މާދަމާ އިން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު އޮފީސް) އިން އިލްތިމާސްކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މެޓު އޮފީހުގެ ބަޔާނެއްގައި ބުނެފައި ވަނީ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮންނަ ފަސް ދުވަހު ވެސް ރާއްްޖޭގެ ސަރަހައްދުގައި ކަނޑުތައް ގަދަވެ، ވައި ބާރުވެ ވިއްސާރަ ކުރާނެ ކަމަށެވެ.
އެ މުއްދަތުގައި އާންމު ގޮތެއްގައި 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައި ވެ އެވެ.
އީދު ބަންދަށް ގިނަ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރި އެވެ. އީދު ޗުއްޓީ ނިމޭނީ ހޯމަ ދުވަހު އެވެ. ކަނޑުދަތުރުކުރާ މީހުން ވެސް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

titledesc
ނަމާދު ވަގުތު
- ފަތިސް 04:34
- އިރުއަރާ 05:53
- މެންދުރު 12:09
- އަޞްރު 15:32
- މަޣްރިބް 18:17
- ޢިޝާ 19:36












