ފުޓްބޯޅަ ސީޒަން ފެށުން ސެޕްޓެމްބަރުގައި، ރީޖަނަލް ލީގުތައް އޮކްޓޫބަރުގައި

ފުޓްބޯޅަ ސީޒަން ފެށުން ސެޕްޓެމްބަރުގައި، ރީޖަނަލް ލީގުތައް އޮކްޓޫބަރުގައި

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އަންނަ މަަހަށް (ސެޕްޓެމްބަރަށް) ހަމަޖައްސައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާ ރީޖަނަލް ލީގުގެ ކުޅުން އޮކްޓޫބަރު މަހު ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޝެޑިއުލް އާންމުކޮށްފި އެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ދެ ވަނަ ބައްދަލުވުމަށް ފަހު، ސީޒަން ކަލަންޑަރާއި ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ރޭވިގެންދާނެ ގޮތް ވަނީ ފާސްކޮށްފަ އެވެ. އެ ގޮތުން، ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހު 15 ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އަދި، 10 ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަންނަ މަހު 18 ވަނަ ދުވަހު ފަށަން ވަނީ ނިންމައިފަ އެވެ.

ކުރިއަށް އޮތް ސީޒަނުގައި ލީގުގައި ކުޅޭނީ 90 މެޗު ހިމެނޭހެން ދެ ބުރު ކަމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ. އަދި، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގަ އެވެ.

ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ލީގަށް ކޮލިފައިވާނެ އެވެ.

ރީޖަނަލް ލީގުގެ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު

އެފްއޭއެމް އިން ހިއްސާކޮށްފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ ޕިރަމިޑް ބެހޭގޮތަށް ބަލާއިރު، ހަތަރު ރީޖަނަލް ލީގު އެތުރިފައިވަނީ ރަށްތަކާއި އަތޮޅު މުބާރާތްތައް ބާއްވަން ފަސޭހަ ކޮށެވެ.

- ނޯތު ރީޖަން ( ޒޯން އެކެއް - ހއ. ހދ. ށ، ޒޯން ދޭއް - ނ، ރ، ބ، ޅ)

- ސެންޓްރަލް ރީޖަން (ޒޯން އެކެއް - ކ، އއ، އދ، ޒޯން ދޭއް - ވ، މ، ފ، ދ)

- ސައުތު ރީޖަން ( ޒޯން އެކެއް - ތ، ލ، ގއ، ޒޯން ދޭއް - ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ)

- މާލެ ރީޖަން (މާލެ ސިޓީ ކްލަބުތައް، ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް، ތިން ވަނަ ޑިވިޝަނުގެ ކްލަބްތައް)

މިހާރު އޮތްގޮތުން، އެފްއޭއެމް އިން ވަނީ، އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު، ރީޖަނަލް ލީގުތަކުގެ ކުޅުން ފަށަން ނިންމައިފަ އެވެ.

އަދި، ހުރިހާ އަތޮޅު މުބާރާތެއްގެ ޗެމްޕިއަން ކަނޑައެޅުމާއި ރީޖަނަލް ލީގުތަކުގެ ޗެމްޕިއަން، އަންނަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ނިމުމުގެ ކުރިން، ކަނޑައެޅިގެންދާނެ އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އޮންނާނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ.

އެފްއޭއެމް އިން 10 އަހަރު ތެރޭ ބާއްވާ ފުރަތަަމަ އަންހެން ފުޓްބޯޅަ މުބާރާތް ޑިސެމްބަރުގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އެ މުބާރާތުގައި، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން، ކްލަބްތަކާއި އެސްއޯއީ/އޮފީސް ޓީމުތައް ބައިވެރިވުމުގެ ވެސް ފުރުސަތު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ މާޗް މަހު 28 ފަށަން ތާވަލުކޮށްފައިވާއިރު، އަންނަ އަހަރު އޭޕްރީލް މަހު ބީޗް ފުޓްބޯޅަ މުބާރާތެއް ވެސް ވަނީ ޝެޑިއުލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox