އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން އާދީއްތަ ދުވަހު ކަރަންޓު ކެނޑުނު މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ އިތުރު ތަފުސީލެއް އަދި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.
"ތަހުގީގާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދަނީ، އިތުރު ތަފުސީލެއް އަދި ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފެށީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ.
އަދަދު އަށް އެނގިފައި ވާގޮތުގައި ކަރަންޓު ކެނޑުނު ހާދިސާއާ ގުޅިގެން ފުލުހުންގެ އިތުރުން ސިފައިން ވެސް އެ ދުވަހު ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިމާރާތުގައި ހަރަކާތްތެެރިވި އެވެ. ނަމަވެސް ސިފައިން އެތަނުގައި އެ ދުވަހު ހަރަކާތްތެެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އާދީއްތަ ދުވަހުގެ މެންދުރު 12:30 ހާއިރު އެވެ. އެންމެ ފުރަތަމަ ކަރަންޓު ދިނީ ހޮސްޕިޓަލްތަކަށެވެ. އޭރު ގަޑިން ގާތްގަނޑަކަށް 2:05 ވެއްޖެ އެވެ. އޭގެފަހުން 2:30 ހާއިރު އެއާޕޯޓަށް ކަރަންޓު ދިނެވެ.
އެއަށް ފަހު މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދެމުންދާ ކަމަށް ސްޓެލްކޯއިން ހާމަކުރި އެވެ. އެގޮތުން 16:30 ހާއިރު މާލެ ސިޓީގެ 60 ޕަސެންޓަށާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ހާމަކުރި އެވެ.
މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭވަރު ސްޓެލްކޯއަށްވީ އެ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓު ހިމެނޭހެން ކަރަންޓު ގޮސް މިހާގިނަ ވަގުތު ހޭދަވި ފުރަތަމަ ފަހަރެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސް އަންގަވާފައިވާއިރު، ކަރަންޓު ކެނޑެން މެދުވެރިވި އަސްލު ސަބަބު ވެސް ސްޓެލްކޯއިން އަދިވެސް ހާމައެއް ނުކުރެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ އެމްޑީޕީ އާއި ގުޅިގެން ގެންނަން އުޅުނު "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވުމުން އެކަމުގައި ފުލުހުން ހިންގާ ތަހުގީގުން އެއްވެސް ހެއްކެއް ނުހޯދުނެވެ.
titledesc
ނަމާދު ވަގުތު
- ފަތިސް 04:34
- އިރުއަރާ 05:52
- މެންދުރު 12:08
- އަޞްރު 15:32
- މަޣްރިބް 18:17
- ޢިޝާ 19:35












