ހުލާސާކޮށް އިއްޔެ: މީހަކު މަރާލުމާއި އެކްސިޑެންޓެއްގައި ކުއްޖަކު މަރުވުން

Jul 14, 2025, 1:45 AM
ރޭ މާލޭގައި ހިނގި އެކްސިޑެންޓުގެ ތަހުގީގަށް އެ ސަރަހައްދުން ފުލުހުން ބަލައި ހެކި ނެގުމަށް ފާހަގަ ޖަހާފައި. -- ފޮޓޯ: އަދަދު

ރޭ މާލޭގައި ހިނގި އެކްސިޑެންޓުގެ ތަހުގީގަށް އެ ސަރަހައްދުން ފުލުހުން ބަލައި ހެކި ނެގުމަށް ފާހަގަ ޖަހާފައި. -- ފޮޓޯ: އަދަދު

އިއްޔެ ހެނދުނު އިރު އެރީ އއ. މާޅޮހުގައި އުމުރުން 65 އަހަރުގެ މީހަކަށް ހަމަލާދީ މަރައިލި ހަބަރާ އެކު އެވެ. އެރަށު އޯކިޑުމާގޭ، އަބްދުއް ރަހްމާން އާދަމް، 65، އޭނާގެ އަންހެނުންނާއެކު ދިރިއުޅުމުން ދިޔަ ގެ، މާހިޔާ ގައި ނިދާފައި އޮއްވާ ބޮލުގައި އެއްޗަކުން ޖަހައި އޮތީ ޗަސްކޮށްލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ މަރުވީ އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވަމުން ދާއިރު، ތުހުމަތު ކުރެވޭ މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ރޭ 8:10 ހާއިރު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ މަޝްހޫރު މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު އަލްސަން، 17 އެވެ.

އެ އެކްސިޑެންޓު ހިނގީ އޭނާ އިން އެއާބްލޭޑު ސައިކަލް ބޮޑުތަކުރުފާނު މަގުން، ހުޅަނގުން އިރަށް ދުއްވާފައި ދިޔަލެއް ބާރުކަމުން ކޮންޓްރޯލް ނުކުރެވިގެން ގޮސް، މަގު ހުރަސްކުރަމުން ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މާފަންނު ބަސް ޓާމިނަލް ކުރިމަތިން، މަގު ހުރަސްކުރަން އުޅުނީ ކަސްރަތަށް ދުވަމުން ނުކުމެ އުޅުނު މީހެކެވެ. އޭނާގެ ގައިގައި ސައިކަލް ޖެހުމުން ވިއްސައިގެން ދިޔަ މަންޒަރު ސީސީޓީވީ ފްޓޭޖުން ފެނެ އެވެ. އެއަށް ފަހު، ސައިކަލް ގޮސް ޖެހެނީ އިރުން ހުޅަނގަށް ދުއްވާފައި އައި ޕިކަޕެއްގަ އެވެ.

އެ އެކްސިޑެންޓުގައި ސައިކަލްގައި އިން އުމުރުން 16 އަހަރުގެ ކުއްޖާ އަށް ވެސް ޒަހަމްވި އެވެ. ނަމަވެސް ސައިކަލް ދުއްވަން އިނީ ކޮން ކުއްޖެއް ކަމެއް ފުލުހުން އަދި ނުބުނެ އވެެ.

ސައިކަލުން ޖެހި ވިއްސައިގެން ދިޔަ އުމުރުން 40 އަހަރުގެ މީހާ އަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox