ގްރީން ސްޓްރީޓްސް އިން އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތުގައި ތޯރިގުގެ ޓީމާ ގުޅިއްޖެ

Jun 24, 2025, 4:55 PM
ގްރީން ސްޓްރީޓްސް އިން އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތުގައި ތޯރިގުގެ ޓީމާ ގުޅިއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދެން ބާއްވަން މަސައްކަތް ކުރަމުން އަންނަ އިންތިހާބުގައި، އަހުމަދު ތޯރިގު (ޓޮމް)ގެ ޓީމާ އެކު ކުރިއަށްދިއުމަށް ނިންމާފައިވާ ކަމަށް ކްލަބް ގްރީން ސްޓްރީޓްސް އިން އިއުލާނުކޮށްފި އެވެ.

އެފްއޭއެމް އިން އެންމެ ފަހުން ބާއްވަން އުޅުނު ދެ އިންތިހާބުގައި ވެސް، ގްރީން ސްޓްރީޓްސް އިން މަސައްކަތް ކުރީ، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ތޯރިގުގެ ޓީމާ އެކުގައެއް ނޫނެވެ. އެފްއޭއެމް އިން އެންމެ ފަހުން ބާއްވަން އުޅުނު ދެ އިންތިހާބުގެ ކަންކަން ވެސް ކުރިއަށްނުދިޔައިރު، ރާއްޖޭގެ ފުޓްބޯޅަ ހަމަމަގަށް އަޅުވަން، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް އެފްއޭއެމް ހިންގުން ފީފާ އިން ވަނީ ގެނެސްފަ އެވެ.

އެ ގޮތުން، މިދިޔަ އޮގަސްޓް މަހުން ފެށިގެން ނޯމަލައިޒިން ކޮމިޓީގެ ދަށުން އެފްއޭއެމް ހިނގަމުން އަންނައިރު، އެ ކޮމިޓީގެ މުއްދަތު އޮތީ އަންނަ މަހުގެ ނިޔަލަށެވެ. އަންނަ ހުކުރު ދުވަހު، އެފްއޭއެމް އިން ކޮންގްރެސްއެއް ބާއްވައި، އެސޯސިއޭޝަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން މިރޭ ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އަންނަ ހުކުރު ދުވަހު ބާއްވާ ކޮންގްރެސްގައި ވެސް ތޯރިގުގެ ޓީމާ އެކު ކުރިއަށްދާން ނިންމާފައިވާއިރު، ދެން ބާއްވާ އިންތިހާބުގައި ވެސް ތާއީދުކުރާނީ ތޯރިގަށް ކަމަށެވެ.

މި ގޮތަށް ނިންމީ ގްރީން ސްޓްރީޓްސް އިން ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ރާއްޖޭގެ ފުޓްބޯޅަ އަށް އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށް ފެންނާތީ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. މިއީ، އެއްބައިވަންތަކަމާ އެކު، ހުރިހާ އެންމެން ގުޅިގެން ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ރަނގަޅު މަގުން ކުރިއަށްގެންދަންވީ ވަގުތު ކަމަށް ގްރީން ސްޓްރޓްސް އިން ވަނީ ބުނެފަ އެވެ.

ގްރީން ސްޓްރީޓްސް އިން އެފްއޭއެމް އިންތިހާބުގައި، ތޯރިގަށް ތާއީދުކުރަން ނިންމުމާ އެކު، އޭނާ އަށް ފުރަތަމަ ޑިވިޝަނުގައި، ގިނަ ޓީމުތަކެއްގެ ތާއީދު ލިބިގެންދިޔައީ އެވެ. އަދި، ކުރިއަށް އޮތް އިންތިހާބުގައި، ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އޮތް ގްރީން ސްޓްރީޓްސްގެ ތާއީދު ތޯރިގަށް ލިބިގެންދިއުމަކީ، އޭނާ އަށް މި އިންތިހާބު ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެކެވެ.

އެންމެ ފަހުން، އެފްއޭއެމް އިންތިހާބަށް ހުޅުވާލި ފަހަރު، ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު (މުއާބެ) ހުންނެވީ، އެ ފަހަރު، ރައީސަކަށް ކުރިމަތިލެއްވި، ކްލަބް އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ)ގެ ޓީމުގައި ނައިބު ރައީސަކަށެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި، މީގެ ކުރިން، ތޯރިގު މަސައްކަތް ކުރެއްވީ 2016 ވަނަ އަހަރުގެ މެއި މަހު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެ މަގާމުގައި ތޯރިގު ހުންނެވީ، ތިން މަހާ ކުޑަ ދުވަސްކޮޅެއް ވަންދެނެވެ. އެއީ، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ޓޮމްއާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާގޮތަށް އިންތިހާބެއް ބާއްވަން ޖެހުނީ އެވެ.

އެ ފަހަރު، ފަހުން ބޭއްވި އިންތިހާބުގައި، ތޯރިގުއާ ވާދަކުރައްވައި، ކާމިޔާބު ހޯދީ އެންމެ ފަހުން އެފްއޭއެމްގެ ރައީސަކަށް ހުންނެވި، ބައްސާމް އަދީލް ޖަލީލް އެވެ. އެކަމަކު، ބައްސާމް ދެ ވަނަ ދައުރު ފުރިހަމަ ކުރަމުން ދަނިކޮށް، ހިންގާ ކޮމިޓީގެ މެޖޯރިޓީ މެމްބަރުން އިސްތިއުފާދިންއިރު، ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އަންނަނީ ކުރަމުންނެެވެ.

(އެފްއޭއެމް) އިން ކްލަބްތަކަށް ދެމުންދާ ސަބްސިޑީ ފައިސާ އަށް ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، އެފްއޭއެމް އިން ކްލަބްތަކަށް ދޫކޮށްފައިވާ ފައިސާއާ ގުޅޭ މައުލޫމާތު ހޯދަން، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވެސް ވަނީ އެފްއޭއެމްގައި އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox