ހުލާސާކޮށް އިއްޔެ: އިގުތިސާދަށް އޮތް ބިރު އަދި ބީއެމްއެލްގެ އެމްޑީއަށް ފާޑުކިޔުން އަމާޒުވުން

Jul 8, 2025, 1:00 AM
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިވެގެން ކަމަށާއި އޭރު އެކަމުގައި އިހުމާލުވި މީހަކު މަގާމުން ވަކިކުރުމުން މިއަދު ގެންގޮސް ލާފައި ހުރީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އިއްޔެ ވިިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އެސްއޯއީ ކޮމިޓީން ފޮނުވާފައިވާ އެމްއެމްޕީއާރުސީ އަދި އެމްއައިޓީޑީސީގެ ހާލާތު ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވަނީ މި ސަރުކާރުން ހިޔާނާތް ބަލަން ވައުދުވި ނަމަވެސް އެކަން އެގޮތަށް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެމްއެމްޕީއާރުސީ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިވެގެން 1.2 ބިލިއަން ރުފިޔާ ޖަމާވެގެންދިޔައީ. އޭރު އެކަމާ ޒިންމާވާން ޖެހޭ މީހާ މަގާމުން ވަކިކުރީމާއި މިއަދު ގެންގޮސް އެ ހުރީ ބޭންކުގެ މެނޭޖަރަކަށް ލާފައި. ދެން މި ބޭފުޅުންގެ ވައްކަން ފެށޭނެ ހިސާބެއް ވިސްނަވާ. މިއަދު ބޭންކުގެ އެމްޑީއަކަށް ލާފައި އެ ހުރީ އެމްއެމްޕީއާރުސީ މައްސަލާގައި ބޭންކު ތެރެއިން ހުރިހާ ސަކަރާތެއް ޖެހި މީހާ،" ޣަފޫރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގެ ތުހުމަތު ތަކެއް އެ ކުންފުނީގެ އެމްޑީއަކަށް މިހާރު ހުންނެވި ޝަރީފަށް ކުރެވުނެވެ. އެ މައްސަލަ ބެލި މަޖިލީހުގެ ކޮމިޓީގައި އޭނާ އިންނެވި ކަމަށާއި އެކަމުގެ ލިޔެކިޔުން ވެސް އަތުގައި ހުރި ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ޝަރީފު ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މަޖިލީހުން އެ މައްސަލަ ފުލުހުންނަށް ވެސް ފޮނުވި އެވެ. ނަމަވެސް ބޭންކުން އެކަން އޭރު ދޮގުކުރި އެވެ.

އެ ހިޔާނާތް ހިނގައިދިޔައީ ސީދާ ބީއެމްއެލްގެ އިހުމާލުން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މެންބަރުން މިހާރު ވެސް މަޖިލީހުގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ވައްކަން ކުރެވޭނެހާ ހުރިހާ ގޮތްތަކެއް ހަދަމުން މި ސަރުކާރުން އެ ދަނީ. މި ސަރުކާރުގެ ވައުދެއް އެމްއެމްޕީއާރުސީ މައްސަލަ ބެލުމަކީ. ހިތްވަރެއް ހުރިއްޔާ ބަލާބަލަ. ބަލާފައި ރައްޔިތުންގެ ފައިސާއަށް އިހުމާލުވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްލަބަލަ،" ޣަފޫރު ވިދާޅުވި އެވެ.

ވައްކަމަކީ ބަލައިނުގަންނާނެ ކަމަށާއި އެފަދަ އަމަލުތައް ހިންގާ މީހުންގަ މައްސަލަތައް ކޮންމެ ސަރުކާރެއް އޮތަސް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުކެރޭނެ އެކަން ކުރާކަށް. ނުވާނެ އެކަމެއް، ގޮންޖަހާފައި މި ބުނަނީ އެކަމެއް ނުވާނެކަން. ވައްކަން ނޫން ކަމެއް މި ބޭފުޅުން ނުކުރައްވާ އިނގޭތޯ. ދައުލަތުގެ ފައިސާ ހަރާން ގޮތުގައި ކައި ހުސްކުރަމުން އެދަނީ."

ސަރުކާރުގައި ތިބީ ހުސް ވަގުން ކަމަށް ގަޕޯ ތުހުމަތު ކުރެއްވި އެވެ. އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމަލު ކުރާނަމަ ގިނަ މީހުންގެ އަތާއި ފައި ބުރިކުރަން ޖެހޭނެ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

"އަމިއްލައަށް ސައިކަލު ދުއްވާފައި އޮފީހަށް ދެވޭނެ މީހެއް މި ސަރުކާރުގައި ހުރި ކަމަށް ބުނާކަށް ނުކެރޭނެ. ވީލްބަރޯގައި ގެންގޮސް އޮފީސް ކުރިމައްޗަށް ވައްޓާލަން ޖެހޭނީ. ހަތަރެސްފައި ކެނޑީމާއި ދެން އަމިއްލައަކަށް ސައިކަލު ދުއްވާފައި ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.

titledesc

ނަމާދު ވަގުތު

  • ފަތިސް 04:41
  • އިރުއަރާ 05:59
  • މެންދުރު 12:15
  • އަޞްރު 15:38
  • މަޣްރިބް 18:23
  • ޢިޝާ 19:41

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox