"މާޒިޔާ ބަލިކުރާނަމަ އޮޑިން ނުކުންނަންޖެހޭނީ ހަނގުރާމައެއް ހެން ތައްޔާރުވެގެން"

May 27, 2025, 11:41 AM
"މާޒިޔާ ބަލިކުރާނަމަ އޮޑިން ނުކުންނަންޖެހޭނީ ހަނގުރާމައެއް ހެން ތައްޔާރުވެގެން"

އެފްއޭއެމް ލީގު ކަޕްގެ ފައިނަލުގައި މާދަމާރޭ އޮޑި ސްޕޯޓްސް ކްލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރާނަމަ، ނުކުންނަން ޖެހޭނީ، "ހަނގުރާމަ އަކަށް ނުކުންނަ ހެން،" ތައްޔާރުވެގެން ކަމަށް އޮޑީގެ ކޯޗުގެ ޒިންމާއާ ހަވާލުވެ ހުރި، ފަރުހާދު އިސްމާއިލް (ފަރޭ) ބުނެފި އެވެ.

އެފްއޭއެމް ލީގު ކަޕަކީ، އަންނަ އޮގަސްޓް މަހު ފަށަން މަަސައްކަތް ކުރާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ޕްރީ ސީޒަން މުބާރާތެއްގެ ގޮތަށް ކުރިއަށްދާ މުބާރާތެކެވެ. އެ ގޮތުން، މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް އަަދި އޮޑީގެ އިތުރުން ދެން ކުޅުނީ، ދެ ވަނަ ޑިވިޝަނުގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.

ފައިނަލް މެޗުގެ ކުރިން މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަރޭ ބުނީ، ފައިނަލް މެޗަކަށް ތައްޔާރުވާއިރު، މުބާރާތުގެ އެހެން ހުރިހާ މެޗަކަށް ވުރެ ފޯކަސް ކުރަން ޖެހޭ ކަންކަން ގިނަވާނެ ކަމަށެވެ. އެ ގޮތުން، ބަލާއިރު، އިދިކޮޅުގައި އޮތް މާޒިޔާ އަކީ ފާއިތުވި ފަސް ވަރަކަށް އަހަރު ރާއްޖޭގެ ފުޓްބޯޅަ ލީޑުކުރަމުން އައި ވަރުގަދަ ސްކޮޑަކާ އެކީ އޮތް ޓީމެއް ކަމަށް ވެސް ފަރޭ ވަނީ ބުނެފަ އެވެ.

ފަރޭ ބުނީ، މީގެ ކުރިން ކުޅުމުގެ ކެރިއަރުގައި އޭނާ ކުޅުނު މާޒިޔާ އަށް ހާއްސަ މަގާމެއް އޮންނާނެ ކަމަށާއި އެ ކްލަބްގެ މެނޭޖްމަންޓަކީ ވަރަށް ވަރުގަދަ އަށް ކޮންމެ މުބާރާތެއްގައި ވެސް ކާމިޔާބަށް ނުކުންނަ ޓީމެއް ކަމަށެވެ.

"މިހާރު އޮޑި ސްޕޯޓްސް ކްލަބާ އެކު، ފައިނަލުގައި މާޒިޔާ ބަލިކުރަން ނުކުންނަންޏާ ނުކުންނަން ޖެހޭނީ ހަނގުރާމަ އަކަށް ނުކުންނަ ހެން ތައްޔާރުވެގެން، އެއީ އެވަރުގެ ސްކޮޑެއް މާޒިޔާގައި އެ އޮތީ،" ފަރޭ ބުންޏެވެ.

"މާޒިޔާ އަކީ ފައިނަލަށް ވަރަށް ފަރިތަ ބައެއް. ވަރަށް ގިނަ ފައިނަލްތައް ކުޅެފައި އޮތް ބައެއް. އަޅުގަނޑުމެން މުޅިން އަލަށް ސެމީ ފައިނަލަކަށް މިއީ ވެސް، ފައިނަލަށް މިއައީ ވެސް އަލަށް. އެހެންވީމަ، ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް ވެސް އާ ވާނެ، މީގެ އެބަތިބި އެކްސްޕީރިއަންސް ޕްލޭޔާސް، ދުލެއް ނުދޭނަން، ފަސޭހައެއްނުވާނެ، މާޒިޔާ ކޯޗު ފާހަގަކުރިހެން، 50/50 ޗާންސެއް މި އޮތީ ދެ ޓީމަށް ވެސް، ޕެނަލްޓީ އަށް ވެސް ދިޔުން އެކަށީގެންވޭ، 90 މިނިޓުން ވެސް ނަތީޖާ ނުކުމެދާނެ، ހުރިހާ ގޮތަކަށް ތައްޔާރުވެގެން މި ތިބެނީ،"

އެފްއޭއެމް ލީގު ކަޕަކީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން އޭޕްރީލްގައި ނުފެށި އޮގަސްޓް މަހަށް ފަސްކުރަން ޖެހުމުން، ފުރަތަމަ ޑިވިޝަން ޓީމުތަކަށް މުބާރާތެއް ބޭއްވުމުގެ ގޮތުން، އެފްއޭއެމް އިން ފީފާއާ މަޝްވަރާ ކޮށްގެން، އެ ޖަމިއްޔާގެ އެހީގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދެ ވަނަ ޑިވިޝަން ޓީމުތަކަށް ދޭން ނިންމީ ބައިވެރިވާން ދިން މުއްދަތުގައި ފުރަތަމަ ޑިވިޝަނުގެ ތަރުހީބު ކުޑަވުމުންނެވެ.

އެ ގޮތުން، އޮޑިން ފުރަތަމަ ޑިވިޝަނުގައި އަލަށް ނުކުންނަން ތައްޔާރުވުން ފެށީ، އޮސްޓްރޭލިއާގެ ކޯޗު އިއަން އެންޑްރޫ ގިލަންއާ އެކު އެވެ. އެހެން ނަަމަވެސް، މުބާރާތުގެ ކުރިން އޭނާ ވަނީ އަމިއްލަ ކަމެއްގައި ޓީމުން ވަކިވެފަ އެވެ. ފަރޭ ބުނީ، އިއަން ދިއުމާ އެކު، ގޮންޖެހުންތަކެއް ދިމާވި ކަމަށާއި އޭނާގެ ޕްލޭނަށް ތައްޔާރުވެ، އަމިއްލަ ޕްލޭނަށް ކުއްލިއަކަށް އައި މުބާރާތެއްގައި ކަންކަން ބަދަލުކުރަން ދަތިތަކެއް ދިމާވި ކަމަށެވެ.

"މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން އައި ނޮކައުޓުން އުންމީދުކުރާ ވަރުގެ ކުޅުމެއް ފެނުނީ." ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް އަތުން ފަހަތުން އަރައި 2-1 އިން މޮޅުވި، މެޗަށް އިޝާރާތްކޮށް ފަރޭ ބުންޏެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފަރޭ ވާހަަކަ ދައްކަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ލީގު ބުރުގައި، އޮޑިން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ، މަހިބަދޫ އަތުން އެކަންޏެވެ. ޓީސީ އާއި މާޒިޔާއާ ދެކޮޅަށް އޮޑިން ވަނީ އެއްވަރުކޮށްފަ އެވެ. އަދި، ނިއު އަތުން ލީގު ބުރުގައި ބަލިވިޔަސް، ސެމީގައި ވަނީ ބަދަލުހިފައި މޮޅުވެފަ އެވެ.

މާޒިޔާ އިން އޮޑިއާ ދެކޮޅަށް ލީގު ބުރުގައި ސަލާމަތްވީ ކިރިޔާ އެވެ. އެ މެޗުގައި، މާޒިޔާ 1-1 އިން އެއްވަރުކުރީ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުންނެވެ.

"ލީގު ބުރުގެ އެ ސްކޯ އަކީ އަޅުގަނޑުމެންނަށް މުބާރާތުގައި ކުރިއަށްދާން ލިބުނު ހިތްވަރެއް. މާޒިޔާ އަކީ ވަރުގަދަ ހިތްވަރެއް. އެ ކަހަލަ ޓީމަކާ އެކު ޕޮއިންޓެއް ލިބުމަކީ ވެސް އަޅުގަނޑުމެން ޓީމަކީ އަލަށް މި ޑިވިޝަނަށް އައިސް ކުޅޭ ބަޔަކަށް ބަލާފައި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް، އޭގެއިން ވެސް އަޅުގަނޑުމެންނަށް ދަސްވި ވަރަށް ގިނަ އެއްޗެހި،" ފަރޭ ބުންޏެވެ.

"މި ތަށި (އެފްއޭއެމް ލީގު ކަޕް) ކާމިޔާބު ކުރެވިއްޖިއްޔާ އަޅުގަނޑުމެންގެ މެނޭޖްމަންޓްގެ ވިސްނުން ހުރީ ސްކޮޑު އަދިވެސް ވަރުގަދަކުރަން. ދެން، މި މުބާރާތް ނެގުން ވާނީ ވަރަށް ބޮޑު ހިތްވަރަކަށް،"

އިންސާފުކޮށް ވާހަަކަ ދައްކައި، އަމިއްލަ ހިޔާލުގައި އެއްޗެއް ބުނާނަމަ، މާޒިޔާ އަކީ މި ވަގުތަށް އޮޑި އަށް ވުރެ ވަރުގަދަ ޓީމެއް ކަމަށް ފަރޭގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި، މާޒިޔާ އަކީ ފުޓްބޯޅައާ މެދު ހުރިހާ ގޮތަކުން ވެސް ސީރިއަސް ވިސްނުމެއްގައި އެކަން ކުރާ ކްލަބެއް ކަމަށާއި ޕްރެކްޓިހާއި މެޗު ފިޓްނަސްގެ ކަންކަމަށް ބެލިޔަސް މާޒިޔާ އޮތް ހާލަތު ރަނގަޅު ކަމަށެވެ.

"ދެން، ނެޝަނަލް ޓީމު (ގައުމީ ޓީމު) ގައި ވެސް މާޒިޔާގެ ކުޅުންތެރިން އޮޑި އަށް ވުރެން ގިނަ ވީމަ އެ މެޗުތަކުގެ ތަޖުރިބާ ވެސް މާޒިޔާގައި ރަނގަޅުވާނެތީ، ފިޓްނަސް އަށް ބެލިޔަސް ތަޖުރިބާ އަށް ބެލިޔަސް ރަނގަޅުވާނެ،" ފަރޭ ބުންޏެވެ.

"އަޅުގަނޑުމެން ޕްރެކްޓިހުގައި ވެސް މަސައްކަތް ކުރަމުން މި އަންނަނީ މާޒިޔާ އަށް ވުރެ 100 ގުނަ މަސައްކަތް ކޮށްގެން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރޭތީ، އެ ގޮތަށް މަސައްކަތް ކުރަމުން މި އަންނަނީ. ފުލް ރެސްޕެކްޓް ދެން އެކަމަކު ވެސް ދުލެއް ނުދޭނަން،"

ފަރޭގެ ކެރިއަރުގެ އެންމެ "ހާއްސަ ފައިނަލް"

ކުޅުމުގެ ކެރިއަރުގައި ރާއްޖޭގެ އެންމެ މަތީ ފަންތީގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުޅެފައިވާ ފަރޭ ވަނީ ކޯޗިންގައި މިހާތަނަށް އައިއިރު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، މީގެ ކުރިން އެކި ޑިވިޝަންތަކުގައި ފައިނަލުގައި ވެސް ފަރޭ ވަނީ ޓީމުތައް ގޮވައިގެން ނުކުމެ، ކާމިޔާބު ހޯދައިފަ އެވެ.

މާދަމާރޭގެ ފައިނަލް ފަރޭގެ ކޯޗިން ކެރިއަރު ބިނާކުރަން ކިހާ މުހިންމު މެޗަކަށް ވާނެތޯ ސުވާލުކުރުމުން، އޭނާ ބުނީ، މިއީ، ވަރަށް ވެސް ހާއްސަ ފައިނަލެއް ކަމަށެވެ.

"އަޅުގަނޑުގެ ފުޓްބޯޅަ ކެރިއަރުގައި ހިއެއްނުވޭ މި އަށް ވުރެ ހާއްސަ ފައިނަލެއް އަންނާނެހެން ކޯޗެއްގެ ގޮތުގައި، ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނުއިރުގައި ވަރަށް ގިނަ ފައިނަލްތައް މާޒިޔާއާ އެކު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައި ވެސް ހުންނާނެ. ކާމިޔާބުތައް ލިބިފައި ވެސް ހުރީ، މާޒިޔާއާ ދެކޮޅަށް ވެސް ކުޅެ، ކާމިޔާބުތައް ލިބިފައި ވެސް ހުރީ،" ފަރޭ ބުންޏެވެ.

ފަރޭ ބުނީ، އޮޑިއާ އެކު ކުރިއަށްދާން ބަލާއިރު، އެ ޓީމުން ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ އަހަރު ފުރަތަމަ މުބާރާުތުގައި ފައިނަލެއްގައި ކުޅެ، ކާމިޔާބު ހޯދައިދޭން ވަރަށް ބޭނުންވާ ކަމަށެވެ.

"ކޯޗެއްގެ ހައިސިއްޔަތުން، ކޯޗިން ކެރިއަރުގައި ވެސް ކުރިއަށްދާން ރަނގަޅު ފިޔަވަޅެއް މިއީ، މީތި ކާމިޔާބުކުރެވިއްޖިއްޔާ، އަޅުގަނޑުގެ ސީވީ ވެސް ރަނގަޅުވާނެ. އެހެން ދިމަދިމާލުން ފުރުސަތު ވެސް އަންނާނެ، އެކަމަކު، ވިސްނުން ހުރީ އޮޑިއާ އެއްކޮށް ކާމިޔާބީއާ އެއްކޮށް ކުރިއަށްދާން، ވަރަށް ހާއްސަވާނެ މި ފައިނަލް އަޅުގަނޑަށް،" ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށާއި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ފަރޭ ބުންޏެވެ.

ލީގު ކަޕް ފައިނަލުގައި މާޒިޔާ އާއި އޮޑި ކުޅޭ މެޗު ފަށާނީ މާދަމާރޭ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީ އާއި އެމެެރިކާގެ އޮފާތައް ދޫކޮށް އަލަބާ އިޓާލިއަން ލީގަށް

ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކްލަބްތަކުން ލިބުނު ބޮޑެތި ހުށަހެޅުންތައް ދޫކޮށްލުމަށްފަހު އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އިޓަލީގެ އުދިނޭޒީއަށް ބަދަލުވާން ނިންމައިފި. އަލަބާ އެ ޓީމާ ގުޅެނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި.

ދޮޅު އަހަރަށް ފަހު ރޭސިން އެސޯސިއޭޝަންގެ ކާމިޔާބު އިވެންޓެއް

އެއް އަހަރާއި އަށް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ރޭސިން އެސޯސިއޭޝަނުން ބާއްވާ "ރާސް ޗެންޕިއަންޝިޕް" ލ. ގަމުގައި ކާމިޔާބުކަމާއެކު ބާއްވައިފި. މިއީ ލާމު އަތޮޅުގައި ބޭއްވި ފުރަތަމަ މޮޓޯސްޕޯޓްސް އިވެންޓް ކަމަށްވާއިރު، ރާއްޖޭގެ އެކި ސިޓީތަކުން 45 އެތުލީޓުން މި މުބާރާތުގައި ބައިވެރިވެފައިވެފައި

އޭޝިއަން ގޭމްސްގެ ސިންގަލްސް އިވެންޓުގައި ރަފާ އަށް މޮޅެއް

އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސްގައި ރަފާ ވަނީ ބަނގްލަދޭޝްގެ ކުޅުންތެރިއަކު ބަލިކޮށް މޮޅެއް ހޯދާފައި. އަދި މިކްސް ޑަބަލްސްގައި ރަފާ އާއި މުންސިފްގެ ޕެއާ އިން މޮންގޯލިއާގެ ޕެއާ އެއް ބަލިކޮށް ގަދަ 16 އަށް ދަތުރުކުރިއިރު، ދީމާ އާއި ފިރިހެން ޑަބަލްސް ޓީމު ވަނީ މެޗުތަކުން ބަލިވެފައި

އޭޝިއަން ގޭމްސްގައި ރާއްޖޭގެ މެރާލް ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ މެރާލް އައިން ލަތީފް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން އާ ގައުމީ ރެކޯޑެއް ގާއިމުކޮށްފި. މެރާލް މި ރެކޯޑް އާކުރީ 01:22.06 އިން ރޭސް ފުރިހަމަކޮށްގެން ކަމަށްވާއިރު، މީގެ ކުރިން މި ރެކޯޑް އޮތީ ހަމްނާ އަހުމަދު އަތުގައި

ރެފްރީން ބަދުނާމު ކުރަން ރެއާލުން އުޅެނީ އަމިއްލަ ދުނިޔެ އެއްގައި

ސްޕެނިޝް ލީގުގެ ރެފްރީންނަށް ފާޑުކިޔައި ބަދުނާމުކުރުމުގައި ރެއާލް މެޑްރިޑުން އަމިއްލަ ދުނިޔެއެއްގައި އުޅޭ ކަމަށް ބުނެ ލަލީގާގެ ރައީސް ހަވިއޭ ޓެބާސް އެ ކްލަބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ.

ވަރުގަދަ ޓީމުތަކާ ކުޅެގެން ރާއްޖެ އަށް ފައިދާކުރާނެ: ސަމުއްޓެ

ރާއްޖެއަށްވުރެ ރޭންކިން މަތީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން މެޗުގަކުގައި މިސްޓޭކް ރަނގަޅުކުރަން ލިބޭ ފުރުސަތެއް ކަމަށް ގައުމީ ކެޕްޓަން ސަމޫހު (ސަމުއްޓެ) ބުނެފި. މި މެޗުތަކަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކެއް

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

Newsletter

Get the latest news delivered straight to your inbox