތެލުގައި ހުންނަ ކުނޑިތައް ތެޔޮ ޓޭންކުތަކުގެ ފުލުގައި ހަމަޖެހުމަށް ބޭނުންވާ ވަގުތެއް ނުލިބެ އެވެ. ކަރަންޓު ކެނޑެނީ އެ ކުނޑިތަކުން ފިލްޓަރުތައް ބެދި، ޖަނަރޭޓަރާ ހަމައަށް ތެޔޮ ނުދާތީ އެވެ.

"އެހެންވެ، އިންޖީނުގެ ރައްކާތެރިކަމުގެ ކަންކަން ހުންނަ ގޮތުން އިންޖީނު ނިންވާލަނީ. ކަރަންޓު އަލުން ދޭން، ފިލްޓަރުތައް ސާފުކުރަންޖެހޭ،" އަދަދު ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

ތެޔޮ ޓޭންކުތަކަށް ދުވަހުން ދުވަހަށް ތެޔޮ އަޅަން ސްޓެލްކޯއަށް މަޖުބޫރުވަނީ ފުދޭ މިންވަރެއްގެ ތެޔޮ ނެތުމުނުންނެވެ. ސްޓެލްކޯއިން ތެޔޮ ބިލުތަކަށް ފައިސާ ނުދައްކާތީ، އެސްޓީއޯއިން ތެޔޮ ދޫކުރަނީ ލިމިޓުކޮށެވެ. ތެޔޮ ބިލުތަކަށް ސްޓެލްކޯއިން ފައިސާ ނުދެއްކެނީ ސަރުކާރުން ސަބްސިޑީއަށް ފައިސާ ނުދޭތީ އަދި ސަރުކާރުގެ އިދާރާތަކުން ކަރަންޓު ބިލުތަކަށް ފައިސާ ނުދައްކާތީ އެވެ.

"އެންމެ މަދުވެގެން ވެސް އެއް ދުވަސް ކުރިން ޓޭންކުތަކަށް ތެޔޮ އަޅަން ފަށައިފި ނަމަ މައްސަލަ ހައްލުވީ،" ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ތެޔޮ އެޅުމުގެ މައްސަލަ ހައްލު ނުވެ އޮތީ ސަރުކާރުގެ ސަބަބުން ކަމަށާއި، ސަރުކާރުން ސްޓެލްކޯއިން ފައިސާ ދޭނަމަ ސްޓެލްކޯއިން އެސްޓީއޯ އަށް ބަރާބަރަށް ފައިސާ ދެއްކޭނެ ކަމަށް މި ސަރުކާރުގެ މަގާމެއްގައި އިސް މަގާމެއްގައި ހުރި މީހަކު ބުންޏެވެ.

"ސްޓެލްކޯއިން އެސްޓީއޯއަށް ފައިސާ ނުދެވެނީ ފިނޭންސް މިނިސްޓްރީން ސްޓެލްކޯއަށް ފައިސާ ނުދޭތީ، އަދި ސަރުކާރުގެ އޮފީސްތަކުން ބިލްތަކަށް ފައިސާ ނުދައްކާތީ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ސްޓެލްކޯއަށް ބިލްތަކަށް ފައިސާ ނުދައްކަނީ، އެ ކުންފުނިތަކަށް ވެސް ފިނޭންސްއިން ފައިސާ ނުދޭތީ،" އޭނާ ބުންޏެވެ.

މި އަހަރުގެ ޖޫން 1، ގައި މުޅި މާލެ އާއި ހުޅުމާލެއިން ފަސް ގަޑިއިރަށް ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގުކުރާތާ ގިނަ ދުވަސްވެފައި ވަނިކޮށް އިއްޔެ ވެސް މާލެ އާއި ހުޅުމާލޭން ކަރަންޓު ދިޔަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ފެށި އެ ތަހުގީގު ވަނީ ދިގުލައިފަ އެވެ. އެހެންވެ، އިއްޔެ މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ދިޔުމުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.

ރައްޔިތުންގެ އުދާސްތައް ސޯޝަލް މީޑިއާ އަށް ހިއްސާކުރަމުން ދަނިކޮށް، ފުލުހުން ބުނީ ކަރަންޓު ތަހުގީގުގައި މިހާތަނަށް ފުލުހުންނަށް އެއްކުރެވުނީ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެކަނި ކަމަށެވެ.

ޖޫން 1 ގައި މުޅި މާލެއިން ކަރަންޓު ދިޔައިރު، އޭގެ ފަހުން ވެސް މުޅި މާލެއިން ކަރަންޓު ދާންޖެހޭ ހާލަތެއް ކުރިމަތިވި ކަމަށާއި ނަމަވެސް އެ ދުވަހު، ސަލާމަތްވީ އިންޖިއަރުންގެ ހުޝިޔާރު ކަމުގެ ސަބަބުން ވަގުތުން މާލޭގެ ކަރަންޓު ލޯޑު ދަށްކުރަން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުން ކަމަށް، ވާހަކަ ދެއްކި އެކަކު ބުންޏެވެ.

މި ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ޖޫން 1، ގައި މާލެއިން ކަރަންޓު ދިޔަ ސަބަބު ފުލުހުންނާއި ސިފައިންނަށް އަދި މި ސަރުކާރުގެ ވެރިންނަނަށް އެނގޭ ކަމަށާއި މިއީ ބޮޑު ތަހުގީގެއް ވެސް ބޭނުންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"ޖޫން 1 ގެ ރައީސް އަންގައިގެން ތަހުގީގު ހިންގަން ސްޓެލްކޯއަށް ދިޔަ ސިފައިންނާއި ފުލުހުންނަށް ވެސް ހަމަ ރަނގަޅަށް ފެންނާނެ ވެފައި ހުރި ގޮތް. ފިލްޓަރު ނައްޓާލީ ވެސް، އޭގައި ހުރި ހަޑި ފިލުވީ ވެސް ކުރިމަތީގައި،" މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޖޫން 1، އިން ފެށިގެން މިހާތަނަށް މުޅި މާލޭން ކަރަންޓު ދިޔަ ދުވަސްތައް ފިޔަވައި، 30 އަށް ވުރެ ގިނަ ފަހަރު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި، ނުވަތަ ކަނޑާފައިވެ އެވެ.

މައުލޫމާތު ދިން ފަރާތްތަކުން ބުނި ގޮތުގައި މިއުޅެނީ ސްޓެލްކޯގެ އިންޖިނިއަރުންގެ ގާބިލްކަމުގެ މައްސަލައެއް ނޫނެވެ. ޕަވަ ހައުސްއެއްގައި ހިފަހައްޓަންޖެހޭ މިންގަނޑަށް ތެޔޮ ރަނގަޅަށް ރައްކާ ކުރެވިފައި ނުބެހެއްޓުމުން އުފެދި، ބޮޑުވާ މައްސަލަ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox