އީސްޕޯޓްސް މާކެޓް 388 ބިލިއަން ޑޮލަރަށް އަރަނީ

އީސްޕޯޓްސް މާކެޓަކީ ދުނިޔޭގައި މިހާރު އެންމެ ބޮޑު އެއްވިޔަފާރި --

އީސްޕޯޓްސް މާކެޓަކީ ދުނިޔޭގައި މިހާރު އެންމެ ބޮޑު އެއްވިޔަފާރި --

އީސްޕޯޓްސް މާކެޓް ނުވަތަ އޮންލައިން ގޭމިން އިންޑަސްޓްރީއަކީ މިހާރު ދުނިޔޭގެ އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ވިޔަފާރީގެ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއެވެ. އެންމެ ފަހުން ތައްޔާރުކުރެވިފައިވާ "އޮންލައިން ގޭމިން މާކެޓް ސައިޒް އެންޑް ޝެއާ އެނަލިސިސް - ގްރޯތް ޓްރެންޑްސް އެންޑް ފޯކާސްޓް ރިޕޯޓް 2025-2033" ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، އޮންލައިން ގޭމިން މާކެޓުގެ އަގު 2024 ވަނަ އަހަރުގެ 152.58 ބިލިއަން ޑޮލަރުން 2033 ވަނަ އަހަރާ ހަމައަށް 388.10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ އަހަރަކު 10.93 ޕަސެންޓުގެ ކުރިއެރުން ލިބޭނެކަމަށް ބެލެވޭ ދާއިރާއެކެވެ.

މާކެޓް ކުރިއަރާ ސަބަބުތައް

އޮންލައިން ގޭމިން އިންޑަސްޓްރީގެ ކުރިއެރުމަށް މައިގަނޑު ދައުރެއް އަދާކުރަނީ އީސްޕޯޓްސްގެ މަގުބޫލުކަން އިތުރުވުމާއި، އެކި ޑިވައިސްތަކުގައި އެއް ގޭމް ކުޅެވޭނެ ކްރޮސް-ޕްލެޓްފޯމް ގޭމިން ސިސްޓަމްތައް ތަޢާރަފްވުމާއި، ގޭމް ތެރެއިން ގަނެވޭ އެކިއެކި ވަސީލަތްތަކުގެ ޒަރީއާއިން ލިބޭ އިން-ގޭމް ޕާޗޭސަސްއެވެ. މީގެއިތުރުން، ސޯޝަލް އިންޓަގްރޭޝަންގެ ސަބަބުން ގޭމިން ތެރެއިން އިޖްތިމާޢީ ގުޅުންތައް ބަދަހިވުމާއި، އާރް/ވީއާރް (އޯގްމެންޓެޑް އަދި ވާޗުއަލް ރިއަލިޓީ) ފަދަ އާ ޓެކްނޮލޮޖީތައް ތަޢާރަފްވުމަކީވެސް މި ސިނާޢަތް ކުރިއެރުމަށް މަގުފަހިކޮށްދޭ މުހިންމު ކަންތައްތަކެވެ.

މާކެޓުގެ މިހާރުގެ ހާލަތު

މިހާރު ދުނިޔޭގައި ގާތްގަނޑަކަށް 3.09 ބިލިއަން މީހުން ވީޑިއޯ ގޭމްސް ކުޅެއެވެ. އަދި 2024 ވަނަ އަހަރާ ހަމައަށް އެ އަދަދު 3.32 ބިލިއަނަށް އަރާނެކަމަށް ލަފާކުރެވެއެވެ. އޭޝިއާއަކީ ގާތްގަނޑަކަށް 1.5 ބިލިއަން ކުޅުންތެރިންނާއެކު މި މާކެޓުގައި އެންމެ ބޮޑު ހިއްސާއެއް އޮތް ސަރަޙައްދެވެ. އަދި އެމެރިކާގައި 3,000 އަށްވުރެ ގިނަ ޕްރޮފެޝަނަލް އީސްޕޯޓްސް ކުޅުންތެރިން ތިބިކަން ފާހަގަކުރެވެއެވެ.

ޓެކްނޮލޮޖީގެ ބައިވެރިވުން

ކްލައުޑް ގޭމިން، ވާޗުއަލް ރިއަލިޓީ، އޯގްމެންޓެޑް ރިއަލިޓީ އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތައް އޮންލައިން ގޭމިންގެ ތަޖުރިބާ ފުޅާކޮށް ރަނގަޅުކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. ކްލައުޑް ގޭމިންގެ ސަބަބުން ވަރުގަދަ ކޮމްޕިއުޓަރުތައް ބޭނުންކުރުމުގެ ބަދަލުގައި ސީދާ މޮބައިލް ޑިވައިސްތަކަށް ގޭމްތައް ސްޓްރީމްކުރެވޭ ގޮތް ވަނީ ތައާރަފްވެފަ އެވެ.

އިންޓަރނެޓްގެ ސްޕީޑް އިތުރުވުން

5ޖީ ޓެކްނޮލޮޖީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޢާރަފްވަމުން އައުމާއި ބްރޯޑްބޭންޑް އިންފްރާސްޓްރަކްޗަރ ހަރުދަނާވުމުގެ ސަބަބުން އޮންލައިން ގޭމިންގެ ތަޖުރިބާ ވަނީ އިތުރަށް ރަނގަޅުވެފައެވެ. 5ޖީ ނެޓްވާކްތަކުގައި ކުރީގެ ޓެކްނޮލޮޖީތަކާ އަޅާބަލާއިރު ހަލުވި ޑޭޓާ ސްޕީޑާއި، ދަށް ލޭޓެންސީއާއި، އިތުބާރުހުރި ގުޅުންތަކެއް ލިބެ އެވެ.

މައިކްރޯޓްރާންސެކްޝަންތަކާއި އިން-ގޭމް ޕާޗޭސަސް

މިހާރުގެ އޮންލައިން ގޭމިން އިންޑަސްޓްރީގެ އާމްދަނީގެ މައިގަނޑު ބައެއް ލިބެނީ އިން-ގޭމް ޕާޗޭސަސް އާއި މައިކްރޯޓްރާންސެކްޝަންތަކުންނެވެ. މީގެ ސަބަބުން ގޭމް ތައްޔާރުކުރާ ފަރާތްތަކަށް މައިގަނޑު ގޭމްގެ ގަވާއިދުތަކަށް ބަދަލު ނުގެނެސް އިތުރު އާމްދަނީ ލިބޭނެ މަގު ތަނަވަސްވެފައިވެ އެވެ.

މާކެޓުގައި ހުރި ގޮންޖެހުންތައް

އޮންލައިން ގޭމިންގ އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި ސައިބަރ ސެކިއުރިޓީގެ ނުރައްކާތައް ހިމެނޭއިރު، މީގެތެރޭގައި ހެކަރުންގެ ހަމަލާތަކާއި، ޑޭޓާ ބްރީޗްތަކާއި އަދި މަކަރުހެދުމުގެ ސޮފްޓްވެއަރ ބޭނުންކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ހަމައެއާއެކު، ދުނިޔޭގެ އެކި ގައުމުތަކުން އުމުރުފުރާއާ ގުޅޭ ގަވާއިދުތަކާއި ލޫޓް ބޮކްސް ފަދަ ސިސްޓަމްތަކާ ގުޅޭގޮތުން ތަޢާރަފްކުރަމުން އަންނަ ހަރުކަށި ގަވާއިދުތަކާއި ގާނޫނުތަކަކީވެސް މި ސިނާޢަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކެވެ.

މާކެޓުގެ ކުރިމަގު

ޖީއެސްއެމްއޭ އިންޓެލިޖެންސް މޮބައިލް އިކޮނޮމީ 2022 ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރާ ހަމައަށް މުޅި ދުނިޔޭގައި ގާތްގަނޑަކަށް 7.5 ބިލިއަން ސްމާޓްފޯން ކަނެކްޝަންތައް ހުންނާނެކަމަށް ލަފާކުރެވެއެވެ. މިއީ ދުނިޔޭގެ މުޅި މޮބައިލް ކަނެކްޝަންތަކުގެ ފަސްބައިކުޅަ ހަތަރުބައި (80 ޕަސެންޓު) އަށްވުރެ އިތުރު އަދަދެކެވެ. މޮބައިލް ފޯނުތަކުގެ މިފަދަ ފުޅާ ބޭނުންކުރުމުގެ ސަބަބުން ޑިޖިޓަލް ޚިދުމަތްތަކާއި، މޮބައިލް ގޭމިން އަދި ސިނާއަތުގެ ގުޅުންތައް އިތުރަށް ފުޅާވެގެންދާނެކަމަށް ބެލެވެއެވެ.

މީގެއިތުރުން، ޓްވިޗް އަދި ޔޫޓިއުބް ފަދަ ލައިވް ސްޓްރީމިން ޕްލެޓްފޯމްތަކުގެ މަގުބޫލުކަން އިތުރުވުމުން، ކުޅިވަރު ބަލާ ފަރާތްތަކުގެ އަދަދުވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިއީ ގޭމް ޑިވެލޮޕަރުންނަށް އިތުރު އާމްދަނީ ހޯދޭނެ މަގެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

އޮންލައިން ގޭމިން މާކެޓަކީ ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ފުޅާވެ، ކުރިއަރަމުންދާނެ ދާއިރާއެއްކަން ފާހަގަކުރެވެއެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، މޮބައިލް ޑިވައިސްތަކުގެ ބޭނުންކުރުން އިތުރުވުމާއި، އިންޓަރނެޓްގެ ސްޕީޑް ހަލުވިވުމުގެ ސަބަބުން މި ދާއިރާއަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެއެވެ.

އެހެންނަމަވެސް، ސައިބަރ ސެކިއުރިޓީގެ ގޮންޖެހުންތަކާއި، ގަވާއިދުތަކާ ގުޅޭ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަކީ މި ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް މުހިއްމު ކަމެކެވެ. ކުރިއަށް އޮތް އަހަރުތަކުގައި އެކި ބާވަތުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ގޭމްތައް ތައްޔާރުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިތުރު އީޖާދުތައް ގެނައުމަކީ މި ސިނާއަތުގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ މުހިއްމު ގޮންޖެހުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox