ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅެން ނަޝީދު ހުށަހެޅުއްވި ހިޔާލަށް ފައްޔާޒް ތާއީދު ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ކ) : ފައްޔާޒު ވިދާޅުވީ ހުރިހާ އެންމެން ގުޅިގެންވިޔަސް ސަރުކާރު ހަމަ މަގަށް އަޅުވަންޖެހޭ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ކ) : ފައްޔާޒު ވިދާޅުވީ ހުރިހާ އެންމެން ގުޅިގެންވިޔަސް ސަރުކާރު ހަމަ މަގަށް އަޅުވަންޖެހޭ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި އެ ޕާޓީގެ މެންބަރުންތަކެއް އުފެއްދި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލެއްވުމުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކަމަށް ތާއީދު ކުރައްވައިފި އެވެ.

ފައްޔާޒު މިހެން ވިދާޅުވީ، މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓާ ގުޅިގެން އަދަދު އިން އޭނާގެ ބަހެއް ހޯދުމަށް ގުޅުމުންނެވެ.

"ހުރިހާ އެންމެން ގުޅިގެން ވިޔަސް އެބަޖެހޭ ސަރުކާރު ހަމަ މަގަށް އަޅުވަން. އަޅުގަނޑުމެން ޕާޓީން އަބަދުވެސް ގެންގުޅޭ ސްޓޭންޑަކީ އަޅުގަނޑުމެންނާ އެއްކޮށް މިނިވަން ޑިމޮކްރެޓިކް މަސައްކަތް، ދިވެހި ރާއްޖޭގަ ޑިމޮކްރަސީ ދަމަހައްޓަން މަސައްކަތް ކުރަން ތިބި ހުރިހާ ބަޔަކާ އެކުވެސް މަސައްކަތް ކުރުން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅެން މިއަދު ނަޝީދު ގޮވައިލެއްވިއިރު، އެ ދެ ޕާޓީ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު އެޕާޓީން ވަކިވެވަޑައިގަތީ ސޯލިހާ ދެމެދު މައްސަލަތަކަކަށްފަހެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ދެ ވަނަ ދައުރަކަށް ސޯލިހު ވާދަ ކުރައްވަން ނިންމެވުމެވެ. ޑިމޮކްރެޓްސް އަކީ އެ ނިންމެވުމާއެކު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމަށްފަހު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ އެކެވެ.

ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގެންފި ނަމަ މަރުހަބާ ދަންނަވާނެ ކަމަށް ވެސް ފައްޔާޒު މިއަދު ވިދާޅުވި އެވެ. ނަމަވެސް، އެމްޑީޕީން ވަކިވެ އެ ޕާޓީއާ ދެކޮޅަށް މި ވީ ދެ އަހަރެއްހާ ދުވަސް ތެރޭ ނަޝީދު ކުރެއްވި އެކި ކަންކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި އެމަނިކުފާނާމެދު ނުރުހުން އޮތްކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި ހިތްހަމަ ނުޖެހުން ރައީސް ނަޝީދު އާ ދޭތެރޭގަ. މި ވޭތުވެދިޔަ ކަންތައްތަކުގެ ދިމާވި ކަންތަންތަކުގަ ހިތްހަމަ ނުޖެހުން އެބަހުރި މެންބަރުންގެ. ދެން ރައީސް ނަޝީދުގެ ކަމެއް ދެއްތޯ އެއީ އަޅުގަނޑުމެންގެ މެންބަރުންގެ ހިތްހަމަޖެހުން ހޯއްދެވުން. [އެމްޑީޕީއަށް] ހަމަ އާދެވޭނެ ކޮންމެ ބޭފުޅަކަށް ވެސް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ފާހަގަކުރެއްވީ ސަރުކާރާ ދެކޮޅަށް އެހެން ޕާޓީތަކާއި ޖަމިއްޔާތަކާއެކު މަސައްކަތް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ނިންމާފައިވާ ކަމަށެވެ. އެމްޑީޕީން މިކަމުގައި ގެންގުޅޭ ސިޔާސަތު ސާފު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox