ފިޗުން ރާއްޖޭގެ "ޖަންކް" ރޭޓިން ދެމެހެއްޓުން ސަރުކާރަކަށް މައްސަލައަކަށް ނުވި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފިޗުން ރާއްޖޭގެ "ޖަންކް" ރޭޓިން ދެމެހެއްޓުމުން ސަރުކާރުން އެކަން ސިފަކުރީ ކާމިޔާބެއްގެ ގޮތުގަ --- ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފިޗުން ރާއްޖޭގެ "ޖަންކް" ރޭޓިން ދެމެހެއްޓުމުން ސަރުކާރުން އެކަން ސިފަކުރީ ކާމިޔާބެއްގެ ގޮތުގަ --- ފޮޓޯ: ރައީސް އޮފީސް

ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" ގައި މިފަހަރު ވެސް ދެމެހެއްޓުން މައްސަލައެއް ގޮތުގައި ނުބަލާ އެއީ ކުރިއެރުމެއް ކަމަށް ސަރުކާރުން ބަލައިގެންފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި އެވެ. އެގޮތުން، "ބީ ނެގެޓިވް" ގައި 2023 އަދި 2022 ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކުރި އެވެ.

ރޭޓިން ދެމެހެއްޓުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަމާއި، ފައިސާއާ ގުޅޭ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވުމާއި، އިންޑިއާގެ ރިޒާވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާ ގޮތެއްގައި ބޭނުންކުރުމުގެ ނަތީޖާ ކަމަށެވެ.

Advertisement

އާމްދަނީ ރަނގަޅުވަމުން އަންނަ ކަމަށާއި ހަރަދުތައް ކޮންޓްރޯލް ކުރެވި އެކަށީގެންވާ މިންވަރަކަށް ގެނައުމުގެ ސަބަބުން މިހާތަނަށް ފިސްކަލް ސާޕްލަސް ހުރީ 1.1 ބިލިއަން ރުފިޔާގައި ކަމަށް ވެސް ފިނޭންސުން މިއަދު ބުންޏެވެ. އާމްދަނީ އިތުރުވީ ޓޫރިޒަމް އަދި އެއާޕޯޓު ޓެކްސް ތަކާއި ފީތައް ބޮޑުކުރުމުން ކަން ސަރުކާރުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ފިޗުން ބުނަނީ، ރާއްޖޭގެ ދަރަނިތައް ރީފައިނޭންސް ކުރުމަށާއި ބޭރުން ފައިސާ ހޯދުމަށް ދަތިތަކެއް ހުރިކަމަށެވެ. ސިޔާސީ އެދުންވެރިކަމުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅަން ނިންމި ފިޔަވަޅުތަކަށް އަމަލުކުރުން ފަސްކުރަމުންދާތީ ބަޖެޓު ޑެފިސިޓް ބޮޑުވާނެ ކަމަށް ވެސް ފިޗުން އަންދާޒާ ކުރެ އެވެ.

މި ވާހަކަތަކަށް ބެލުމެއްނެތި ފިނޭންސްގެ ބަޔާނުގައި ބުނެފައިވަނީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން ޖީޑީޕީއާ އަޅާބަލާއިރު ދައުލަތުގެ ދަރަނި ދަށަށް ދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފިނޭންސްގެ ބަޔާނުގައި ދެން ފާހަގަކޮށްފައިވަނީ ފަތުރުވެރިކަމާއި ޖުމްލަ އިގުތިސޯދަށް ލިބެމުންދާ އަދި އަންދާޒާކުރާ ކުރިއެރުމާއި ރިޒާވް މަތިވަމުންދާ މިންވަރެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 9.4 އިންސައްތަ ވަނީ އިތުރުވެފަ އެވެ. މިއީ ފިޗުން ލަފާކުރާ ގޮތަށް 4.6 އިންސައްތައަށް ޖީޑީޕީ ކުރިއެރުމަށް ބާރުއަޅާ ކަމެއް ކަމަށް ފިނޭންސުން ބުނެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ބޭންްކުތަކަށް ބޭރު ފައިސާ މާރުކުރުން ލާޒިމް ކުރުމުގެ ފައިދާ ބޭރު ފައިސާގެ ރިޒާވުން ދައްކަމުންދާ ކަމަށް ވެސް ފިނޭންސުން ބުނެފައިވެ އެވެ. އެޕްރީލް މަހުގެ ނިޔަލަށް ރަސްމީ ރިޒާވް 856.3 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ރިޒާވް އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox