ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލަން ނަޝީދު ތާއީދުކޮށްފި

މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ނަޝީދު ހުންނެވި ދުވަސްވަރު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ: އަދަދު ފައިލް

މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ނަޝީދު ހުންނެވި ދުވަސްވަރު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ: އަދަދު ފައިލް

ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓަކުން ސަރުކާރެއް އެކުލަވައިލުމަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕްރިފެރެންޝަލް ވޯޓާއެކު ނަމަ ރިޔާސީ އިންތިހާބުގެ އެއްބުރުން ވޯޓުލައި ސަރުކާރެއް އެކުލަވައިލުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އެކުލަވައިލާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް އަޅުގަނޑު ވެސް ދެކެން،" ނަޝީދު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

Advertisement

ނަޝީދު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ފުރަތަމަ ބުރުން ރައީސަކު ހޮވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ފަށްޓަވާފައިވާ ދަނޑިވަޅެއްގަ އެވެ. އެމަނިކުފާނު ވަނީ ވެރިކަން ކުރާ ޕީއެންސީ މެންބަރުންގެ އަރިހުން އެގޮތަށް އެކަން ކުރެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލަން ރައީސް މަސައްކަތް ފެށްޓެވުމާއެކު ގިނަބަޔަކު ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން އެމީހުން ބުނަމުން ދަނީ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ 50 ޕަސެންޓު ނުލިބޭ ވެރިއަކަށް ވެރިކަން ލިބޭ ގޮތް ހެދުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށެވެ.

ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ބޭފުޅަކު 50 ޕަސެންޓުގެ އިތުރަށް އެއް ވޯޓު ނުހޯއްދަވާ ނަމަ ދެވަނަ ބުރަކަށް ދާން ޖެހެ އެވެ. ދެވަނަ ބުރަށް ދަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންނެވެ.

ނަޝީދު ތާއީދު ކުރެއްވި ޕްރިފެރެންޝަލް ވޯޓަކީ މިހާރު ވެސް ދުނިޔޭގެ ގައުމުތަކުގައި އަމަލު ކުރަމުން އަންނަ ގޮތެކެވެ. ޕްރިފެރެންޝަލް ވޯޓެއްގައި ނަމަ، އެ އިންތިހާބަކަށް ކުރިމަތިލާފައި ތިބޭ ކެންޑިޑޭޓުންގެ ތެރެއިން އެމީހަކު ވެރިކަމަށް ގެންނަން ބޭނުންވާ ތަރުތީބަކުން ހުރިހާ އެންމެންނަށް ކޮންމެ މީހަކު ވެސް ވޯޓު ދޭން ޖެހޭނެ އެވެ.

އެފަދަ ވޯޓެއްގައި ފުރަތަމަ ގުނާނީ ވޯޓުލީ މީހުން އެންމެ ފުރަތަމަ، އެއްވަނައަށް ވެރިކަމަށް ގެންނަން ބޭނުންވާ ކަމަށް ޖަހާފައިވާ ނަންބަރެވެ. އެ އަދަދު ގުނާއިރު، 50 ޕަސެންޓު ހަމަނުވެއްޖެ ނަމަ ދެން ގުނާނީ ދެވަނައަށް ވެރިކަމަށް ގެންނަން މީހުން ފާހަގަ ޖެހި ވޯޓުތަކެވެ. އެގޮތަށް ގުނަން ފަށާނީ އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓުން ބާކީ ކުރުމަށްފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox