ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އެހެން މީހުންނާއި ޝަމްއާން ތަފާތު ކުރަނީ ކީއްވެތޯ ވަކީލުން ސުވާލު އުފައްދައިފި

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދުއާ ދޭތެރޭ އެފަދަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ އެހެން މީހުންނާ ތަފާތުކޮށް އަމަލު ކުރަމުންދަނީ ކީއްވެތޯ އޭނާގެ ގާނޫނީ ވަކީލުން ސުވާލު އުފައްްދަވައިފި އެވެ.

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި އޭނާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު އިއްޔެ ހައި ކޯޓުގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ހިންގާ ކުށްތަކާއި މަނީ ލޯންޑަރިންގެ ކުށްތަކާ ގުޅިގެން ތަހުގީގީ އިދާރާތަކުން މިއަދާ ހަމައަށް އަމަލު ކުރަމުން އައީ، އެފަދަ ތުހުމަތެއް ކުރެވޭ މީހާއަކީ މުޖުތުމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އޮތް ކަމަށް ބަލައި ހައްޔަރު ކޮށްގެން ނޫން ކަމަށެވެ.

މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ތުހުމަތު މީގެ ކުރިން ކުރެވިފައިވާ މީހުންނާއި މިހާރު ވެސް އެފަދަ މައްސަލަތަކުގައި ދައުވާ އުފުލާފައިވާ މީހުންނާ މެދު އަމަލު ކުރަމުންދާ ގޮތުން މިސާލު ނަންގަވައި ނޫރުއްސަލާމް ވިދާޅުވީ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރު ކުރާ ނަމަ ކުރަނީ ހެއްކަށް ނުފޫޒު ފޯރުވައިފާނެ ފަދަ ހާލަތެއް އޮތް ނަމަ ކަމަށެވެ.

Advertisement

ނަމަވެސް ޝަމްއާން ހައްޔަރު ކޮށްފައި ވަނީ މުޖުތަމައުގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ބަލައިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ހުރީ މަނީ ލޯންޑަރިންގެ ހަތް ދައުވާ، ހިނގަމުން ދަނީ ކްރިމިނަލް ކޯޓުގައި، ބަންދަކު ނޫން ހުރީ، މަނީ ލޯންޑަރިންގެ ދެ ދައުވާ އަނެއް ބޭފުޅެއްގެ މައްޗަށް، ހިނގަމުން ދަނީ، ބަންދަކު ނޫން ހުރީ،" ނޫރުއްސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މީހުން ހައްޔަރު ނުކޮށް ޝަރީއަތް ހިންގަމުން ދަނީ ރަނގަޅަށް ކަމަށާއި އެއީ އެކަން ކުރަންޖެހޭ ގޮތް ކަމަށެވެ.

ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލަތަކަކީ މުޖުތަމައުގެ ރައްކާތެރިކަމަށް ނުރައްކަލެއް އޮންނަ ބާވަތުގެ މައްސަލަތަކެއް ކަމަށް މީގެ ކުރިން ދައުލަތުން ގަބޫލު ކުރަމުން އައިސްފައި ނުވާކަން މީގެ ކުރީގެ މައްސަލަތަކަށް ބަލައިލުމުން ސާފުކޮށް އެނގޭ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

އެހެންވީމާ ޝަމްއާން ތަފާތުވާ ގޮތަކީ ކޮބައިތޯ ސުވާލު އުފައްދަވައި ނޫރުއްސަލާމް ވިދާޅުވީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަނީ ވަކި ކަމެއް އޮތީ ވަކި ގޮތަކަށްކަން އާންމުކޮށް އެނގޭ ކަމެއްގައި އެ ނޫން ގޮތަކަށް އެކަން ކުރީ ނުވަތަ ނުކޮށް ދޫކޮށްލީ ކީއްވެކަން ސާބިތު ކޮށްދިނުމަކީ އެކަން ކުރި މީހެއްގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން މީގެ ކުރިން އަމަލު ކުރަމުން އައި ގޮތާ ހިލާފަށް ޝަމްއާންގެ މައްސަލައިގައި ދައުލަތުން އަމަލު ކުރަމުން ދަނީ ކީއްވެކަން ދައުލަތުން ސާފުކޮށްދޭން ޖެހޭނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

"އެހެންވީމާ ދައުލަތުގެ ޒިންމާއެއް ކޮރަޕްޝަން މަނީ ލޯންޑަރިންގެ ތުހުމަތުތަކުގައި ހައްޔަރު ކުރާ ނުވަތަ ބަންދުކޮށްގެން ޝަރީއަތް ހިންގާ މީހުން ބަންދު ނުކުރުމުގެ އުސޫލާ ހިލާފަށް ޝަމްއާން ވަހީދަށް އެކަނި ތަފާތުކޮށް އަމަލު ކުރާ ސަބަބު ސާފުކޮށްދިނުން، ކިޔައިދިނުން، ދައުލަތުގެ ޒިންމާއެއް،" ނޫރުއްސަލާމް ވިދާޅުވި އެވެ.

އޭގެއިތުރުން ކޮރަޕްޝަންގެ މައްސަލަތައް ބެލޭނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުގެ ބައިވެރިވުން އޮވެގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮއްވައި ޝަމްއާންއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލަ ފުލުހުން އެކަނި ތަހުގީގު ކުރަނީ ކީއްވެތޯ ވެސް ނޫރުއްސަލާމް ސުވާލު އުފެއްދެވި އެވެ.

އިއްޔެގެ އަޑުއެހުން ހައިކޯޓުން ނިންމައިލީ މިއަދު މެންދުރުފަހަށް އިތުރު އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށް ބުނުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox