މަރަށް 72 ގަޑިއިރު ފާއިތުވި އިރު ވެސް އަބްދުއްރަހްމާނުގެ ގާތިލެއް ނުހޯދޭ

Jul 16, 2025, 5:05 AM
މާޅޮހުގައި ފުލުހުން ހަރަކާތްތެރިވަނީ: ބައެއް މީހުންގެ ފައިގެ ނިޝާން އަދި ޑީއެންއޭ ސާމްޕަލް ފުލުހުން ވަނީ ނަގައިފަ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މާޅޮހުގައި ފުލުހުން ހަރަކާތްތެރިވަނީ: ބައެއް މީހުންގެ ފައިގެ ނިޝާން އަދި ޑީއެންއޭ ސާމްޕަލް ފުލުހުން ވަނީ ނަގައިފަ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ މައްސަލައަށް 72 ގަޑިއިރު ފާއިތުވި އިރު ވެސް ފުލުހުންނަށް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރެވޭ ގޮތެއް ނުވި އެވެ.

އަބްދުއްރަހްމާނު މަރުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ދިރިއުޅޭ މާޅޮސް، މާހިޔާ، ގޭގައި ނިދާފައި އޮއްވައި ގޮތް ނޭނގޭ މީހަކު އޭނާގެ ބޮލަށް ހަމަލާދިނުމުންނެވެ. އަބްދުއްރަހްމާން މަރުވީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެނިކޮށް ހަމަ އެ ރޭގެ ވަގުތެއްގަ އެވެ.

އަބްދުއްރަހްމާނުގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ. ނަމަވެސް ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ފޯނު ނުނަގާތީ އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތެއް ނުލިބެ އެވެ.

އެ މައްސަލަ ތަހުގީގު ކުރަން އާދީއްތަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ފޮރެންސިކް އަދި މަރުގެ މައްސަލަތައް ތަހުގީގު ކުރާ ޑިޕާޓްމަންޓަކުން އެ ރަށަށް ދިޔަ އެވެ. ފުލުހުން ވަނީ މާހިޔާ ގެ އާއި އެ ގެ ހުންނަ ސަރަހައްދު ބަލައި ފާސްކޮށް ބައެއް ހެކިތައް އެއްކޮށްފަ އެވެ.

އޭގެ އިތުރުން އެ ރަށުގެ ބައެއް މީހުންނާ ސުވާލުކޮށް، ފައިގެ އަދި އަތުގެ ނިޝާން ފޮރެންސިކް ބޭނުމަށް ފުލުހުން ވަނީ ނަގައިފަ އެވެ. ބައެއް މީހުން ޑީއެންއޭ ސާމްޕަލް ވެސް ނަގާފައިވެ އެވެ. ފުލުހުން އެއްކުރި ހެކިތައް ވަނީ ވެރި ރަށް މާލެއަށް ފޮނުވާލައިފަ އެވެ.

އަބްދުއްރަހީމުގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ. އޮޓޮޕްސީ ހަދަން އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox