ސަރުކާރުން އީދު ބޮކި ފޮނުވާ ރަށްތަކުގެ ލިސްޓުން އޮމަދޫ އުނިކުރި ކަމަށް ބުނެފި

މިދިޔަ އަހަރު އީދު ބޮކި ދިއްލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ: އަދަދު

މިދިޔަ އަހަރު އީދު ބޮކި ދިއްލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ: އަދަދު

މި ފަހަރުގެ ފިތުރު އީދުގައި ކުލަ ބޮކި ދިއްލަން 28 މިލިއަން ރުފިޔާ ހަރަދުކޮށް އެ ބޮކިތައް ފޮނުވަން ސަރުކާރުން ނިންމި 36 ރަށުގެ ލިސްޓުގައި އދ. އޮމަދޫ ހިމެނުމަށްފަހު އުނިކުރި ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ސަރުކާރުގެ މި އަމަލު ކުށްވެރިކޮށް އޮމަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފިތުރު އީދަށް ބޮކި ފޮނުވާ ރަށްތަކުގެ ލިސްޓުގައި އޮމަދޫ ހިމެނޭ ކަމަށް އަންގާ ލޯކަލް ގަވަމަންޓު މިނިސްޓްރީން އެ އިދާރާއަށް ސިޓީއެއް ފޮނުވީ މާޗު 6، ގައި ކަމަށެވެ. އެ ސިޓީއާ ގުޅިގެން މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އެ އިދާރާއިން ވި ކަމަށްވެސް އޮމަދޫ ކައުންސިލުން ބުނެފައިވެ އެވެ.

އަދި، އެގޮތަށް އެންގުނީ އޮޅުމަކުން ކަމަށް ބުނެ މިނިސްޓްރީން އޮމަދޫ ކައުންސިލަށް ދެވަނަ ސިޓީއެއް ފޮނުވީ އިއްޔެ ހަވީރު 5:30 ހާއިރު ކަމަށްވެސް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ނަމަވެސް، މި ކައުންސިލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބުރަވެވެނީ ސިޔާސީ ގޮތުން ނުފޫޒު ހުރި ފަރާތްތަކުން ބާރުވެރިކަމުގެ އޮއިވަރުގައި ޖެހި ލައިޓުތައް ގެންދިއުމަށް ކަނޑައެޅިފައިވާ ލިސްޓަށް ބަދަލު ގެނެސް މި ރަށުގެ ނަން އެ ލިސްޓުން އުނިކޮށް އެހެން ރަށަކަށް އެ ލައިޓުތައް ބަދަލުކޮށްފައިވާ ކަމަށް،" އޮމަދޫ ކައުންސިލުން ބުނެފައިވެ އެވެ.

އީދަށް އަލަށް ދިއްލާ ރަށްތަކުގެ ތެރޭގައި އދ. އަތޮޅުން ހިމެނުނީ މާމިގިލި އެވެ.

އޮމަދޫ ކައުންސިލުން ސަރުކާރުން ކުރި ކަމަށް ބުނާ މި އަމަލު ސިފަކޮށްފައިވަނީ އެ ރަށުގެ ރައްޔިތުންނަ ލަދުގަންނަވާލަން ކުރި ކަމެއްގެ ގޮތުގަ އެވެ. އަދި، އެ ރަށުގެ ބަނދަރުގެ މަސައްކަތްވެސް ކުރިއަށް ނުދާ ކަމަށް ބުނެ އެ މަސައްކަތް ފަށާ ލައިޓުތައް އެ ރަށަށް ފޮނުވުމަށް އޮމަދޫ ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

އެތައް މިލިއަނެއް ހަރަދުކުރާ އީދު ބޮކި މަޝްރޫއަށް ބައެއް ރަށްތަކަށް ބޮއްކާއި އެއާ ގުޅޭ ސާމާނު ފޮނުވީ ފުރަތަމަ ކަނޑައެޅި ވަރަށް ވުރެ މަދުންކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ރަށު ކައުންސިލްތަކުގެ މެންބަރުން ބުނީ އީދު ބޮއްކާއި އެއާ ގުޅޭ އައިޓަމްތަކުގެ އަދަދުތަކާއެކު ލޯކަލް ގަވާމެންޓު މިނިސްޓްރީން ފުރަތަމަ ސިޓީއެއް ފޮނުވީ މާޗު 6 ގައި ކަމަށެވެ.

އެ ސިޓީގައި ހިމަނާފައިވާ އައިޓަމްތަކުގެ އަދަދާއި، އެ އައިޓަމްތަކުގެ މިންވަރަށް މަދުކޮށް އާ ސިޓީއެއް މާޗު 17 ގައި ފޮނުވި ކަމަށް ކައުންސިލްތަކުން ބުންޏެވެ.

ލޯކަލް ގަވާމެންޓު މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ކަނޑައެޅި އަދަދު ތަކުގެ ތެރެއިން ބައެއް ރަށްރަށް ނުލިބޭނީ ގިޑިގެ އެކަނި ކަމަށާއި އެވެސް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލޯކަލް ގަވާމެންޓު މިނިސްޓްރީގެ ސިޓީތަކުގެ ކޮޕީ އަދަދު ނޫހަށް ލިބިފައިވެ އެވެ. އެ ސިޓީތަކުން އެނގޭ ގޮތުގައި ފުރަތަމަ ފޮނުވި ސިޓީގައި ނުވަ އައިޓަމެއް ފޮނުވާނެ ކަމަށް ކަނޑައަޅާފައި ވާއިރު، މާޗު 17 ގެ ސިޓީގައި އޮތީ ހަ އައިޓަމެވެ. އެ ހަ އައިޓަމްގެ ބައެއް ސާމާނު ކުރިއަށް ވުރެ މަދުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox