ހުލާސާކޮށް އިއްޔެ: ބަދަލު ދިނުމަށް ފަހު ރަށުގެ ވަސީލަތްތައް ވެސް ސަރުކާރަށް ނެގޭނެ ގަވާއިދެއް

Apr 23, 2025, 12:52 AM
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި ސިފައިންގެ ބައެއް ވެރިން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި ސިފައިންގެ ބައެއް ވެރިން. -- ފޮޓޯ: ރައީސް އޮފީސް

ބަދަލެއް ދިނުމަށްފަހު، ރަށްރަށުގެ ކައުންސިލްތަކުގެ އިހުތިސާސުން ސަރުކާރަށް ބޭނުންވާ ސަރަހައްދުތައް ނެގުމުގެ ބާރުދީ ލޯކަލް ގަވަމަންޓު އޮތޯރިޓީން ގަވާއިދެއް ގެޒެޓުކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން މީގެ ފަހުން ކައުންސިލްތަކުގެ އިހުތިސާސުގައި ހިމެނޭ ވަސީލަތެއް، ބިނާއެއް، ނުވަތަ ނުއުފުލޭ މުދަލެއް ގައުމީ އިދާރާއެއްގެ ބޭނުމަށް ނެގޭނީ ކައުންސިލާއި އެ އިދާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

މިފަދަ ތަނެއް ސަރުކާރުން ނަގާނަމަ އެތަނަކަށް ދޭން ޖެހޭ ބަދަލު ކަނޑައަޅާނީ އެ ތަނެއް ނުވަތަ ވަސީލަތެއްގެ އަގު އޮޑިޓާ ޖެނެރަލް ނުވަތަ އެފަދަ ތަނެއް އަގުކުރުމުގެ ހުއްދަ ލިބިފައިވާ މިނިވަން އޮޑިޓަރެއް މެދުވެރިކޮށެވެ.

މިގޮތުން ބަދަލުގެ ގޮތުގައި ކަނޑައެޅޭނީ:

  • ވަސީލަތް، ބިނާ، ނުވަތަ ނުއުފުލޭ މުދަލުގެ އަގު
  • ވަސީލަތް، ބިނާ، ނުވަތަ ނުއުފުލޭ މުދަލަށް ކައުންސިލުން ކޮށްފައިވާ އިންވެސްޓުމަންޓުގެ އަގު
  • ވަސީލަތް، ބިނާ، ނުވަތަ ނުއުފުލޭ މުދާ ގައުމީ އިދާރާއަށް ނެގުމުން، އޭގެ ބަދަލުގައި އެފަދަ ވަސީލަތެއް، ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް ހެދުމަށް ނުވަތަ ހޯދުމަށް ދާނެ ހަރަދު

ނަމަވެސް، ކައުންސިލަކުން ދެމުންދިޔަ ހިދުމަތެއް ގައުމީ އިދާރާއިން ދިނުމަށް ތަނެއް އަތުލާނަމަ ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

މި ގަވާއިދުގައިވާ ގޮތުން، ރަށުގެ ވަސީލަތް ނަގަން ބޭނުންވާ ގައުމީ އިދާރާއާއެކު ބަދަލަކަށް އެއްބަސް ނުވެވިއްޖެނަމަ އެ މަޝްވަރާގެ ތެރެއަށް އެލްޖީއޭ އަދި ފިނޭންސް މިނިސްޓްރީން ވަންނަންޖެެހެ އެވެ. އެ ހިސާބުން ގޮތް ނިންމާނީ ފިނޭންސުންނެވެ. އެވަރުން ވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ގޮތެއް ނިންމުމަށް ކޯޓަށް ދިއުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބެ އެވެ.

ގައުމީ އިދާރާއަކުން ބޭނުންވާ ތަނަކީ އިންވެސްޓްމަންޓެއް ނުކޮށް އޮތް ތަނެއް ނަމަ. އެތަން 15 ދުވަހުގެ ތެރޭގައި އިދާރާއާ ހަވާލުކުރަން ވެސް މި ގާނޫނުން ލާޒިމު ކުރެ އެވެ.

މިފަދަ ގަވާއިދެއް މިއަދު ސަރުކާރުން ގެޒެޓުކުރިއިރު، މި ފަހުން ޓޫރިޒަމުގެ ބޭނުމަށް ކައުންސިލްތަކުގެ އިހުތިސާސުން އެކި ތަންތަން ބަދަލަކާ ނުލައި ސަރުކާރުން ވަނީ ނަގައިފަ އެވެ. މިފަދަ ތަންތަނަށް ބަދަލުދިނުން ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

titledesc

ނަމާދު ވަގުތު

  • ފަތިސް 04:43
  • އިރުއަރާ 05:56
  • މެންދުރު 12:08
  • އަޞްރު 15:21
  • މަޣްރިބް 18:13
  • ޢިޝާ 19:27

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox