ދެމެފިރިއެއްގެ އެކައުންޓުން 24 ގަޑިއިރު ތެރޭގައި ތިން ލައްކަ ރުފިޔާ އާއި 15،385 ޑޮލަރު ގެއްލިއްޖެ

އާޓްވޯކް: އިސްމާއިލް އިމްދާދު

އާޓްވޯކް: އިސްމާއިލް އިމްދާދު

ދެމެފިރިއެއްގެ އެކައުންޓުން 24 ގަޑިއިރު ތެރޭގައި 251،000ރ. އަދި 15،385 ޑޮލަރު ގެއްލިއްޖެ އެވެ.

އެކަންޓުން ފައިސާ ގެއްލުނު ދެމެފިރިން ކަމަށްވާ އައިޝަތު ރަޝީދާ, 38، އަދި އަބްދުލް ހަމީދު ހުސައިން, 45، އަދަދު އާ ވާހަކަ ދައްކަމުން ބުނީ މިދިޔަ ޖޫން 21، ގައި އެ ދެ މީހުން އެކައުންޓުން ފައިސާ ގެއްލުނީ ފިރިމީހާގެ ފޯނު ކުއްލިއަކަށް ރީސްޓާޓްވެ، ރީސެޓްވި ފަހުން ކަމަށެވެ.

އަބްދުލް ހަމީދު ހުސައިންގެ ފޯނަށް މައްސަލަ ދިމާވީ އޭނާގެ ބައްޕަގެ ޖަނާޒާއަށް ހދ. ނޮޅިވަރަންފަރަށް އެ ދެމެފިރިން ޖޫޫން 18، ގައި ގޮސް ތިއްބަ އެވެ. މިގޮތުން އެ ދެމެފިރިން ޖޫން 22، ގައި އެނބުރި މާލެ އަންނަ ގޮތަށް ހަމަޖެހިފައިވުމުން، މާލެ އައިސް ފޯނަށް ދިމާވި މައްސަލަ ހައްލުކުރަން ނިންމި އެވެ.

"ޖޫން 21 ވަނަ ދުވަހު ގާތްގަނޑަކަށް މެންދުރު 12:50 ހާއިރު ފިރިމީހާގެ ފޯނު ރީސްޓާޓްވީ އެނގޭތޯ، ރީސްޓާޓްވެފައި ނިވުނީ ކުއްލިއަކަށް ފޯނު. އަޅުގަނޑުމެން ފޯނު ހުޅުވަން އުޅެ އުޅެ އެވަގުތަކު ފޯނު ނުހުޅުވުނު،" އައިޝަތު ރަޝީދާ ބުންޏެވެ.

"ކުޑަ އިރުކޮޅެއް ފަހުން ފޯނު ހުޅުވުނުއިރުގައި ސިމް މަސައްކަތެއް ނުކުރޭ. އެއްވެސް ތާކަށް ނުގުޅޭ. ދެން އޮތީ ގަންނައިރު ފޯނު ހުންނަހެން. ދެން ސިމް އެހެން ފޯނަކަށް ލެއްވީމަ ވެސް ވޯކެއް ނުކުރޭ. ހީކުރީ ފޯނަށް މައްސަލައެއް ދިމާވީ ކަމަށް. ދެން ޖެހިގެން އަންނަ ދުވަހު މާލެ އައިސްފައި ފޯނު ހަދަންވެގެން މަޑުކުރީ."

އޭނާ ބުނީ ޖޫން 22، ގައި ނޮޅިވަރަންފަރުން މާލެ އައިސް ފިރިމީހާގެ ސިމް, ބައްތި ފޯނަކަށް ލައްވައިގެން ހުޅުވުމުން "އަން ރަޖިސްޓާޑް" ސިމެއް ގޮތުގައި ދެއްކުމުން އެކަން ސާފުކުރަން ދިރާގަށް ގުޅުމުން އަބްދުލް ހަމީދު ހުސައިންގެ ނަމުގައި އީ-ސިމެއް ރަޖިސްޓާ ކޮށްފައިވާ ކަމަށް އެންގި ކަމަށެވެ.

އެއާއެކު ގޯހެއް އުޅޭ ކަމަށް އައިޝަތު ރަޝީދާއަށް ތުހުމަތު ކުރެވިގެން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ގުޅުމުން ފިރިމީހާގެ ބީއެމްއެލްގެ ރުފިޔާ އެކައުންޓް އަދި ޑޮލަރު އެކައުންޓުގައި ހުރި ފައިސާ ނެތްކަން އެނގުނު ކަމަށެވެ. އެއާއެކު ފްރޯޑް މައްސަލައެއް ގޮތުގައި ފުލުހުންގެ އިތުރުން ކަމާ ބެހޭ ހުރިހާ އިދާރާއަކަށް މައްސަލަ ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

ޖުލައި 23، ގައި އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ގޮސް ދެމެފިރިންގެ އެކައުންޓުތައް ބެލުމުން އެ ބޭންކުގައި ހުރި އެކައުންޓުތަކުގައި ވެސް ފައިސާ ނެތްކަން އެނގުނު ކަމަށް އައިޝަތު ރަޝީދާ ބުންޏެވެ. އަދި އައިޝަތު ރަޝީދާގެ އެކައުންޓަށް އެހެން އެކައުންޓަކުން 30،000ރ. ޖަމާކޮށް އެހެން އެކައުންޓަކަށް ފޮނުވާފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ދެމެފިރިންގެ އެކައުންޓުން ގެއްލުނު ފައިސާގެ ތަފްސީލް:

އަބްދުލް ހަމީދު ހުސައިންގެ ބީއެމްއެލް އެކައުންޓް: 251،000ރ.

  • އަބްދުލް ހަމީދު ހުސައިން ބީއެމްއެލް ޑޮލަރު: 10،005 ޑޮލަރު
  • އަބްދުލް ހަމީދު ހުސައިން އެމްއައިބީ ރުފިޔާ އެކައުންޓް: 70،000ރ.
  • އަބްދުލް ހަމީދު ހުސައިން އެމްއައިބީ ޑޮލަރު އެކައުންޓް: 4،405 ޑޮލަރު
  • އައިޝަތު ރަޝީދާގެ އެމްއައިބީ ޑޮލަރު އެކައުންޓު: 975 ޑޮލަރު

އައިޝަތު ރަޝީދާ ބުނީ ދެމެފިރިންގެ އެކައުންޓުން ގެއްލުނު ފައިސާގެ ތެރެއިން މިހާތަނަށް ފުލުހުންނަށް ހޯދުނީ 20،000ރ. ކަމަށެވެ. އޭގެ ތެރެއިން 15،000ރ. އެކައުންޓަށް ޖަމާކުރި ނަމަވެސް، ކޭޝްކޮށްހުރި 5،000ރ. މިހާތަނަށް ހަވާލުކޮށްފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ ދެމެފިރިއެއްގެ އެކައުންޓުން ފައިސާ ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން އެކަމާ ގުޅިގެން ދީފައެއް ނުވެ އެވެ.

އެކަމަކު އައިޝަތު ރަޝީދާ ބުނީ ފުލުހުން ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި ފައިސާތައް ދެމެފިރިންގެ އެކައުންޓުން އެހެން އެކައުންޓްތަކަށް ޓްރާންސްފާކޮށްގެން ވިތުޑްރޯކުރީ ހުޅުމާލެ، ލ. އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީން ކަމަށެވެ.

އެއްކުރި ފައިސާ ގެއްލުމުން ދެމެފިރިންނަށް ބޮޑު ދައްޗެއް، ފުލުހުންގެ ތަހުގީގު ލަސްކަމުގެ ޝަކުވާ

އައިޝަތު ރަޝީދާ ބުނީ އޭނާގެ ފިރިމީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މެކޭނިކެއްގެ ގޮތުގައި ފާއިތުވެދިޔަ 27 އަހަރު ކުރި ބުރަ މަސައްކަތުން ހޯދި ފައިސާ ގެއްލުމުން ވަރަށް ބޮޑު ދައްޗަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ގޭގެ ކުއްޔާއި، ބިލުތައް އަދި ދެމެފިރިންގެ ހުރި ހަމައެކަނި ދަރިފުޅުގެ ހަރަދުތައް ހަމަޖައްސަން ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ދަތި ހަމަ. އަދި އަނެއްކާ ކުލިވެސް ދައްކަން ޖެހޭނެ ނޫންތޯ. ސްކޫލްކަންތަކާއި ކަރަންޓު ބިލާއި ފެންބިލާއި ދެއްތޯ،" އޭނާ ބުންޏެވެ.

އައިޝަތު ރަޝީދާގެ ޝަކުވާއަކީ ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބައި ފައިސާ 72 ގަޑިއިރު ތެރޭގައި ހޯދައިދޭނެ ކަމުގެ އުންމީދު ފުލުހުން ދިނުމަށްފަހު، މިހާރު ގުޅީމަ ފޯނު ވެސް ނުނެގުމުގެ އިތުރުން މެސެޖަށް ވެސް ރިޕްލައި ވެސް ނުކުރުމެވެ.

"ވަރަށް މުހިންމު ކަމެއް ދޭނެ ކަމަށާއި ތި ކޭސްއަށް. ދެން އަދި 72 އަވާސް ތެރޭގައި ދެބައިކުޅަ އެއްބައި ރިކަވާކޮށްދޭނެ ކަމަށް ވަރަށް ޔަގީންކަމާއެކު ބުނި ނަވީދު. އެންޓި ސްކޭމް ސެންޓަރުގެ އެންމެ އިސްވެރިއަކަށް ހުންނަނީ ނަވީދު ކަމަށް މައުލޫމާތު ލިބެނީ. ދެން މިހާރު ނަވީދުއަކަށް ނުގުޅޭ،" އައިޝަތު ރަޝީދާ ބުންޏެވެ.

"މި މައްސަލަ ބަލަމުންދަނީ ސާޖަންޓް މުހައްމަދު ޖުނައިދު ކިޔާ ބޭފުޅެއް. ދެން ގިނަފަހަރު ފޯނަކަށް އަޅުގަނޑަކަށް ޖަވާބެއް ނުދޭ ގުޅިޔަކަސް. މެސެޖަކަށް ޖަވާބެއް ނުދޭ."

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox