އެމްއެންޑީއެފް އަށް އުޅަނދުތައް ގަތް އެޖް ގްރޫޕަކީ އިޒްރޭލަށް ވާގިވެރިވާ އަސްކަރީ އެހީތެރިއެއް

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

ދިވެހި އަސްކަރިއްޔާގެ ބޭނުމަށް އެންމެ ފަހުން ގެނައި އަޖްބާން މަރުކާގެ 'އަޖްބާން 442އޭ' އުފައްދާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުނި އެޖް ގްރޫޕަކީ އިޒްރޭލަށް ވާގިވެރިވާ ކުންފުންޏެއްކަން އެނގިއްޖެ އެވެ.

މި މަހު ކުރީކޮޅު ގެނައި އެމްއެންޑީއެފްގެ އާ އަސްކަރީ ވެހިކަލްތައް ފުރަތަމަ ފަހަރަށް ދައްކާލީ އިއްޔެ ހަވީރު ބޭއްވި، ސިފައިންގެ އަހަރީ ދުވަހުގެ ހިނގާލުމުގަ އެވެ. މިއާއެކު ގިނަ ބައެއްގެ ސަމާލުކަން މި އުޅަނދުތަކަށް ވަނީ އަމާޒުވެފަ އެވެ.

އެޖް ގްރޫޕާއި، އަޖްބާން މަރުކާގެ މި ފަސް ވެހިކަލްގެ އަގުތަކާއި އިތުރު ތަފުސީލުތައް އިއްޔެ ވާނީ ގެނެސްދީފަ އެވެ.

މި ނޫހުން ގެނެސްދިން ރިޕޯޓާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަދި ފޮޓޯތަކާއެކު ރޭ ވަނީ އިތުރު ތަފުސީލެއް ފެންމަތިވެފަ އެވެ. އެއީ އެޖް ގްރޫޕާއި އިޒްރޭލާ އޮތް ގުޅުމެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ނަސްލު ހޭދައާ ދެކޮޅަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ގާނޫނު ބަދަލުކުރިތާ ހަފުތާއެއް ތެރޭ މިފަދަ ތަފުސީލެއް ފެންމަތިވުމާއެކު އާންމުން ގިނަ ސުވާލުތަކެއް ވަނީ އުފައްދާފަ އެވެ. އަދި ފާޑުކިޔުންތައް ވެސް ވަނީ އިތުރުވެފަ އެވެ.

ޔޫއޭއީ އަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އިޒްރޭލާއެކު އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ގައުމެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި، ހާއްސަކޮށް އިސްލާމީ ދުނިޔޭގައި އެ ގައުމަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

ތާޑު އައިގެ ހިއްސާ ގަނެ އިންވެސްޓުކުރުން

ރޭ މެންދަމުން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ މި ވާހަކަ އެވެ.

ތާޑު އައި އަކީ އަސްކަރީ އަދި މަދަނީ ޑްރޯންތައް ދެނެގަތުމުގެ ގާބިލުކަން ގާއިމުކޮށް، އަސްކަރިއްޔާތަކަށް އެ ޓެކްނޮލޮޖީ ފޯރުކޮށްދެމުންދާ އިޒްރޭލުގެ ކުންފުންޏެވެ. އެ ކުންފުނިން ޑްރޯން ދެނެގަތުމަށް ބޭނުންކުރާ އާލަތްތައް އަދި ސޮފްޓުވެއާ އުފައްދަ އެވެ.

އެ ކުންފުނިން އިޒްރޭލުގެ އަސްކަރިއްޔާ (އައިޑީއެފް) އަދި ނޭޓޯގެ މެންބަރު ގައުމުތަކުގެ އަސްކަރިއްޔާތަކަށް މި ހިދުމަތް ފޯރުކޮށްދެމުންދެ އެވެ. މިހާރު އިޒްރޭލުން ގާޒާގައި ހިންގަމުންދާ ނަސްލުހޭދައާ ދިމާކޮށް ތާޑު އައި އިން ދަނީ އިޒްރޭލުގެ އައިޑީއެފްއަށް ކުރަމުންދިޔަ އަސްކަރީ ސަޕްލައި އިތުރުކޮށްފަ އެވެ.

ރޮއިޓާސް އަދި މެދުއިރުމަތީގެ ގިނަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޖް ގްރޫޕުން ތާޑު އައިގެ ހިއްސާ ގަތީ މި އަހަރުގެ ކުރީކޮޅެވެ. އެޖް ގްރޫޕުން ތާޑު އައިގެ 30 އިންސައްތަ ހިއްސާ ގަތީ 10 މިލިއަން ޑޮލަރަށެވެ.

މީގެ އިތުރުން، އެޖް ގްރޫޕުން ވަނީ ތާޑު އައި އާއެކު ޖޮއިންޓު ވެންޗާއެއް ފަށާ، އެކަމަށް 12 މިލިއަން ޑޮލަރު އިންވެސްޓުކުރަން ވެސް އެއްބަސްވެފަ އެވެ. މި ޖޮއިންޓު ވެންޗާއިން މަސައްކަތް ކުރަނީ އިލެކްޓްރޯ އޮޕްޓިކަލް އޮބްޖެކްޓް ރިކޮގްނިޝަން ސިސްޓަމްތަކެއް ތަރައްގީ ކުރުމަށެވެ.

ޖޮއިންޓު ވެންޗާގެ 51 އިންސައްތަ ހިއްސާދާރަކީ އެޖް ގްރޫޕެވެ. ތާޑު އައި އަށް 43 ޕަސެންޓު ހިއްސާ ލިބޭއިރު ބާކީ ހަ ޕަސެންޓު ލިބޭ ހިއްސާދާރަކީ ކޮން ބައެއްކަން ރިޕޯޓުތަކުގައި ނުބުނެ އެވެ. އެ މައުލޫމާތު ދެ ކުންފުނިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިއީ ދެ ކުންފުންޏަށް ވެސް ފައިދާކުރަނިވި އެއްބަސްވުމެއް ކަމަށް އެޖް ގްރޫޕުގެ ރައީސް އަދި ސީއެފްއޯ ރޮޑްރިގޯ ޓޮރޭސް ބުނެފައިވެ އެވެ.

އިޒްރޭލު އެއަރޮސްޕޭސް އިންޑަސްޓްރީސް އާއެކު ވެފައިވާ އެއްބަސްވުން

އެޖް ގްރޫޕުން އިޒްރޭލާއެކު ދެން ހަދާފައިވާ އެއްބަސްވުމަކީ، އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އެ ގައުމުގެ އަސްކަރީ އެންމެ ބޮޑު އެއް ކުންފުނި އިޒްރޭލު އެއަރޮސްޕޭސް އިންޑަސްޓްރީސް (އައިއޭއައި) އާ އެކު 2021 ގައި ހެދި އެއްބަސްވުމެވެ.

އެޖް ގްރޫޕު އަދި އިޒްރޭލު އެއަރޮސްޕޭސް އިންޑަސްޓްރީސް (އައިއޭއައި) ގެ އިސްވެރިން ---
އެޖް ގްރޫޕު އަދި އިޒްރޭލު އެއަރޮސްޕޭސް އިންޑަސްޓްރީސް (އައިއޭއައި) ގެ އިސްވެރިން ---

އެޖް ގްރޫޕު އަދި އިޒްރޭލު އެއަރޮސްޕޭސް އިންޑަސްޓްރީސް (އައިއޭއައި) ގެ އިސްވެރިން ---

އެ އަހަރުގެ މާޗު މަހު ހެދި މި އެއްބަސްވުމުގެ ދަށުން އެޖް ގްރޫޕުން ދަނީ އައިއޭއައި އާއެކު، ޑްރޯން އުފެއްދުމުގެ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. މި ދެ ކުންފުނި އެކުވެގެން ތަރައްގީކުރަނީ އެޑްވާންސް ކައުންޓާ-އަންމޭންޑް އެއާކްރާފްޓު ސިސްޓަމް (ސީ-ޔޫއޭއެސް) ތަކެކެވެ.

މި ސިސްޓަމުތައް ބޭނުންކުރަނީ ޔޫއޭވީ ނުވަތަ ޑްރޯންތަކުން ދޭ ހަމަލާތަކުން އިޒްރޭލު ދިފާއު ކުރުމަށެވެ. މި ފަހުން ޔަމަން އަދި ލުބުނާނުން ދިން ޑްރޯން ހަމަލާތަކުން ދިފާއުވުމަށް އައިޑީއެފް އިން މިފަދަ ސިސްޓަމްތަކެއް ބޭނުންކުރި ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވެ އެވެ.

އައިއޭއައި އާއެކު އެޖް ގްރޫޕުގެ ފަރާތުން މަސައްކަތް ކުރަނީ ސަބްސިޑަރީ ކުންފުނި SIGN4L އިންނެވެ. މި ކުންފުންޏަކީ އެޖް ގްރޫޕުގެ އިލެކްޓްރޯނިކް ވާފެއާ އަދި ގައުމީ ސަލާމަތާ ގުޅޭ ހިދުމަތްތައް ދިނުމަށް ހާއްސަ ވެފައިވާ ކުންފުންޏެކެވެ.

ހައިލޭންޑާއަށް އިންވެސްޓުކުރުން

އޯޕަން ސޯސް އިންފޮމޭޝަން އިން އެނގޭ ގޮތުގައި އެޖް ގްރޫޕުން އިންވެސްޓްކޮށްފައިވާ އިޒްރޭލުގެ އަނެއް ކުންފުންޏަކީ ހައިލޭންޑާ އެވެ. އެޖް އިން ހައިލޭންޑާއަށް 14 މިލިއަން ޑޮލަރު އިންވެސްޓު ކުރީ 2023 ގެ ޖެނުއަރީ ގަ އެވެ.

އެޖް ގްރޫޕުން ހައިލޭންޑާއަށް އިންވެސްޓްކުރުމަށް ހެދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ކުންފުނީގެ އިސްވެރިން އެކުގައި
އެޖް ގްރޫޕުން ހައިލޭންޑާއަށް އިންވެސްޓްކުރުމަށް ހެދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ކުންފުނީގެ އިސްވެރިން އެކުގައި

އެޖް ގްރޫޕުން ހައިލޭންޑާއަށް އިންވެސްޓްކުރުމަށް ހެދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ކުންފުނީގެ އިސްވެރިން އެކުގައި

ހައިލޭންޑާ އަކީ ޑްރޯން ފްލީޓުތައް އަދި ގިނަ ޑްރޯންތައް ދުއްވާ ސަރަހައްދުތަކުގެ ވައިގެ ޓްރެފިކް މެނޭޖުކުރުމަށް ހާއްސަ ކުންފުންޏެކެވެ. އަމިއްލަ ކުންފުންޏެއް ނަމަވެސް، ހައިލޭންޑާގެ ކުރު މާޒީގައި އިޒްރޭލުގެ އަސްކަރިއްޔާ އަދި ސަރުކާރާއެކު މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ހައިލޭންޑާގެ ފްލެގްޝިޕް އުފެއްދުންތަކުގެ ތެރޭގައި ވެގަ ޔޫޓީއެމް އަދި އޮރައަން ޑީއެފްއެމް ހިމެނެ އެވެ. އެ ކުންފުނިން ދޭ ހިދުމަތްތަކުގެ ތެރޭގައި ޕްރީ-ފްލައިޓް އޮތޮރައިޒް ކުރުމާއި މިޝަން ބަދަލުކުރުމާއި ޕޯސްޓު ފްލައިޓު ލޮގުތައް މެނޭޖްކުރުން ހިމެނެ އެވެ.

ހައިލޭންޑާ އަށް އިންވެސްޓްކުރުމަށްފަހު އެޖް ގްރޫޕުން 2023 ގައި ބުނީ މިއީ އެ ކުންފުނީގެ މަސައްކަތްތައް ބައިނަލްއަގުވާމީ ދުނިޔޭގައި ފުޅާކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރި އިންވެސްޓުމަންޓެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox