އަނިޔާ ކުރުމަށްފަހު ފަރުވާދޭން ގެންދިޔުމުގެ ބަދަލުގައި ކުއްޖާގެ އިނގިލީގެ ހުޅު އެޅުވީ ޓީޗަރު އަމިއްލައަށް: އާއިލާ

ކުއްޖާއަށް އަނިިޔާކުރި ޓީޗަރު؛ އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި -- ފޮޓޯ: ސޯޝަލްމީޑީއާ

ކުއްޖާއަށް އަނިިޔާކުރި ޓީޗަރު؛ އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި -- ފޮޓޯ: ސޯޝަލްމީޑީއާ

މިދިޔަ ހޯމަ ދުވަހު ތ. ކަނޑުދޫ ސްކޫލުގައި ދަރިވަރެއްގެ އިނގިލި ހުޅުން ނައްޓައިލުމަށްފަހު އެ ކުއްޖާއަށް ފަރުވާ ދޭން ސިއްހީ ފަރުވާދޭ ތަނަކަށް ގެންދިޔުމުގެ ބަދަލުގައި، ކުއްޖާގެ އިނގިލީގެ ހުޅު ޓީޗަރު އަމިއްލައަށް އެޅުވުމަށްފަހު ފިލީ ކަމަށް އަނިޔާވި ކުއްޖާގެ ބެލެނިވެރިޔާ ބުނެފި އެވެ.

އަދަދު އާ ވާހަކަ ދައްކަމުން ކުއްޖާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅުގެ އިނގިލީގެ ހުޅު މަތިން ރެނދު ވެސް ލާފައިވާ ކަމަށެވެ. އެއީ އިނގިލި އަނބުރާލިއިރު، ވީ އަނިިޔާއެއް ކަމެއް ނުވަތަ ހުޅު އެޅުވިއިރު ވީ އަނިޔާއެއް ކަމެއް ނޭނގޭ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

"އެ ޓީޗަރު މީހާ އެ ހުޅު އެޅުވީ އެ ހެދި އެއްޗެއް ހަދާފައި، އެ އެޅުވި ގޮތަކަށް އަޅުވާފައި ކުއްޖަކާ ކުއްޖެއް، ކުއްޖާ ދޫކޮށްލާފައި ޓީޗަރު ބެޗީ، އޭނާ ދިޔައީ ކޮންތަނަކަށް ކަމެއް ވެސް ނޭނގޭ،" ކުއްޖާގެ ބައްޕަ ބުންޏެވެ.

"އިނގިލީގެ ހުޅު އެޅުވިއިރުގައި ހުޅު މަތިން އެބައިން ކިރިޔާ އިނގިލީގެ ކަށިގަނޑު ބިންދައިގެން ނުދާ ވަރަށް ރެނދުލާފައި،"

އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ޓީޗަރު ފުލުހުން ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ޓީޗަރު ދިފާއުކޮށް އެޑިއުކޭޝަން މިނިސްޓްރީން ބައެއް ނޫސްތަކަށް ކޮމެންޓު ދީފައި ވީ ނަމަވެސް މި ނޫހުން ގުޅުމުން އެ މިނިސްޓްރީގެ އޮފިޝަލުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

ހާދިސާ ހިނގި ގޮތް، ކުއްޖާގެ ބައްޕަގެ ދުލުން

ދަރިވަރުގެ އިނގިލީގެ ހުޅު ނެއްޓުނީ، ޓީޗަރެއްގެ ގައިގައި އެ ކުއްޖާ އިސްވެ ޖެހުމުން ހިނގި ހާދިސާއެއްގެ ތެރެއިން ކަމަށް ބުނެ ވާހަކަ ފަތުރަމުން ދަނީ އެ ރަށު ސްކޫލުގެ ލީޑިން ޓީޗަރެއް ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އެ ޓީޗަރަކީ ޕްރިންސިޕަލްގެ ކޮއްކޮ ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުންޏެވެ.

ކުއްޖާގެ ބައްޕަ ބުނީ އެ ހާދިސާ ހިނގައި ދިޔައީ ސްކޫލުގެ އިންޓަވަލް ގަޑީގައި ފެން ފުޅި ހޫރުވަމުން ކުއްޖާ ދިޔަ މަގުމަތީގައި ޓީޗަރުގެ ފައިގެ ފަލަމަސްގަނޑުގައި ފުޅިން ޖެހުމުން ކަމަށެވެ. އެއީ ކުއްޖާ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

"ކުއްޖާ މިދިޔަ ދިޔުމުގައި ޓީޗަރު މީހާގެ ފައިގެ ފަލަސްމަގަނޑުގެ ފަހަތުގައި ފުޅި ހަލުވަމުން ދިޔައީތީވެ މި ޖެހުނީ ފުޅިން، އެއީ އަހަރުމެން ނުބަލަން ޖެހީ ކަމަކަށެއް، އެއްވެސް ހާލެއްގައެއް، އެވަރުގެ ކުޑަކުދިންގެ މާބޮޑު ހިޔާލެއް ފިކުރެއް ނުހުންނާނެ އެކަހަލަ ކަންކަމުގައެއް،" ކުއްޖާގެ ބައްޕަ ބުންޏެވެ.

އޭނާ ބުނީ ކުއްޖާގެ އިނގިލި އަނބުރާލައި އަނިޔާކުރީ އެހެންވެގެން ކަމަށާއި ޓީޗަރު އެ ވަގުތު ހުރީ އެހެން މީހަކާ އެ ތަނުގައި ވާހަކަ ދައްކަން ކަމަށެވެ. ނަމަވެސް ފުޅިން އޭނާގެ ފަލަމަސްގަނޑުގައި ޖެހުމުން، އެނބުރުނު ގޮތަށް ކުއްޖާގެ އަތުގެ އިނގިލީގައި ހިފާ އަނބުރާލީ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

"އެހެންވީމާ ޓީޗަރު މީހާ މި ހެދި އެއްޗަކީ އެނބުރުނު ގޮތަށް ކުއްޖާގެ އިނގިލީގައި ހިފައި އިނގިލި ބިންދައިލީ، ބިންދާލާފައި ދޫކޮށްލީމާ ކުއްޖާއަށް މި ފެންނަނީ އިނގިލި ލެނބިފައި އޮތް ތަން، ފެނުނީމާ އޭނާ މި ބުނީ ސޯ އޭ އަޅުގަނޑުގެ އިނގިލި މި އޮތީ ބިނދިފައޭ، ބުނީމާ އެ ޓީޗަރު މީހާ އެ ހުޅު އެޅުވީ އެ ހެދި އެއްޗެއް ހަދާފައި، އެ އެޅުވި ގޮތަކަށް އަޅުވާފައި ކުއްޖަކާ ކުއްޖެއް، ކުއްޖާ ދޫކޮށްލާފައި ޓީޗަރު ދިޔައީ، އޭނާ ދިޔައީ ކޮންތަނަކަށް ކަމެއް ވެސް ނޭނގޭ،" ކުއްޖާގެ ބައްޕަ ބުންޏެވެ.

ދަރިވަރުގެ އިނގިލި ހުޅުން ނައްޓާލައިގެން އުޅޭކަން ބެލެނިވެރިޔާއަށް އެނގުނީ އިންޓަވަލް ގަޑިއަށްފަހު ދެން ކުލާހަށް އައި ޓީޗަރު ގުޅައި އެ މައުލޫމާތު ދިނުމުން ކަމަށް އޭނާ ބުންޏެވެ.

"އިންޓަވަލް ގަޑި ނިމިގެން ކުލާހަށް ދެން އައި ޓީޗަރު، ކުއްޖާ ރޯން ހެދީމާ ޓީޗަރު ކުއްޖާ ކައިރީ އެހީމާ އިނގިއްޔަށް ތަދުވެގެންނޭ ބުނީމާ ޓީޗަރު މީހާ މި ގުޅީ އަޅުގަނޑަށް، ގުޅާފައި ބުނީ ސްކޫލަށް އައިސްދީބަލާށޭ ވަރަށް އަވަހަށް ކުއްޖާގެ އަތަށް ތަދުވެގެންނޭ،" ކުއްޖާގެ ބައްޕަ ބުންޏެވެ.

ސްކޫލަށް ދިޔުމުން ވެގެން އުޅޭ ގޮތުގެ މައުލޫމާތު ދިނީ އޭނާއަށް ގުޅި ޓީޗަރު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކުއްޖާގެ ހުޅު އަޅުވާފައި ހުރުމުން ހުޅު ނައްޓާލި ކަމެއް އޭރު އަދި އެ ޓީޗަރަށް ވެސް ނޭނގޭ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

ހަގީގަތުގައި ކަން ހިނގައިދިޔަ ގޮތް އެނގުނީ ފަހުން ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

"އަޅުގަނޑު ސްކޫލު ތެރެއިން ޓީޗަރު ހޯދަން ވެސް މަސައްކަތް ކުރިން ޓީޗަރާ ވާހަކަ ދައްކަން، އެކަމަކު ޓީޗަރު އަޅުގަނޑަކަށް ނުފެނުނު، އޭގެ މާނައަކީ ސްކޫލުގެ އިސްވެރިން އެކަން އެނގިތިބެ ޓީޗަރު ފޮރުވިއްޔޭ،" ކުއްޖާގެ ބައްޕަ ބުންޏެވެ

ސްކޫލުން ހިމާޔަތް ދިނީ ޓީޗަރަށް، ވަގަށް ގެންގޮސް ރަށުން ފުރުވާލީ

އެ ހާދިސާ ހިނގުމަށްފަހު ސްކޫލުގެ މެނޭޖުމެންޓުން ކުއްޖާއަށް އެއްވެސް ހިމާޔަތެއް ދޭން ނުވަތަ ކުއްޖާގެ އާއިލާއަށް އެއްބާރުލުމެއް ދޭން މަސައްކަތް ކޮށްފައި ނުވާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އޭނާ ބުނީ ސްކޫލުގެ އިސްވެރިން އަވަސްވެގަތީ ކުއްޖާއަށް އަނިޔާކުރި ޓީޗަރު ފޮރުވައި ރަށުން ފުރުވައިލެވޭތޯ ކަމަށެވެ.

"ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ހޮސްޕިޓަލުން ވޭމަންޑޫ ހޮސްޕިޓަލަށް މި ދިޔައީ އާސަންދަ މެދުވެރިކޮށް، ގޮސްފައި އަންނަންވީއިރު ހިރިލަންދޫއިން ލޯންޗެއް ގެނެސްދީގެން ހަވީރު 4:00 ޖެހިއިރު ހުރިހާ ކުދިންނާއި ޕޭރެންޓުން ސްކޫލަށް ދިޔަ ގަޑި ބަލާފައި ޓީޗަރު މީހާ އަވަހަށް ރަށުން ބޭރުކޮށްލީ އޮމަދޫއަށް،" ކުއްޖާގެ ބައްޕަ ބުންޏެވެ.

އޭނާ ބުނީ އެކަމުގެ ފަހަތުގައި ތިބީ އެ ރަށު ސްކޫލުގެ ޒިންމާދާރު ވެރިން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ބިދޭސީ ޓީޗަރުން ރަށްރަށަށް ފޮނުވާފައި ތިބެނީ އެ ރަށު ސްކޫލެއް ހިންގުމާ ހަވާލުވެ ތިބޭ އިސްވެރިންގެ ހަވާލުގައި ކަމަށްވެފައި އެ މީހުންނަށް ނޭނގި އެފަދަ ކަމެއް ނުކުރެވޭނެތީ ކަމަށެވެ.

ބިދޭސީ ޓީޗަރު ދުވެފައި ގޮސް ލޯންޗަށް އެރި މަންޒަރު ދުށް ބައެއް މީހުން ވެސް އެބަތިބި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

"ބައެއް މީހުންނަށް އެބަހުރި އެވަގުތު ބަނދަރުމަތީ ތިބި ބައެއް މީހުންނަށް މަންޒަރު ފެނިފައި ލެޕްޓޮޕް ބޭގެއް ކަހަލަ އެއްޗެއް އަޅައިގެން ދުވެފައި ގޮސް ލޯންޗަށް އެރި މަންޒަރު، އޭނާއާ އެއްކޮށް އިންޑިއާ އެހެން ޓީޗަރަކު އޭނާ ގޮވައިގެން ދިޔަ މަންޒަރު،" ކުއްޖާގެ ބައްޕަ ބުންޏެވެ.

އެ ޓީޗަރު ފުރުވަން ދިޔަ އިންޑިއާ ޓީޗަރުގެ ގެ ހުންނަނީ ބަނދަރާ ވަރަށް ކައިރީގައި ކަމަށާއި ކުއްޖާއަށް ހަމަލާދިން ޓީޗަރު، އެ ގެއަށް ބަދަލު ކުރީ ސްކޫލުގެ އިސްވެރިންނާއި ސްކޫލުގައި ކިޔަވައިދޭ ބައެއް އެހެން ބިދޭސީ ޓީޗަރުންގެ އެހީއާއެކު ކަމަށް ކުއްޖާގެ ބައްޕަ ތުހުމަތު ކުރި އެވެ.

"އެބަހުރި މި ރަށު މީހުންނަށް ފެނިފައި އޭނާ [އަނިޔާކުރި ޓީޗަރު] ކުރިން ހުރި ގެއަށް، އެއީ އޭނާ ދިރިއުޅުނު ގެ، އެ ގެއަށް ސްކޫލުގެ ޕްރިންސިޕަލް އާއި ލީޑިން ޓީޗަރާއި ސްކޫލުގައި އެހެނިހެން ބިދޭސީ އަންހެން ޓީޗަރުންނާ ބިދޭސީ ފިރިހެން ޓީޗަރު ވަދެ އޭނާއާ މީޓުކޮށް ބައްދަލުކޮށް ހަދާފައި އޭނާ ގޮވައިގެން އެ ގެއިން ނުކުމެގެން ދިޔަތަން އެބަހުރި ދަބަސް ހިފައިގެން ފެނިފައި،" ކުއްޖާގެ ބައްޕަ ބުންޏެވެ.

"އޭނާ މި ބަދަލު ކުރީ ބަނދަރު ކައިރީގައި ހުރި ބިދޭސީ ޓީޗަރުގެ ގެއަށް."

އެޑިއުކޭޝަނުން އަދިވެސް އައިލާއަކަށް ނުގުޅާ، ކުއްޖާއަށް ސްކޫލުން ހަނގާ ކުރަނީ

އަނިިޔާ ލިބުނު ކުއްޖާގެ ބައްޕަ ބުނީ ހޯމަ ދުވަހު ހިނގައިދިޔަ ހާދިސާއާ ގުޅިގެން މިހާތަނަށް ވެސް އާއިލާގެ ބަހެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ނުގުޅާ ކަމަށެވެ. އެޑިއުކޭޝަނަށް ހުރިހާ މައުލޫމާތެއް ދެމުން ދަނީ އާއިލާގެ ފަރާތުން އަމިއްލައަށް ފޯނު ކޮށްގެން ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

"އެޑިއުކޭޝަނުން އަދިއެއް ނުގުޅާ، އަޅުގަނޑު އަމިއްލައަށް އެޑިއުކޭޝަނަށް މައުލޫމާތު ފޯރުކޮށްދެނީ، އެޑިއުކޭޝަނުން އަޅުގަނޑުމެންނަށް އެއްވެސް މައުލޫމާތެއް ހޯދާކަށް ގުޅާފައެއް ނެތް،" ކުއްޖާގެ ބައްޕަ ބުންޏެވެ.

ކުއްޖާގެ ބަހެއް އެޑިއުކޭޝަނުން ހޯދާފައި ނުވާއިރު، އެ ކުއްޖާ އިތުރަށް ވިކްޓިމައިޒްވާފަދަ ވާހަކަތައް ދައްކަމުން ދަނީ ވަކި ބައެއް ނުފޫޒުން ކަމަށް ކުއްޖާގެ ބައްޕަ ތުހުމަތު ކުރި އެވެ.

ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަނަށް ގުޅައި މައުލޫމާތު ހޯދުމުން، އެފަދަ މައުލޫމާތެއް އެއްވެސް ނޫހަކަށް ދީފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

އޭނާ ބުނީ އެގޮތަށް ވާހަކަ ދެކެވެމުންދިޔުމުން އުފެދޭ އަނެއް ކަންބޮޑުވުމަކީ އަނިޔާވި ކުއްޖާއަށް ސްކޫލުން ހަނގާ ކުރުމުގެ މައްސަލަ ކަމަށެވެ. އެގޮތުން މިއަދު ވެސް އެ ކުއްޖާ ސްކޫލަށް ދިޔުމުން، ކުއްޖާއަކީ ދޮގު ހަދާ ކުއްޖެއް ކަމަށް ބުނެ ބައެއް ކުދިން ހަނގާ ކުރި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.

"ސްކޫލުން ކުއްޖާއަށް އެއްވެސް ވަރަކަށް ހިމާޔަތެއް ނުލިބޭ، ސްކޫލު ކުއްޖާއަށް ރައްކާތެރިކަމެއް ގޮތުގައެއް ނުފެނޭ، ސްކޫލުގައި ރައްކާތެރިކަމެއް ނެތޭ މިބުނާ ސަބަބަކީ ދަރިފުޅު ސްކޫލަށް ދިޔައީމާ ޕްރިންސިޕަލްގެ ދަރިފުޅު ކުއްޖާ ބުލީ ކުރަނީ، ކުއްޖާ ދިމާލަށް އެއްޗެހި މި ކިޔަނީ،" ކުއްޖާގެ ބައްޕަ ބުންޏެވެ.

"ކުއްޖާ ދިމާލަށް މި ބުނަނީ އެއޮއް ރަނގަޅު ޓީޗަރޭ ކަލޭ ދޮގު ހަދާފައި ތަޅާލާފައި ތި ބޭރުކޮށްލީ ރަށުން، އެއީ އެވަރުގެ ކުޑަކުޑަކުދިންގެ އަމިއްލަ ވިސްނުމަށް ދައްކާނެ ވާހަކައެއް ނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ކުއްޖާގެ ބައްޕަ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox