ފަނޑިޔާރުން ސަސްޕެންޑުކުރީ ނުފޫޒު ފޯރުވަން ކަމަށް ބެލެވޭ ކަމަށް ބުނެ އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

ސަސްޕެންޑުކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު އަދި ޑރ. އައިޝަތު އަޒްމިރަލްދާ : ފަނޑިޔާރުން ސަސްޕެންޑުކުރީ ނުފޫޒު ފޯރުވަން ކަމަށް ބެލެވޭ ކަމަށް ބުނެ އދ. އިން ވަނީ މިއަދު ކަންބޮޑުވުން ފާޅުކޮށްފަ ---

ސަސްޕެންޑުކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރު އަދި ޑރ. އައިޝަތު އަޒްމިރަލްދާ : ފަނޑިޔާރުން ސަސްޕެންޑުކުރީ ނުފޫޒު ފޯރުވަން ކަމަށް ބެލެވޭ ކަމަށް ބުނެ އދ. އިން ވަނީ މިއަދު ކަންބޮޑުވުން ފާޅުކޮށްފަ ---

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުގެ ގޮތުގައި ތިއްބެވި ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑުކުރީ ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އދ. ގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުން އަދި ކުރެވޭ ކޮންމެ ތަހުގީގަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

"މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެހެން ގާނޫނުއަސާސީއަށް ގެނައި ބަދަލާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވާ، އެ ކޯޓުގެ ނިންމުން ބަލިކަށިކުރަން ހިންގި އަމަލުތަކެއް ކަމުގައި ބެލެވޭ" އދ. ގެ މިނިވަން ފަނޑިޔާރުންނާއި ވަކީލުންނަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް ވިދާޅުވެފައިވެ އެވެ.

ތިން ފަނޑިޔާރުންނާ ދެކޮޅަށް ފަށާފައިވާ ތަހުގީގުތަކާއި ބަލަމުންދާ ސުލޫކީ މައްސަލަތަކަކީ، ފަނޑިޔާރުން މަގާމުން ވަކިކުރަން އޮންނަ އުސޫލުތަކާއި ހިލާފަށް ހިންގެ ތަހުގީގުތަކެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ. މިއީ މިނިވަން ފަނޑިޔާރުގެއަށް ފޯރުވޭ ނުފޫޒެއްގެ ގޮތުގައިވެސް އޭނާ ސިފަކުރައްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމާއެ، ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުކުރައްވާ ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާދެއްވާފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރަން ޖޭއެސްސީން ނިންމީ އެ ބޭފުޅުންގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އެވެ. އެ ތަހުގީގުގެ ތަފުސީލެއް އެއްވެސް އިދާރާއަކުން ނުދެ އެވެ.

އޭސީސީގެ މައްސަލާގެ އިތުރުން، މަގާމުގައި ތިއްބެވި އަޒްމިރަލްދާ އަދި މަހާޒުގެ މައްޗަށް ޖޭއެސްސީން ވަނީ ސުލޫކީ މައްސަލަތަކެއްގެ ތަހުގީގުވެސް ހިންގާފަ އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމާ، އެ ދެ ފަނޑިޔާރުން ވަކިކުރަން ތަހުގީގީ ކޮމިޓީން ވަނީ ނިންމާފަ އެވެ.

އެ ކޮމިޓީން މިގޮތަށް ނިންމީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުތައް ނިންމުމަށްފަހު އެވެ. އެކަން މިރޭ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ އެ ކޮމިޝަނުގެ މެންބަރުންނާ އަންގާ ތަހުގީގީ ރިޕޯޓުތައް ހިއްސާކޮށްފަ އެވެ.

މި ނިންމުމަށް ޖަވާބުދާރީވާން ފަނޑިޔާރުންނަށް ހަތް ދުވަހުގެ ފުރުސަތެއް ލިބޭނެ އެވެ. ފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ޖޭއެސްސީން ގޮތެއް ނިންމާނީ ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށްފަހު އެވެ.

މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުރީ އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރު ކުރުމުން، ބަންދުން ދޫކޮށްލުމަށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.

އޭގެއިތުރުން، ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއާ ހުތުރުބަހުން ވާހަކަދެއްކެވިއިރު ފަނޑިޔާރު މަހާޒް އާއި އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox