ރާއްޖެ ތަމްސީލް ކުރުމަކީ ފަހުރެއް: ފްލައި ނަވާރޯ

Apr 17, 2025, 9:00 AM
ރާއްޖެ ތަމްސީލް ކުރުމަކީ ފަހުރެއް: ފްލައި ނަވާރޯ

ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަކީ ފަހުރެއް ކަމަށް ސްޕޯޓްސް ފިޝިންގެ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސި، ފްލައި ޒޯން ފިޝިންގެ ބާނީ ރޮބަޓް ނަވާރޯ (ފްލައި) ބުނެފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވިޒިޓް މޯލްޑިވްސްގެ ޕްރޮމޯޝަނުގެ ތެރެއިން ސްޕޯޓްސް ފިޝިން ޓޫރިޒަމް ޑެސްޓިނޭޝަން އެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރު އަދި ފްލައި ޒޯން ފިޝިންގެ ބާނީ ނަވާރޯ ވަނީ ހަމަޖައްސަފި އެވެ.

އެމްއެމްޕީއާރްސީން ބުނާ ގޮތުގައި، މި ޕާޓްނަޝިޕަކީ ބައިނަލްއަގުވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާހައުލަށް ހުރި ޝައުގުވެރިކަން އިތުރުކޮށް, ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

"ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ދިވެހިރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔެއިންވެސް އެންމެ ހިތްގައިމު އެއް މާހައުލު. އަދި މިއީ މަސްވެރިކަމަށް ބަލާއިރު އެހެން މަންޒިލަކަށް މިއާ ވާދަ ނުކުރެވޭނެ ފަދަ ކަނޑުގެ މާހައުލެއް. މި މާހައުލު ދުނިޔެއަށް ދައްކައިދިނުމަށް އެހީތެރިވެދިނުމަކީ އަހަރެންނަށް ލިބޭ އުފަލެއް." އެމްއެމްޕީއާރްސީ އަށް ދިން އިންޓަވިއުއެއްގައި ފްލައި ނަވާރޯ ބުންޏެވެ.

ކުޅިވަރު މަސްވެރިކަމުގެ ސިނާއަތުގައި 30 އަހަރަށް ވުރެ ގިނަ ތަޖުރިބާ ލިބިފައިވާ، ފްލައި ނަވާރޯ އަކީ ހަ ބައްރަކަށް ދަތުރުކޮށް ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތްތަކުގައި ބައިވެރިވެފައިވާ ކުޅަދާނަ އެންގަލަރެކެވެ.

މީގެ އިތުރުން، ފްލައި ޒޯން ފިޝިންގެ ބާނީ ނަވާރޯ އަކީ، ދުނިޔޭގެ ހަމައެކަނި "ބްލޫ މާލިން" މުބާރާތް, "ބްލޫ މާލިން ވޯލްޑް ކަޕް" ގެ ކޯ ކްރިއޭޓަރުގެ ހައިސިއްޔަތުން މީޑިއާ އާއި އިވެންޓް ޕްރޮޑަކްޝަން ގެ ޒަރިއްޔާއިން އެންގަލަރުންގެ ކޮމިއުނިޓީ ބަދަހި ކޮށް ފުޅާކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ މަގުބޫލު އޭންގަލަރެކެވެ.

ނަވާރޯގެ ތަޖުރިބާ އާއި ހުނަރާއި މަގުބޫލުކަމަށް ބިނާކޮށް, ބައިނަލްއަގުވާމީ އެންގަލަރުންގެ މެދުގައި މަސްވެރިކަމަށް އެންމެ އެކަށޭނަ މަންޒިލްތަކުގެ މެޕްގައި ރާއްޖޭގެ ނަން ފަވާލެވޭނެ ކަމަށް އެމްއެމްޕީއާރްސީން ދެކެ އެވެ.

މި އެމްބަސަޑާޝިޕްގެ ދަށުން ފުރަތަމަ ހަރަކާތެއްގެ ގޮތުން ވިޒިޓްމޯލްޑިވްސް އިން ބާއްވާ "ބުރުނުބޮމަ ގްލޯބަލް ފިޝިން" މުބާރާތުގައި ނަވާރޯ ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފަ އެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 2-4 އަށެވެ.

"ބުރުނުބޮމަ ގްލޯބަލް ފިޝިން" މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންގަލަރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި, ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި ގޭމް ފިޝް ބާވަތްތަކަށް އަމާޒުކޮށްގެން ވާދަވެރި މަސްވެރިކަމެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގެ އިތުރުން, ފްލައި ނަވާރޯ ގެ ތަޖުރިބާ އާއި މަގުބޫލުކަން މެދުވެރިކޮށް, ރާއްޖެ ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ހެދުމަށް އިންޑަސްޓްރީގެ ޕާޓްނަރުންނާއި އެކުވެސް އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އެމްއެމްޕީއާރްސީން ވަނީ ނިންމައިފަ އެވެ.

ގްލޯބަލް އެމްބެސެޑަރުގެ ހައިސިއްޔަތުން ފްލައި ނަވާރޯގެ ސްޓްރެޓެޖިކް މީޑިއާ އައުޓްރީޗް، އިންޓަނޭޝަނަލް ޕާޓްނާޝިޕް އަދި އޮން ދަ ގްރައުންޑް އިނީޝިއޭޓިވްތައް މެދުވެރިކޮށް ކުޅިވަރު މަސްވެރިކަމާއި މެރިޓައިމް ޓޫރިޒަމް އިންޑަސްޓްރީގައި ރާއްޖެ އިޝްތިހާރުކުރުމުގައި އެހީތެރިވެދޭނެ އެވެ.

ފްލައި ނަވާރޯ މި މަގާމަށް އައްޔަން ކުރެވުމަކީ ދެމެހެއްޓެނިވި ކުޅިވަރު މަސްވެރިކަމުގެ ދާއިރާގައި ބައިނަލްއަގްވާމީ ލީޑަރަކަށް ވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްއެމްޕީއާރްސީން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox