އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރުން ވާޖިބުކަމުގެ ފަތުވާގެ ފަސްފަހަތް

އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރުން ވާޖިބުކަމުގެ ފަތުވާގެ ފަސްފަހަތް

މިދޭތެރެއިން ހަބަރުތަކުން އަޑުއައްސަވާފައި އޮންނާނެއެވެ. އިޒްރޭލާ ދެކޮޅަށް އަސްކަރީ ފައުޖުތައް ފޮނުވާ އަސްކަރީ ގޮތުން މުސްލިމް ގައުމުތަކުން އިޒްރޭލުގެ ޔަހޫދީ ދައުލަތާ ދެކޮޅަށް ހަނގުރާމަކުރުން ވާޖިބުވެއްޖެމަށް އާންމުވި ފަތުވާއެއްގެ ވާހަކައެކެވެ. މިފަތުވާއަކީ، މުސްލިމް އިލްމުވެރިންގެ އާލަމީ ގުޅުން މި ޖަމިއްޔާގެ އިޖުތިހާދުކުރުމާއި ފަތުވާދިނުމާބެހޭ ކޮމިޓީން ނެރެފައިވާ ފަތުވާއެކެވެ. މި ފަތުވާއާ ގުޅިގެން މުސްލިމް ގައުމުތަކުގެ ދައުލަތްތަކަށް ނިސްބަތްވާ ބައެއް އިލްމުވެރިން މި ފަތުވާއަށް ރައްދުދީފައިވެއެވެ. އަދި މިކަމަކީ ވޭތުވެ ދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަރަބި އިސްލާމީ ގައުމުތަކުގައި އެންމެ ބޮޑަށް ހޫނު ބަހުސްތައް ކުރެވުނު އިސްލާމީ މައުލޫއެވެ. އެހެންވީމާ މި ކަމުގެ ފަސްފަހަތާއި މިކަމުން ލިބޭ އިބުރަތުގެ މައްޗަށް ބަހެއް ބުނެލުމަށް މިދިޔަ ހަފުތާގައި ވެސް ވިސްނީމެވެ.

އިސްލާމީ މައުލޫތަކާއި އިސްލާމީ ހަރަކާތްތަކާ ގުޅިފައިވާ މިބާވަތުގެ ކަންކަމުގައި އާންމުން ހޭލުންތެރިވީލެއް ބޮޑުވި މިންވަރަކަށް މެނުވީ އިސްލާމީ އުންމަތަށް ކުރިއެރުމެއް ލިބެމުން ނުދާނެއެވެ. އިސްލާމީ ގައުމުތަކާއި އިސްލާމީ އުންމަތާއި މިއީ ދެއެއްޗެކެވެ. އަޅުގަނޑުގެ މިއަދުގެ ގަސްދަކީ މި ފަތުވާއަށްވުރެ ބޮޑަށް މިފަތުވާ މިހެން ނުކުތުމުގެ ސަބަބުތަކަށް ވާހަކަދެއްކުމެވެ.

ފަލަސްތީނާއި އިޒްރޭލާ ދެމެދުގައި ހިނގަމުން އެދާ ކަންކަން ނޭނގޭ ބަޔަކު މި ދުނިޔޭގައި ނޫޅެއެވެ. އަދި އަނިޔާލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަކީ މުސްލިމުންކަމުގައިވީހިނދު، މުސްލިމުންނަށް ނަސްރުދިނުމަށްޓަކައި ހަނގުރާމަކުރަންޖެހޭނަމަ ހަނގުރާމަކުރުން ވާޖިބުވާނެކަމީ ވަރަށް ހަމަ އާދައިގެ މުސްލިމަކަށް ވެސް އެކަން ނަގައިގަންނަން އުނދަގޫކަމެއް ވެސް ނޫނެވެ. ނަމަވެސް އިސްލާމީ އެއްވެސް ދައުލަތަކަށް އަސްކަރީ ގޮތުން ފަލަސްތީނަށް އެހީތެރިވުމަކީ ކެރިކުޅަދާނަ ވެގެންވާ ކަމެއްކަމުގައި ނުވަނީ އެކަންޏެއް ނޫނެވެ.

ދައުލަތެއްގެ ސިފައިގައި ގިނަ ފަހަރަށް އިޒްރޭލާ ދެކޮޅަށް ބަހެއް ބުނެލާން ކެރުނަސް އެދައުލަތެއްގެ ވެރިޔަކީ އެއީ މުސްލިމުން ފަޚުރުވެރިވާ ފަދަ މާވަރުގަދަ ލީޑަރަކަށް ވެސް މިޒަމާނުގައި ވަނީއެވެ. ހަމައެކަނި ބަހެއް ބުނެލުމުގެ ހިތްވަރު ލިބުނުކަމަށްޓަކައެވެ. ނަމަވެސް މިފަދަ ލީޑަރަކަށްވެސް އަސްކަރީ އެހީތެރިކަމާ ގުޅޭ ވާހަކައެއް ދައްކާލާކަށް ނުކެރެއެވެ. އެންމެ ބޮޑު މިންވަރަކަށް ވެސް އިޒްރޯލުގެ ޕްރޮޑަކްޓްތައް ބޯއިކޮޓްކޮށްލުމާއި ހަމައިން ޖެހެނީ ނިންމާލާށެވެ.

އާންމު މުސްލިމެއްގެ ހައިސިއްޔަތުން ހިތުގައި ސުވާލު އުފެދޭނެއެވެ. އިސްލާމީ ދައުލަތްތައް ނުކުޅެދިފައިވާކަމުގެ މައްޗަށް އެކަންޏެއް ނޫނެވެ. އަސްކަރީގޮތުން އިޒްރޭލާ ދެކޮޅަށް މަސައްކަތްކުރުން ވާޖިބުކަމަށް އިލްމުވެރިއަކަށްވެސް ބުނަން ނުކެރޭ ސަބަބުގެ މައްޗަށެވެ. އަޅުގަނޑުގެ މިއަދުގެ މައުލޫއަކީ ވެސް އެއީއެވެ. އިސްލާމީ ޢިލްމުވެރިއެއްކަމުގައިވާ ޑރ ޢަލީ އަލްޤުއްރާ ދާޣީ އޭނާގެ ޓްވިޓަރއިން މިދަންނަވާ ފަތުވާ ޝެއަކުރެއްވަން ކެރިވަޑައިގަތީ ކީއްވެތޯއެވެ؟ މުސްލިމް އިލްމުވެރިންގެ އާލަމީ ގުޅުން މި ޖަމިއްޔާއަށް އެ ހިތްވަރާއި ކެރުން ލިބުނީ ކީއްވެތޯއެވެ؟ އަދި މި ފަތުވާއަށް ބައެއް ގައުމުތަކުގެ ފަތުވާ ކޮމިޓީތަކުން ރައްދު ދޭން މިޖެހުނީ ކީއްވެގެންތޯއެވެ؟

މުސްލިމް އިލްމުވެރިންގެ އާލަމީ ގުޅުން ނުވަތަ އަލްއިއްތިޙާދުލްޢާލަމީ ލިޢުލަމާއިލްމުސްލިމީން (އިންޓަރނޭޝަނަލް ޔުނިއަން އޮފް މުސްލިމް ސްކޯލާރސް) މި ޖަމިއްޔާއަކީ 2004 ވަނަ އަހަރު އުފަންކުރެވުނު މުއައްސަސާއެކެވެ. މި ބޮޑު ހަރަކާތުގެ ބާނީއަކީ މި ފަހު ޒަމާނުގެ އިސްލާމީ މުޖައްދިދު އަލްޢައްލާމާ ޑރ ޔޫސުފުލް ޤަރަޟާވީ ރަޙިމަހުﷲ އެވެ. ޑރ ޤަރަޟާވީގެ އިސްނެގުމުގެ ތެރެއަށް ދުނިޔޭގެ ނުވަދިހަ ހާހަށްވުރެ ގިނަ އިލްމުވެރިން މި މުއައްސަސާގައި ބައިވެރިވެފައިވެއެވެ.

އުންމަތުގެ ބޮޑެތި ހަގީގީ ގޮންޖެހުންތަކާ ގުޅިފައިވާ ކަންކަމުގައި އާލަމީ ސިފައެއްގައި ޑރ ޤަރަޟާވީއަށްވުރެ ބޮޑަށް މަސައްކަތްކުރެއްވި އެހެން ހަމަ އެއްބޭފުޅަކު ވެސް މި ފަހު ޒަމާނުގައި ނެތެވެ. ނަވާރަސަތޭކައިން ފެށިގެން ހުރިހާ އިސްލާމީ ދައުލަތްތަކެއް ގުޅިގެން އުފައްދާފައި މިއޮންނަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަށްވުރެ މާ ނުފޫޒުގަދަ އަދި މާ އިފެކްޓިވް މަސައްކަތްތަކެއް ކުރާ ތަނެއްކަމުގައި 2004 ވަނަ އަހަރު އުފަންކުރެވުނު އިލްމުވެރިންގެ އާލަމީ ގުޅުން ވެފައި އޮންނައޮތުން އެކަނި ވެސް މި ބަހުގެ ހެއްކަކަށް ފުދެއެވެ.

މުނައްޒަމަތުއްތަޢާވުނިލްއިސްލާމީ ނުވަތަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަކީ ދައުލަތްތައް ތަމްސީލްވާ ގޮތަށް އެކުލަވާލެވިފައި އޮންނަ އޯގަނައިޒޭޝަންއެކެވެ. އެހެންކަމާއެކު އިސްލާމީ ދައުލަތްތަކުގެ ވެރިން ކަނޑައަޅާ ސިޔާސަތުތަކާ މާދުރަށް މިނިވަންކޮށް ހިޔާލުފާޅުކުރުމަކީ މި ޖަމިއްޔާއަށް ކުރެވިދާނެ ކަމެއް ނޫނެވެ. ހާއްސަކޮށް އުންމަތަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާމެދުގައެވެ. އެނޫން ކަންކަމުގައި ފަތުވާދެއްވުމުގައި އެބޭފުޅުންވެސް ނުހަނު ހީވާގިކަމަށް އަޅުގަނޑުވެސް އެއްބަހެވެ.

ނުވަދިހަ ހާހަށްވުރެ ގިނަ އިލްމުވެރިންގެ ބައިވެރިވުމާއި އިސްލާމީ އެކި ސްކޫލްތަކުގެ އިލްމުވެރިންގެ ބައިވެރިވުމާއެކު ޤަރަޟާވީގެ ބާނީކަމުގެ ދަށުން އުފައްދާފައިވާ މުސްލިމް އިލްމުވެރިންގެ އާލަމީ ގުޅުން ވަރަށް ތަފާތެވެ. އެއީ ޝަރުޢީ އިލްމުވެރިންގެ މިނިވަން މުއައްސަސާއެކެވެ. އެ މުއައްސަސާއަކީ ވަކި ދައުލަތަކަށް ނުވަތަ ވަކި ދައުލަތްތަކަކަށް ނިސްބަތްވާ މުއައްސަސާއެއް ނޫނެވެ. އެތަން ނިސްބަތްވަނީ އުންމަތަށެވެ. އުންމަތުގެ ރައްޔިތުންނަށެވެ. މި މުއައްސަސާ މަސައްކަތްކުރާނީ، އިސްލާމީ މެސެޖް ފޯރުކޮށްދިނުމަށާއި، މުސްލިމުންނަށް އެމީހުންގެ ދީނުގެ ހުކުމްތަކުގެ އަސްލު ރަނގަޅު ދޭހައިގެ މައްޗަށް އެމީހުންނަށް އިރުޝާދުތައް ދިނުމަށެވެ. އަދި އުންމަތުގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށާއި، ކަންފަސޭހަކަމާއި ހަރުކަށިކަމާއި ދުރުވެގެންވާ ވަޒަންހަމަ މެދުމިނުގެ ފިކުރެއްގެ މަތީގައި އުންމަތް އެކަތިގަނޑަކަށް ހަދައި، ﷲ ގެ މަގަށް ދައުވަތުދިނުމާއި ދުނިޔެ އިމާރާތްކުރުމުގެ ކަންކަމަށް ހިތްވަރުދިނުމަށެވެ.

މި މުއައްސަސާގެ މައިގަނޑު ލަނޑުދަނޑިތަކާއި މަގުސަދުތަކުގެ ތެރޭގައި، އިލްމުވެރިންގެ މަގާމު އިއްޒަތްތެރިކުރުމާއި، އެމީހުންގެ އިލްމީ މަސައްކަތްތަކަށް ވީހާވެސް މިނިވަން ގޮތެއްގައި ފުރުސަތުދިނުން ހިމެނެއެވެ. އުންމަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގައި އެބައިމީހުން ދެކޭ ގޮތް އެއްގޮތްކުރުމާއި އެއްސަފަކަށް ތިބެގެން އެކަންކަމާއި ކުރިމަތިލުމަށް ފުރުސަތުހޯދުމާއި ހޯދައިދިނުން ހިމެނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox