މަޑުއްވަރީގައި ބޭބެއަށް ވަޅިން ހަމަލާ ދިން މީހާ ހައްޔަރުކޮށްފި

Apr 1, 2025, 4:29 AM
މަޑުއްވަރީގައި ބޭބެއަށް ވަޅިން ހަމަލާ ދިން މީހާ ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ރޭ އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

ދާދި ދެންމެއަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށެވެ. މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 11:28 ހާއިރު އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އެއީ މީހަކަށް ވަޅިން ހަމަލާ ދިން ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއްގައި ހުއްޓައި، ދޫކޮށްލާފައިވާ މީހެކެވެ.

މަޑުއްވަރީން އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ދެބޭންގެ ދެމެދުގައި ރޭ ކުރި ޒުވާބެއްގައި ވަޅިއަކުން ހަމަލާ ދިނީ، އެރަށު ބީޗު ހައުސް، އިސްމާއީލް އާސިފު ކަމަށެވެ. އޭނާ ދިން ހަމަލާ ޒަހަމްވީ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު މުއީން އަށެވެ.

މުއީންގެ ބޮލުގެ ދެ ތަނަށް ވަޅިން ހަމަލާދީފައިވެ އެވެ. އޭނާއަށް މަޑުއްވަރީ ހެލްތު ސެންޓަރާއި އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދީފައިވެ އެވެ.

މުއިންއަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އާސިފަކީ ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި 2019 ގައި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދުއާ ދެމެދު އުފެދުނު ދެބަސްވުމެއްގައި ހައްމާދަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލާގައި 10 އަހަރަށް ޖަލަށް ލާން ސެޕްޓެމްބަރު 2022 ގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ.

އެ މައްސަލާގައި އާސިފްގެ މައްޗަށް ދައުލަތުން އުފުލީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް, ކުށް ސާބިތުކުރަން ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނާއި ގިނަ އަދަދެއްގެ ސިއްރު ހެކިން ވެސް ހިމެނެ އެވެ.

ޖަލު ހުކުމެއް އިއްވާފައި ހުރި އާސިފް ދޫކޮށްލާފައި ވަނީ ކޮން އިރެއްގައި ކަމެއް، އަދި ކީއްވެގެންކަން ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox