ރުޑިގާ އަށް ހަ މެޗުގެ ސަސްޕެންޝަނެއް

Apr 30, 2025, 3:04 AM
ރުޑިގާ އަށް ހަ މެޗުގެ ސަސްޕެންޝަނެއް

މެޑްރިޑް (އޭޕްރީލް 30) - ކޮޕަ ޑެލް ރޭ ފައިނަލުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު، އެންޓޯނިއޯ ރުޑިގާގެ ފަރާތުން ފެނިގެންދިޔަ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުގެ ސަބަބުން އޭނާ ހަ މެޗަށް ސަސްޕެންޑް ކުރަން ނިންމައިފި އެވެ.

ސްޕެނިޝް ކަޕްގެ ފައިނަލުން ބާސެލޯނާ އަތުން 3-2 އިން ރެއާލް ބަލިވި މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށް ރެފްރީ، ބާސެލޯނާ އަށް ފައުލެއް ދޭން ނިންމުމުން، ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން، ބެންޗުގައި އިން ރުޑިގާ އާއި ލޫކަސް ވަޒްކޭޒަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ރުޑިގާ އަށް ރަތް ކާޑެއް ދެއްކީ، އައިސް ކިއުބެއް ރެފްރީއާ ދިމާލަށް އެއްލުމުންނެވެ.

މި މައްސަލަ ބަލައި، ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ރުޑިގާ އަށް ހަ މެޗުގެ ސަސްޕެންޝަނެއް ދޭން ނިންމީ އެވެ. އެކަމަކު، ރުޑިގާ އަށް މި ސަސްޕެންޝަނުން މާ ބޮޑު އަސަރެއް ނުކުރާނެ އެވެ.

ކަކުލުގެ މެނިސްކަސް އަށް ލިބުނު އަނިޔާގެ ސަބަބުން ރުޑިގާ އަށް ދެން މި ސީޒަނުގައި ނުުކުޅެވޭއިރު، އޭނާގެ ސަސްޕެންޝަންގެ ފުރަތަމަ ފަސް މެޗު މި ސީޒަނުގައި ނިމޭނެ އެވެ. އަދި، ދެން، އޭނާ ސަސްޕެންޑްވާނީ އަންނަ ސީޒަނުގެ ލީގު ފުރަތަމަ މެޗަށެވެ.

ކޮޕަ ޑެލް ރޭ ފައިނަލުގައި ރެއާލުގެ ޖޫޑް ބެލިންހަމް އަށް ދެއްކި ރަތް ކާޑު ވަނީ މާފުކޮށްފަ އެވެ. އެއީ، އެ ރަތް ކާޑު ބަދަލުކުރަން ކުރި އެޕީލްގައި ރެއާލުން ހުށަހެޅި ހެއްކައް ބެލުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox