ތަފާތު ހިތްވަރެއް ދައްކައި ރެއާލް ސްޕެނިޝް ކަޕް ފައިނަލަށް

Apr 2, 2025, 6:42 AM
ތަފާތު ހިތްވަރެއް ދައްކައި ރެއާލް ސްޕެނިޝް ކަޕް ފައިނަލަށް

މެޑްރިޑް (އޭޕްރީލް 2) - ފަހު ވަގުތު އެންޓޯނިއޯ ރުޑިގާ ޖެހި ގޯލުން ރެއާލް ސޮސިއެޑާޑް 5-4 ގެ އެގްރިގޭޓް ނަތީޖާ އިން ބަލިކޮށް ރެއާލުން ސްޕެނިޝް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލް ދެ ވަނަ މެޗު، އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ނިމުނީ 4-4 ގެ ނަތީޖާ އަކުންނެވެ. ރެއާލުން ވަނީ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ސޮސައިޑާޑްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ.

ރޭގެ މެޗުގެ 16 ވަނަ މިނިޓްގައި ސޮސިއެޑާޑްގެ އެންޑާ ބަރެނޭޗާ ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު، މެޗުގެ 30 ވަނަ މިނިޓްގައި ރެއާލްގެ ޒުވާން ފޯވާޑް އެންޑްރިކް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މިއީ، ވިނީޝިއުސް ޖޫނިއާގެ އެހީތެރިކަމާއެކު އެންޑްރިކް ޖެހި ގޯލެކެވެ.

އެކަމަކު، މެޗުގެ 72 ވަނަ މިނިޓްގައި ރެއާލްގެ ޑިފެންޑަރު ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަން ގޯލާ އެކު ސޮސިއެޑާޑް އިން އަލުން ލީޑު ނެގި އެވެ. އަދި މެޗުގެ 80 ވަނަ މިނިޓްގައި މިކޭލް އޮޔާޒަބާލް ވަނީ އިތުރު ގޯލެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.

ދެ ގޯލު ފަހަތަށް ދިޔަ ކަމުގައި ވިޔަސް ރެއާލުން ހިތްވަރު ދޫކޮށްނުލައި ރަނގަޅަށް ކުޅެން ފެށި އެވެ. އެ ގޮތުން، ސޮސިއެޑާޑްގެ ގޯލުގެ ދެ މިނިޓް ފަހުން ރެއާލްގެ ޖޫޑް ބެލިންހަމް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އަދި، އޭގެ ހަތަރު މިނިޓް ފަހުން އައުރެލިއަން ޗުއަމެނީ ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

އެކަމަކު، މެޗުގެ އިތުރު ވަގުތުގައި، އަޔާޒަބާލް ވަނީ ގޯލެއް ޖަހައި އަލުން ސޮސިއެޑާޑް އަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެގްރިގޭޓް ނަތީޖާ އެއްވަރުވެފައިވުމުން ނަތީޖާ ނެރުނީ އިތުރު ވަގުތުުގެ ދެ ހާފު ކުޅިގެންނެވެ. މި މެޗުގައި ރެއާލަށް އެގްރިގޭޓް އިން ކުރިހޯދައިދިން ގޯލު މެޗުގެ 115 ވަނަ މިނިޓްގައި ޖަހައިދިނީ ރުޑިގާ އެވެ. މިއީ އާދާ ގުލާގެ އެހީތެރިކަމާއެކު އޭނާ ޖެހި ގޯލެކެވެ.

މި ނަތީޖާއާއެކު މި މަހުގެ 26 ވަނަ ދުވަހުގެރޭ ފައިނަލުގައި ރެއާލާ ދެކޮޅަށް ނުކުންނާނެ ޓީމެއް އެނގޭނީ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗަށްފަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox