އެމްއައިބީގެ "MIB9" ކްލަބް ބަދަލުތަކާއެކު އަލުން ލޯންޗުކޮށްފި

އެމްއައިބީގެ "MIB9" ކްލަބް ބަދަލުތަކާއެކު އަލުން ލޯންޗުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މުސާރަ ޖަމާކުރާ މީހުންނަށް ހާއްސަ "ބެނެފިޓް" ތަކާއި ތަފާތު އެކިއެކި ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ "MIB9" ކްލަބް ބަދަލުތަކަކާއެކު އަލުން ލޯންޗް ކޮށްފި އެވެ.

އެމްއައިބީގެ ޗީފް ރީޓެއިލް ބޭންކިން އޮފިސަރު ވިދާޅުވީ އެއީ ހަމައެނި "ރިވާޑް ޕްރޮގްރާމެއް' ނޫން ކަމަށާއި، އެއީ ދިރިއުޅުމުގެ އެކި ކަންކަން ތަފާތު ގޮތަކަށް ތަޖުރިބާ ކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ކްލަބްގެ މެމްބަރުންނަށް ލިބޭ ފައިދާތައް

  • ރުފިޔާ ކާޑުން އޮންލައިން ވިޔަފާރިކޮށްލައި، މަހުން މަހަށް ސަބްސްކްރިޕްޝަންތަކަށް ޑޮލަރުން ފައިސާ ދައްކާލުން ފަދަ އޮންލައިން ޓްރާންސެކްޝަންތަކަށް ބޭނުންކޮށްލުމަށް މަހަކު 250 ޑޮލަރުގެ ލިމިޓު ލިބޭނެ.
  • އުޖާލާ ދިރިއުޅުން މެދުވެރިކޮށް ކުޑަ އަގެއްގައި ފައިނޭންސް ކޮށްގެން ކުޑަ އިންސްޓޯލްމަންޓް އަދަދަކާއި އެކު އިތުރު ލިމިޓް ލިބޭނެ
  • ކޮންސިއާޖް ގުރޫޕް މެދުވެރިކޮށް ބަޓިކް އެއާގެ ފްލައިޓް ތަކުން މިހާރުގެ ހޮޓް ޑެސްޓިނޭޝަންތަކަށް އަގުހެޔޮކޮށް ދަތުރުކޮށްލުމަށް ޓިކެޓްތަކުން 12 ޕަސަންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ
  • ޖިމް މެމްބާޝިޕް ފީ ތަކުން އެކްސްކްލޫސިވް ސޭވިންގްސް ހޯއްދެވުމަށް ޓީއެފްޖީ އާއި ޖިމްނޭސިއާ އިން 30 ޕަސަންޓާއި ހަމައަށް ޖެނެރަލް މެމްބާޝިޕުން ޑިސްކައުންޓު ލިބޭނެ.
  • ފްލޭޝް ޑީލްސްގެ ނަމުގައި އަޅުގަނޑުމެންގެ ޕާޓްނާ ފިހާރަ، ރެސްޓޯރެންޓް އަދި ގެސްޓުހައުސްތަކުން ކްލަބު މެމްބަރުންނަށް ހާއްސަ އެކި ޑިސްކައުންޓުތައް ލިބޭނެ.

އެ ހުރިހާ ފައިދާތަކެއް ވެސް މުސާރަ ޖަމާކުރައްވާ ފުރަތަމަ މަހުން ފެށިގެން ލިބިގެންދާނެ އެވެ. އެ ކްލަބްގެ މެމްބާޝިޕް ހޯދުމަށް ހަމައެކަނި ކޮށްލަން ޖެހޭ ކަމަކީ އެމްއައިބީގެ އެކައުންޓަށް މުސާރަ ޖަމާކުރުމެވެ.

ކުރިއަށް އޮތް ތިން މަސްދުވަހު ކްލަބާއި ބައިވެރިވާ މީހުންގެ ތެރެއިން ނަސީބުވެރި ހަތަރު މީހަކަށް ލިބޭ އަގުހުރި އިނާމްތަކެކެވެ.

ޕްރޮމޯޝަންތަކުގެ ތެރޭގައި ހިމެނެނީ

  1. ނަސީބުވެރި އެއްފަރާތަކަށް ދެ މީހުންގެ ދެކޮޅު ޓިކެޓް (ބަޓިކް އެއާގެ އެންމެ މަގުބޫލް ހަ ގައުމަކުން އެއް ގައުމަކަށް).
  2. ނަސީބުވެރި އެކަކަށް 1000 ޑޮލަރުގެ ފައިސާގެ އިނާމް.
  3. ނަސީބުވެރި އެކަކަށް ބޭންކުގެ ޕާޓްނާ ޖިމަކުން އެއް އަހަރު ދުވަހުގެ ހިލޭ މެމްބާޝިޕް.
  4. ގުރުއަތުން ހޮވޭ އެއްފަރާތަކަށް އެޕަލް މެކްބުކް އެއާއެއް.

މި ޕްރޮމޯޝަން ކުރިއަށްދާނީ އޮކްޓޯބަރު 15 ގެ ނިޔަލަށެވެ. އޮފާތަކުގެ އިތުރު ތަފްސީލް ހޯއްދެވުމަށް އިސްލާމިކް ބޭންކްގެ ވެބްސައިޓުން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox