އިންފްލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

އިންފްލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ އިންފްލުއެންޒާ ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިންފްލުއެންޒާ ޖެހިއްޖެ ނަމަ ރޯގާޖެހި، ހުން އައިސް، ކެއްސުމާއި ކަރުގައި ރިއްސުންފަދަ އަލާމާތްތައް އިންސާނާގެ ހަށިގަނޑުން ފެނެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު އަދަދާއި ޕޮޒިޓިވްވީ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

އިންފްލުއެންޒާއަށް މިދިޔަ ދެ މަހު ޓެސްޓު ކުރެވުނު އަދަދު

  • މެއި 2025: 269 މީހުން ޓެސްޓު ކުރެވުނުއިރު 98 މީހުން ޕޮޒިޓިވް
  • ޖޫން 2025: 608 މީހުން ޓެސްޓު ކުރެވުނުއިރު 185 މީހުން ޕޮޒިޓިވް
  • މި އަހަރު: 1،489 މީހުން ޓެސްޓު ކުރެވުނުއިރު 371 މީހުން ޕޮޒިޓިވް

ނަމަވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މެއި މަހާއި އަޅާބަލާއިރު ޖޫން މަހު ރާއްޖޭގައި އާއްމުކޮށް ރިޕޯޓު ކުރެވޭ ގައިން ގަޔަށް އަރާ ބަލިތައް ވަނީ މަދުވެފަ އެވެ.

ރާއްޖެއިން އެންމެ ގިނައިން ފެނިފައިވާ އިންފްލުއެންޒާގެ ވައްތަރަކީ އިންފްލުއެންޒާ އޭ (އައިއޭވީ) ގެ ވައްތަރެއް ކަމުގައިވާ އެޗްވަންއެންވަން އެވެ. އައިއޭވީ، އައިބީވީ އާންމުގޮތެއްގައި ޖެހެނީ މޫސުމީ ބަދަލުތަކުގެ ސަބަބުންނެވެ. އަދި އައިސީވީ ވައިރަސް ބޮޑަށް ޖެހެނީ ކުޑަކުދިންނަށްކަން ފާހަގަކުރެވެ އެވެ.

އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތައް:

  • އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިބި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން.
  • އާއްމު ސާފުތާހިރުކަމަށް ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން.
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.
  • ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިންމު. އަދި އެ ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު.
  • ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލި މީހާއާއެކު ވީހާ ވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުން އަދި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ދިއުން މަދުކުރުން.

އިންފްލުއެންޒާ ވައިރަސްގެ ހަތަރު ވައްތަރެއް ހޯދިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އޭ، ބީ، ސީ، އަދި ޑީ އެވެ. ތަފްސީލަށް ބަލާނަމަ، އިންސާނުންނާއި އޫރު ފަދަ ޖަނަވާރުތަކުގައި އާންމުކޮށް ހުންނަ އިންފްލުއެންޒާ އޭ ވައިރަސް (އައިއޭވީ) ގިނައިން ފެތުރެނީ ފެނުގައި އުޅޭ ދޫނިތަކުގެ ޒަރިއްޔާއިންނެވެ.

އޭގެ އިތުރުން ބިހާއި ދޫނިތަކުގައި އާންމުވެފައިވާ އިންފްލުއެންޒާ ބީ ވައިރަސް (އައިބީވީ) އަދި އިންފްލުއެންޒާ ސީ ވައިރަސް (އައިސީވީ) މައިގަނޑު ގޮތެއްގައި އިންސާނުންނަށް ޖެހޭއިރު، އިންފްލުއެންޒާ ޑީ ވައިރަސް (އައިޑީވީ) ޖެހެނީ އޫރު ފަދަ ޖަނަވާރުތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox