ގެމަނަފުށި ހެލްތު ސެންޓަރުން އިންޖެކްޝަނެއް ޖެހި ފަހުން ހަތް މަހުގެ ތުއްތު ކުއްޖަކު ހާލު ދެރަވެ ނިޔާވެއްޖެ

ނިޔާވި އަލީ ޝައަފް ޝަހުބާދު: އެ ތުއްތު ކުއްޖާ ނިޔާވީ ގެމަނަފުށި ހެލްތު ސެންޓަރުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކުރޭ --- ފޮޓޯ: އާއިލާ

ނިޔާވި އަލީ ޝައަފް ޝަހުބާދު: އެ ތުއްތު ކުއްޖާ ނިޔާވީ ގެމަނަފުށި ހެލްތު ސެންޓަރުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކުރޭ --- ފޮޓޯ: އާއިލާ

ގއ. ގެމަނަފުށި ހެލްތު ސެންޓަރަށް ގެންދިޔަ ހަތް މަހުގެ ތުއްތު ކުއްޖަކު، އެ ކުއްޖާ ބެލި ޑޮކްޓަރު އަމަލުކުރި ގޮތުން ނިޔާވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ނިޔާވި ގއ. ގެމަނަފުށި، ހަނދުވަރީގެ، އަލީ ޝައަފް ޝަހުބާދު މާ ގަދައަށް ރޯތީ ގެމަނަފުށީ ހެލްތު ސެންޓަރަށް ގެންދިޔައީ އޭޕްރިލް 15، ގެ ރޭގަނޑެވެ. އެއަށްފަހު ހާލު ދެރަވެގެން އެ ރޭ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު އިތުރު ފަރުވާއަށް އެ ރޭ ހެނދުނު 06:00 ޖެހިހާއިރު މާލެ ގެނަ އެވެ.

އެ ތުއްތު ކުއްޖާ ނިޔާވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭޕްރިލް 16، ގެ ހެނދު 8:30 އާއި 09:00 އާ ދެމެދުގަ އެވެ.

ޝައަފްގެ ބައްޕަ ހުސައިން ޝަހުބާދު އަދަދު އަށް ބުނީ އޭނާގެ ދަރިފުޅު ނޭފަތުން ފެން އައިސް ބަލިވެ އުޅޭތީ ގެމަނަފުށި ހެލްތު ސެންޓަރަށް އޭޕްރިލް 11، ގައި ދައްކައި، އެއަށްފަހު ކޮންމެ ދުވަހަކުހެން ދެ ފަހަރު އާވި އަރުވަން ގެންދިޔަ ކަމަށެވެ.

ތުއްތު ކުއްޖާ އާވި އަރުވަން އޭޕްރިލް 14، ގެ ރޭގަނޑު ގެންދިޔުމުން އެ ރޭ ޓެސްޓުތަކެއް ޖެހިގެން އަންނަ ދުވަހު ހަދަން އިރުޝާދުދީ، އެ ރޭ އާވި ނާރުވައި ކުއްޖާ ފޮނުވާލި ކަމަށް ޝަހުބާދު ބުންޏެވެ.

ނިޔާވި އަލީ ޝާފު ޝަހުބާދު: އެ ތުއްތު ކުއްޖާގެ ހާލު ދެރަވީ ގެމަނަފުށި ސިއްހީ މަރުކަޒުގެ ޑޮކްޓަރު އަމަލުކުރި ގޮތުން ކަމަށް އާއިލާއިން ތުހުމަތުކުރޭ
ނިޔާވި އަލީ ޝާފު ޝަހުބާދު: އެ ތުއްތު ކުއްޖާގެ ހާލު ދެރަވީ ގެމަނަފުށި ސިއްހީ މަރުކަޒުގެ ޑޮކްޓަރު އަމަލުކުރި ގޮތުން ކަމަށް އާއިލާއިން ތުހުމަތުކުރޭ

ނިޔާވި އަލީ ޝައަފް ޝަހުބާދު: އެ ތުއްތު ކުއްޖާގެ ހާލު ދެރަވީ ގެމަނަފުށި ސިއްހީ މަރުކަޒުގެ ޑޮކްޓަރު އަމަލުކުރި ގޮތުން ކަމަށް އާއިލާއިން ތުހުމަތުކުރޭ

މިގޮތުން ޝަހުބާދު ބުނީ ތުއްތު ކުއްޖާއަށް ވެގެން އުޅޭ ގޮތް ބެލުމަށް ގެމަނަފުށި ހެލްތު ސެންޓަރުން އޭޕްރިލް 15، ގެ ހެނދުނު ޓެސްޓުތައް ހެދި ކަމަށެވެ. އޭނާ ބުނީ އެއަށްފަހު ކުއްޖާ މާގަދައަށް ރޯތީ އެ ރޭގެ ވަގުތެއްގައި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.

ހެލްތު ސެންޓަރަށް ގެންދިޔުމުން ނަރުހުންނަށް އެ ކުއްޖާ ހާލު ރަނގަޅު ނޫންކަން އެނގުމުން ޑޮކްޓަރު ގެނެސް ފަރުވާދޭން ފެށި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ކުއްޖާގެ ނޭފަތަށް އައިވީ ފެން ފަސް ވަރަކަށް ފަހަރު ޑޮކްޓަރު ޖެހުމުން ލޭ އައި ކަމަށެވެ.

"ޑޮކްޓަރު ސިރިންޖުން ނޭފަތަށް ފެން ޖަހަމުން ދިޔައީ. އެގޮތަށް ފަސްވަނަ ފަހަރަށް ކަނާތް ފަޅިއަށް އޭނަ ޖެހުމުން އައިވީ ފެންކޮޅާ އެކީގައި ލޭ އައީ. ސިރިންޖުން ފެން ޖެހި ފުރަތަމަ ފަހަރު ވެސް ތުރުތުރު އަޅާފައި ކޮންމެވެސް ގޮތެއްވި. ދިޔައީ ބަލިވަމުން ބަލިވަމުން،" އޭނާ ބުންޏެވެ.

މީގެ އިތުރުން ކުއްޖާގެ ޓެސްޓުތަކުގެ ނަތީޖާ ނުލިބެނީސް ގެމަނަފުށި ހެލްތު ސެންޓަރުން އެ ކުއްޖާ އެލާޖިކުވި ކަމަށް ނިންމައި އިންޖިކްޝަން ޖެހި ކަމަށް ޝަހުބާދު ބުންޏެވެ. އަދި ކުއްޖާ ގަޔަށް ޖެހި އެ އިންޖިކްޝަނާ އެކު ކުއްޖާގެ ހާލު އިތުރަށް ގޯސްވެ، އަނގައިންނާއި ނޭފަތުން ހޮޑު އައި ކަމަށެވެ.

"ކުޑަކުއްޖަކަށް ވީމަ ޖަހަންޖެހޭ ވެކްސިން އިންނާނެތާ، އެ ނޫން އެއްވެސް އެއްޗެއް ނީންނާނެ ބަލިވެގެން ޖަހާފައި. މި މަހު 15 ވަނަ ދުވަހު އެ ޖެހި އިންޖިކްޝަން މަގޭ ދަރިފުޅު ގަޔަށް ޖަހާފައި ވެސް އިންނާނީ," އޭނާ ބުންޏެވެ.

"ދަރިފުޅު ހަމަ އިންޖިކްޝަން ޖެހިތަނުން ބޮޑު މީހަކަށް ހޮޑުނުލެވޭ ވަރަށް އަނަގައިންނާއި ނޭފަތުން ހޮޑު އައީ. އޭގެ ފަހުން ދަރިފުޅުގެ އެއްވެސް ހަރަކާތެއް ނެތި ހޮސްޕިޓަލުގައި ތިބި މީހުން ތެޅިގަތް."

ނިޔާވި އަލީ ޝާފު ޝަހުބާދު: އެ ތުއްތު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުން
ނިޔާވި އަލީ ޝާފު ޝަހުބާދު: އެ ތުއްތު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުން

ނިޔާވި އަލީ ޝައަފް ޝަހުބާދު: އެ ތުއްތު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުން

ކުއްޖާ ގަޔަށް ޖެހި އިންޖެކްޝަނާ އެކު ހާލުދެރަވެ، ގެމަނަފުށި ހެލްތު ސެންޓަރުން ކުރި މަސައްކަތުން ވެސް ކުރިއެރުމެއް ނުލިބުމުން ކުއްޖާ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ އާއިލާއިން އަމިއްލައަށް ހަމަޖެއްސި ލޯންޗަކުންނެވެ.

ކުއްޖާގެ މަންމަ އައިމިނަތު ރިޔާޒާ 36، އަދަދު އަށް ބުނީ ކުއްޖާ ގަޔަށް އިންޖިކްޝަން ޑޮކްޓަރު ޖެހީ އެއްވެސް އެއްޗަކަށް އެލާޖިކް ވޭތޯ ވެސް ޔަގީން ނުވަނީސް ކަމަށެވެ.

"އެލާޖިކް ކަމަށް ނިންމާ ކުއްޖާ ގަޔަަށް ޑޮކްޓަރު އެ އިންޖެކްޝަން ޖެހީ އެއްވެސް އެއްޗަކަށް އެލާޖިކްވާކަން ޔަގީން ވެސް ނުވަނީސް. އެއާއެކު ކުއްޖާ ސިކުންތުކޮޅެއް ތެރޭގައި ހޮޑުލީ. ނޭފަތަށް އައިވީ ފެން އެހާ ގިނައިން ނޭފަތަށް ޖެހިއިރު ލޭ އައުމާ ހަމައަށް އެއްޗެއް ނާދޭ،" އޭނާ ބުންޏެވެ.

ގއ. އަތޮޅު ހޮސްޕިޓަލުން ދިން އިރުޝާދާ އެކު ކުއްޖާ އެއާ އެމްބިއުލާންސްގައި މާލެއަށް ގެންނަން ފުރީ އޭޕްރީލް 15، ވަނަ ދުވަހުގެ ރޭ ފަތިހެވެ. އެ ކުއްޖާ ފުރުވާނުލެވި ރަންވޭ މަތީގައި އެމްބިއުލާންސް ދެ ގަޑިއިރެއްހާއިރު އޮތްކަން އެ ކުއްޖާގެ ބައްޕަ ފާހަގަކުރި އެވެ.

ތުއްތު ކުއްޖާ އައިޖީއެމްއެޗަށް ގެނައި އިރު ވެސް ވިންދު ނެތް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ކުއްޖާގެ ބައްޕަ ބުންޏެވެ. އެ ގޮތުން ނިޔާވި ކަމަށް ކަނޑައެޅީ 45 ވަރަކަށް މިނެޓު ސީޕީއަރު ދިނުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން އައިސް ބުނީ ދަރިފުޅަށް ވަރަށް މަސައްކަތް ކުރެވިއްޖެއޭ އަތުވޭތޯ. 45 ވަރަކަށް މިނެޓު ވަންދެން ސީޕީއަރު ދީދީ ވިންދު މަސައްކަތެއް ނުކުރިއޭ. މި ބެލީ ދަރިފުޅު މަރުވި ކަމަށޭ. ފުއްޕާމޭގަ ހޮޑު ބްލޮކްވެގެން ހޮޅި ހޮޅީގައި އަދި ނޭވާލާ ނިޒާމުގައި ހުރި ކަމަށް. ދަރިފުޅު އަތެއް ނުވިއޭ،" ކުއްޖާގެ ބައްޕަ ބުންޏެވެ.

ހަތް މަހުގައި ނިޔާވި އަލީ ޝާފު ޝަހުބާދުގެ ހަށިގަނޑު މާލޭ އާ ސަހަރާގައި ވަޅުލާފައި
ހަތް މަހުގައި ނިޔާވި އަލީ ޝާފު ޝަހުބާދުގެ ހަށިގަނޑު މާލޭ އާ ސަހަރާގައި ވަޅުލާފައި

ހަތް މަހުގައި ނިޔާވި އަލީ ޝާފު ޝަހުބާދުގެ ހަށިގަނޑު މާލޭ އާ ސަހަރާގައި ވަޅުލާފައި

ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނަށް އޭޕްރިލް 18، ގައި ހުށަހެޅުމުން އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

"ގއ. ގެމަނަފުށީ ހެލްތު ސެންޓަރުގެ އިހުމާލުން ހަތް މަހުގެ ކުޑަކުއްޖަކު ނިޔާވި މައްސަލަ އޭޕްރިލް 18، ގައި ފުލުހުންނަށް ރިޕޯޓުކޮށްފައި. މި މައްސަލަ ގުޅުންހުރި އިދާރާތަކާ އެކު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި ހެލްތު މިނިސްޓްރީން ވަނީ ކުއްޖާގެ ބައްޕައަށް ގުޅައި ހާދިސާގެ މައުލޫމާތު ނަގައިފަ އެވެ. އެ ތުއްތު ކުއްޖާ ނިޔާވުމުން މާލޭ އާސަހަރާގައި ވަޅުލީ އޭޕްރީލް 16، ގެ މެންދުރު ނަމާދަށް ފަހު އެވެ.

އެ ތުއްތު ކުއްޖާގެ ބައްޕަ ހުސައިން ޝަހުބާދު އަދި މަންމަ އައިމިނަތު ރިޔާޒާއާ ވަކިވެގެން ދިޔައީ ތިންވަނައަށް ލިބުނު ކުއްޖާ އެވެ. ދުނިޔޭގައި މިވަގުތު އެ ދެމީހުންނަށް ލިބިފައި ހުރި 13 އަހަރުގެ ފިރިހެން ކުއްޖަކާއި 10 އަހަރުގެ ފިރިހެން ކުއްޖަކު އެބަހުއްޓެވެ.

ރާއްޖޭގައި ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުގެ އިހުމާލުން ދިމާވާ ހިތާމަވެރި ހާދިސާތައް އަންނަނީ ގިނަވަމުންނެވެ. އެގޮތުން ގއ. ވިލިނގިލީގައި ހުރި އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނަކު މާލެ ނެގެނެވިގެން އުޅެނިކޮށް ދެމެއިން މިދިޔަ ފެބްރުއަރީ މަހު ނިޔާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox