ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު މަހު ކުޅުދުއްފުށީގައި

May 4, 2025, 5:02 AM
ހޭންޑްބޯލް މޯލްޑިވްސް އިން ރޭ ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިިނިސްޓްރީ

ހޭންޑްބޯލް މޯލްޑިވްސް އިން ރޭ ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: ސްޕޯޓްސް މިިނިސްޓްރީ

ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެމްޕިއަންޝިޕް އަންނަ ސެޕްޓެމްބަރު މަހު ކުޅުދުއްފުށީ ސިޓީގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން އިއުލާނުކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު 18 އިން 23 ޕާކިސްތާންގެ ކަރާޗީގައި ބާއްވަން މަސައްކަތް ކުރި، ކޮމަންވެލްތު ގައުމުތަކަށް ބާއްވާ ބީޗްހޭންޑްބޯޅަ މުބާރާތް ނުބޭއްވުނެވެ.

އޭގެ ފަހުން، އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ޝަފީގު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ރާއްޖޭގައި ބައިނަލްއަގުވާމީ ބީޗްހޭންޑްބޯޅަ މުބާރާތެއް ބޭއްވުމުގެ ކަންކަން ފެށިގެންދިޔަ އެވެ.

އަދި، ހޭންޑްބޯޅަ އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ގުޅިގެން ކުރި މަސައްކަތުން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބިގެންދިޔައީ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

"މާޗް މަހު މަސައްކަތް ފަށައިގަތީ، މާޗް މަހު 27 ގައި ބިޑް ކާމިޔާބުވެގެންދިޔައީ. ރާއްޖޭގައި މި ވަރުގެ މުބާރާތެއް ބޭއްވުމަކީ، ކުޅިވަރުގެ ޒަރިއްޔާ އިން ރާއްޖޭގެ ރީތި ބީޗް ވިއްކާލެވޭނެ ވަރަށް ފުރިހަމަ ކަމެއް ކަމުގައި މިނިސްޓަރު ދެކިވަޑައިގެންނެވީ، އަޅުގަނޑުމެންގެ ދިވެހި ރާއްޖެ އަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ނެތް ވަރުގެ ބީޗްތަކެއް އޮތް ގައުމަކަށްވާތީވެ، ދެން، އަޅުގަނޑުމެންގެ ރާއްޖޭގައި ބޭއްވޭ މި ކަހަލަ ބީޗް ފުރަތަމަ މުބާރާތައް ވުމަކީ ވެސް މިނިސްޓަރުގެ ވަރަށް ބޮޑު އެދުމެއް،" ރޭ ބޭއްވި އިވެންޓްގައި ވާހަަކަ ދައްކަވަމުން، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ވަގުތާ ހަމައަށް ވެސް މުބާރާތާ ގުޅޭ ބައިވަރު މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން، މިހާރު ކަންކަން ރޭވިފައި އޮތީ، ސެޕްޓެމްބަރު 18 އިން 22 އަށް މުބާރާތް ކުރިއަށްގެންދިއުމަށެވެ.

"ކޮމަންވެލްތުން އިންވިޓޭޝަނަލް ލެޓާ ފޮނުވުމާ އެކު، މިހާރު ވެސް ހަތަރު ގައުމަކުން ވަނީ ގަބޫލުކޮށްފައި، ޖުލައި 15 ކުރިން ބައިވެރިވުމުގެ އެޕްލިކޭޝަން ހުށަހަޅަން ޖެހޭ،" މުބާރާތަށް އޮތް ތަރުހީބު ފާހަގަކުރުމުގެ ގޮތުން މުޖޭ ވިދާޅުވި އެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ޕާކިސްތާންގައި ނުބޭއްވުމުން، ރާއްޖޭގެ ބީޗްހޭންޑްބޯޅަ ޓީމު ތައްޔާރުވީ މި މަހު އޮމާންގައި ކުރިއަށްދާ 10 ވަނަ އޭޝިއާ ބީޗްހޭންޑްބޯޅަ މުބާރާތަށެވެ. އެ މުބާރާތުގައި ރާއްޖެ ބައިވެރިވުމުގެ ފުރުސަތު ފަހިވީ، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)ގެ ވެސް ވަރަށް ބޮޑު ބައިވެރިވުމަކާ އެކުގައި ކަމަށް މުޖޭ ވިދާޅުވި އެވެ.

ރޭގެ އިވެންޓްގައި ވާހަަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ހޭންޑްބޯޅަ އަކީ ރާއްޖޭގައި މި ފަހަކަށް އައިސް، ރާއްޖޭގެ ހުރިހާ ރަށްތަކަށް ބެލިކަމުގައި ވިޔަސް، ދެ ޖިންސުން އެންމެ ގިނައިން ކުޅޭ އެއް ކުޅިވަރު ކަމަށެވެ. ރާފިއު ވިދާޅުވީ، ރޭގެ އިވެންޓަކީ، ހޭންޑްބޯޅައާ ގުޅޭ މުހިންމު ތިން ކަމެއްގެ ފެށުން ކަމަށެެވެ.

"އެއް ކަމަކީ، ދެންމެ އިއުލާނުކުރެވިގެންދިޔަ، ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ލޯންޗްކުރުމާއި އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ޖޯޒީ ހަވާލުކުރުމުގެ އިތުރުން، ހޭންޑްބޯލް ކޮމިއުނިޓީން އެންމެ ބޮޑަށް ބޭނުންވާ އިންޑޯ ފެސިލިޓީއެއްގެ މަސައްކަތް ވެސް އަމަލީ ގޮތުން ފެށޭ މަހަކަށް މި މަސް ވެގެންދަނީ،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ބޭއްވުމުގެ ބިޑް ކާމިޔާބުވި ހިސާބުން ފެށިގެން މުބާރާތް ބޭއްވުމުގެ މަސައްކަތްތައް ކުރަމުން އައިސް އެކަން ފުރިހަމަ އަށް ކުރެވޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް 10 އަހަރު ތެރޭ ރާއްޖޭގައި ރީޖަނަލް ގޭމްސް އެއް ބޭއްވުމަކީ ލޯންގް ޓާމް ޕްލޭން ތެރޭގައި ހިމެނޭ ކަމެއް. އެހެންކަމުން، ކުޅުދުއްފުށީގައި މި ބޭއްވޭ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ ގޭމްސް އަކީ އެކަން ހާސިލްކުރަން ދާ މިސްރާބުގައި ފެށުމެއް ކަމަށް މި ބެލެވެނީ،" ރާފިއު ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި، ސަރުކާރުގެ ފަރާތުން މި ފަދަ ފުރުސަތުތައް އެހެން ރަށްރަށަށް ވެސް ލިބިގެންދާނެކަން ފާހަގަކުރައްވައި، ރާފިއު ވިދާޅުވީ، ސަރުކާރުން ހޭންޑްބޯޅަ އަދި، ހުރިހާ ކުޅިވަރެއް ވެސް ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މޭޔަރު، މުހައްމަދު އާތިފް ވިދާޅުވީ، ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ކުޅުދުއްފުށީގައި ބެއްވުމަކީ މުޅި ރާއްޖެ އަށް ވެސް އޭގެ ފައިދާ އޮތް ކަމެއް ކަމަށެވެ. އަދި، ރާއްޖޭގެ ރީތިކަން ބޭނުންކޮށްގެން ނަފާހޯދޭނެ ގިނަ ގޮތްތަކެއް އެބަހުރި ކަމަށާއި ސްޕޯޓްސް ޓޫރިޒަމް ތެރެއިން ހުރި ފުރުސަތުތަކަކީ ރާއްޖޭން ބޭނުންހިފަން ޖެހޭ ކަމެއް ކަމަށް އާތިފް ވިދާޅުވި އެވެ.

"ރާއްޖެ ފަހުރުވެރިވާ ފަދަ މުބާރާތެއް ކުޅުދުއްފުށީގައި ހޯސްޓްކުރެވި ކުރިއަށް އޮތްތަނުގައި، މި ފަދަ މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ހޯދަން ފަހިވެގެންދިއުން އަމާޒަކީ،" އާތިފް ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސަައްތާރު (ޗަމްޕީ) ވިދާޅުވީ، ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ރާއްޖޭގައި ހޯސްޓްކުރުމަށް ހޭންޑްބޯލް މޯލްޑިވްސް އިން ކުރީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. އަދި، މި މުބާރާތް ކުޅުއްދުއްފުށީގައި ހޯސްޓްކުރާތީވެ، އޮތް ޔަގީންކަމަކީ މިކަން ވަރަށް ފުރިހަމަ ކޮށްދާނެ ކަން ކަމަށާއި އެއީ މީގެ ކުރިން ވެސް ކުޅުއްދުއްފުށީގައި ބޭއްވި މުބާރާތްތައް ފުރިހަަމަކޮށް ގޮސްފައިވާތީކަން ސައްތާރު ފާހަގަކުރެއްވި އެވެ.

"ކޮމަންވެލްތުގެ މި ކަހަލަ ގޭމްސް އެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި މި ބޭއްވެނީ، މިއީ ވަރަށް ރަނގަޅު ފާލެއް ހެން ހީވަނީ އަޅުގަނޑުމެންނަށް ރަނގަޅަށް ގެންދެވިއްޖިއްޔާ އެ މީހުންނަށް ޔަގީންކަން ލިބޭނެ މި ކަހަލަ ކޮމަންވެލްތު މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެކަން،" ސައްތާރު ވިދާޅުވި އެވެ.

ކޮމަންވެލްތު ގޭމްސްގެ ފެޑެރޭޝަން (ސީޖީއެފް)ގެ އޯޝެނިއާ އާއި އޭޝިއާގެ ރީޖަނަލް ބައްދަލުވުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވީ ރާއްޖޭގަ އެވެ. ސައްތާރު ވިދާޅުވީ، އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވެސް އެދުނު އެއް ކަމަކީ، ރާއްޖޭގައި ކޮމަންވެލްތުގެ ހަރަކާތްތައް ގިނައިން ބޭއްވުމަށް ކަމަށެވެ. އަދި، ކޮމަންވެލްތުގެ ކަންކަމުގައި ރާއްޖޭގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށާއި މި ފަދަ މުބާރާތްތައް ބޭއްވުމަކީ، ކުޅިވަރު ނޫނަސް، ސްޕޯޓްސް ޓޫރިޒަމް ތެރެއިން، ރާއްޖޭގެ އިގްތިސާދަށް ވެސް ފައިދާކުރާނެ ކަމެއް ކަމަށް ސައްތާރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox