އަބްދުއްރަހްމާން ސިހުރު ހަދާ ކަމަށް ބުނާ ވާހަކައަކީ ދޮގެއް: އާއިލާ

ައަބްދުއްރަހްމާން ނިދާފައި އޮއްވައި އޭނާއަށް ހަމަލާދީ މަރާލި މައްސަލައިގެ ތަހުގީގަށް، އޭނާ ދިރިއުޅުނު މާހިޔާ ގެ ސަރަހައްދު ބަންދުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ައަބްދުއްރަހްމާން ނިދާފައި އޮއްވައި އޭނާއަށް ހަމަލާދީ މަރާލި މައްސަލައިގެ ތަހުގީގަށް، އޭނާ ދިރިއުޅުނު މާހިޔާ ގެ ސަރަހައްދު ބަންދުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމް، 65، އަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ ކުރާ ތުހުމަތަކީ ދޮގެއް ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އަބްދުއްރަހްމާން މަރާލިއިރު، ދުނިޔޭގައި ތިބި އޭނާގެ ތިން ކުދިންގެ ތެރެއިން މެދަށް ހުންނަ، އަހުމަދު ނިމާލް، 29، އަދަދު އާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ބައްޕަ ސިހުރު ހަދާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އެއީ ހަމަ ހުސް ދޮގު، ރަށުގައި އޮންނަ ބޯދާކަމެއް އެއީ ފާލު ބެލުން، އެކަހަލަ ކަމެއްގެ ތެރެއިން އައި ތުހުމަތެއް، އެކަމަކު އެއްވެސް މީހަކަށް ބުނެ ނުދެވޭ ބައްޕަ ކުރީ މިވެނި ކަމެކޭ މިވެނި ތަނަކަށޭ ދިޔައީ މިވެނި ވަގުތަކު،" ނިމާލް ބުންޏެވެ.

އޭނާ ބުނީ އަބްދުއްރަހްމާންއަށް ސިހުރުގެ ތުހުމަތު އަމާޒުވާން ފެށުމުން އޭގެ ހަގީގަތް ހޯދުމަށް އޭނާ ވެސް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އަބްދުއްރަހްމާނަށް ނޭނގި އޭނާ ނިދާ ކޮޓަރި އާއި ގޭގެ އެހެން ތަންތަން ވެސް އޭރު ބެލި ކަމަށް ނިމާލް ބުންޏެވެ.

"އަޅުގަނޑަކީ ވެސް ސިހުރާ ވަރަށް ދެކޮޅު މީހެއް. އެ ތުހުމަތުތައް އަމާޒުވީމާ ގެ އެއްކޮށް ބެލިން، މަންމަ ކޮޓަރި ވެސް ބެލިން، ބައްޕަ ކޮޓަރި ވެސް ބެލިން،" ނިމާލް ބުންޏެވެ.

"[އެ ތުހުމަތުތަކުގެ ވާހަކަ އަޑުއިވުނީމާ] ނުވެސް އަހަން ބައްޕަ ކައިރިއަކު، އެއީ ހަގީގަތަކަށް ވެއްޖެއްޔާ ފޮރުވާނެތާ ގޭގައި ހުރި އެއްޗެއް، އެހެންވެ ނުވެސް އަހާ ގޮސް ބެލިއިރު އެއްވެސް އެއްޗެއް ނުފެނުނު، ދެން މަންމަ ގާތު އެހީ، މަންމަ ބުނީ މަންމައަކަށް ނޭނގެޔޭ ބައްޕަ އެކަހަލަ ކަމެއް ދުވަހަކު ވެސް ކުރިކަމެއް."

ރަށު ބައެއްގެ ފަރާތުން ބައްޕައަށް ސިހުރުގެ ތުހުމަތު އަމާޒުވުމުން އެކަމާ މަންމަ ކަންބޮޑުވި ކަމަށް ނިމާލް ބުންޏެވެ.

"މަންމަ އެހީ ކާކު ހެއްޔޭ ދެއްކީ ތި ވާހަކަ، އެކަމަކު މަސްލަހަތަށްޓަކައި އަހަރެން ނުބުނަން މަންމަ ކައިރިއަކު އެ ވާހަކަދެއްކީ ކާކުކަމެއް،" ނިމާލް ބުންޏެވެ.

އަބްދުއްރަހްމާންއަށް ކުރާ ސިހުރުގެ ތުހުމަތުގެ އަޑު ފުރަތަމަ އިވުނީ މިދިޔަ އަހަރު ކަމަށް ނިމާލް ބުންޏެވެ. ސިހުރުގެ ތުހުމަތު އަމާޒުވެގެން މާހިޔާ ގެ ބަލައި ނިމާލް ފާސްކުރީ ވެސް މިދިޔަ އަހަރު ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް އިވުނީ ތުންތުންމަތިން އެ އަޑު، މި ރަށު މީހަކު ބަލިވެ، އޭގެ ފުދޭވަރަކަށް ދުވަސް ފަހުން،" ނިމާލް ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ނިދާފައި އޮއްވައި ހަމަލާދީ މަރާލި އަބްދުއްރަހްމާންއަށް ސިހުރު ހަދާ ކަމުގެ ތުހުމަތު މާޅޮހުގެ ބައެއް މީހުން ކުރެ އެވެ. ނަމަވެސް ސާބިތު ހިފޭ ގޮތަށް އެ ވާހަކަ ދައްކާ މީހަކާ އެ ރަށަށް ގޮސް އުޅުނު އަދަދު ގެ ނޫސްވެރިންނާ ވެސް ދިމައެއް ނުވެ އެވެ.

އަބްދުރަހްމާން އަށް ސިހުރުގެ ތުހުމަތުކޮށް އެ ރަށުން ވާހަކަދެއްކި ގިނަ މީހުން ބުނަނީ އޭނާ ސިހުރު ހަދަން އެކި ކަންކަން ކުރި މަންޒަރު ދުށް މީހުން އެ ރަށުގައި ތިބޭނެ ކަމަށެވެ. ނަމަވެސް އެފަދަ މަންޒަރެއް ފެނުނު އެއްވެސް މީހަކާ މި ނޫހުގެ ނޫސްވެރިންނަށް ދިމައެއް ނުވެ އެވެ.

"މި ރަށުގައި ދެކެވޭ ވާހަކައެއް އެއީ، އަބްދުއްރަހްމާންއަކީ މީހުންނަށް ފަންޑިތަ ހަދައި ސިހުރު ހަދާ އުޅޭ މީހެކޭ، އެހެން ކިޔާ، މިއަދު ވެސް އެކަހަލަ ވާހަކަތަކެއް މީހުން ދައްކާ އެބަ ރަށުތެރޭގައި،" ނަން ނުޖެހުމަށް ޝަރުތުކޮށް އަބްދުއްރަހްމާން މަރައިލި ދުވަހު މި ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

"އަހަންނަކަށް ނޭނގޭ، މީހުން އެހެން ކިޔާ، އަހަރެންގެ މަންމައަށް ނޫނީ އަހަރެންގެ ގޭ މީހަކަށް ހަދައިފިއްޔާ އަހަންނަށް އެނގޭނީ، އެކަމަކު މި ރަށު ބައެއް މީހުން ކީ މިއަދު ވެސް އޭނާއަކީ މި ރަށު މީހުންނަށް ސިހުރު ހަދާ މީހެކޭ."

އަބްދުއްރަހްމާން އަށް ކުރާ ސިހުރުގެ ތުހުމަތަކީ ހަގީގަތެއް ނޫން ކަމަށް އޭނާއާ އާއިލީ ގޮތުން ގުޅުން ނޯންނަ މީހުން ވެސް މި ނޫހަށް މައުލޫމާތު ދިނެވެ.

އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު، އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ތަހުގީގުގެ ބޭނުމަށް އަބްދުއްރަހްމާން ދިރިއުޅުނު ގެ، މާހިޔާ، ކައިރި ބޮޑު ސަރަހައްދެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. އޭގެއިތުރުން އެ ރަށު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި ފައިގެ ނިޝާނުގެ އިތުރުން އިނގިލީގެ ނިޝާން ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.

ފުލުހުން ސާމްޕަލް ނެގި މީހުންގެ ތެރޭގައި ހިމެނެނީ އަބްދުއްރަހްމާންއަށް އެހީވުމަށް އެރޭ އެތަނަށް ދިޔަ މީހުންނެވެ.

އެ މައްސަލައާ ގުޅިގެން މިހައިތަނަށް އަދި އެއްވެސް މީހަކު ފުލުހުން ހައްޔަރެއް ނުކުރެ އެވެ. އަދި އެ މައްސަލައިގެ ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.

މާޅޮހުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ ތަހުގީގުގެ ބޭނުމަށް، އެ ރަށަށް އަރައިފައިބާ މީހުން އަދިވެސް މޮނީޓާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox