ވައިލްޑް ބްލޫބެރީން ހިތާއި ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދޭ

Jan 28, 2026, 6:43 AM
ވައިލްޑް ބްލޫބެރީން ހިތާއި ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދޭ

އިންސާނާގެ ހިތާއި ލޭ ދައުރުކުރުމުގެ ނިޒާމާއި ހަޖަމުކުރުމުގެ ނިޒާމަކީ، އެތެރެހަށީގެ ވަރަށް ގިނަ ގުނަވަންތަކުގެ ގުޅިފައިވާ މަސައްކަތްތަކަކުން ދަމަހައްޓައިދޭ ނިޒާމެކެވެ. އޭގެ ތެރޭގައި ލޭހޮޅިތަކުގެ މަސައްކަތާއި ލޭގެ ޕްރެޝަރާއި ލޭގައި އެކުލެވޭ ސަރުބި އާއި ކޮލެސްޓެރޯލް އަދި ލޭގައި ހަކުރު އެކުލެވޭ ނިސްބަތް ވެސް ހިމެނެއެވެ.

ވައިލްޑް ބްލޫބެރީ ކެއުމުން މި ނިޒާމުތަކުގެ ދުޅަހެޔޮކަމަށް، އެއްވެސް އަސަރެއް ކުރޭތޯ ބެލުމަށްޓަކައި ސައެންސްވެރިން ދިރާސާތައް ކުރަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އެ ގޮތުން މިދިޔަ 24 އަހަރުގެ ތެރޭގައި ހަތަރު ގައުމެއްގައި ކުރި ދިރާސާތަކުގެ ތެރޭގައި، ވައިލްޑް ބްލޫބެރީ ކެއުމުން އިންސާނުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމަށް، ލެބޯޓެރީގައި އަޖުމަބެލުމުގެ މަސައްކަތް 12 ފަހަރެއްގެ މަތިން ކޮށްފިއެވެ.

ކްރިޓިކަލް ރިވިއުޒް އިން ފުޑް ސައިންސް އެންޑް ނިއުޓްރީޝަން ކިޔާ ޖާނަލްގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ވައިލްޑް ބްލޫބެރީ ކެއުމުން، ނާރުތަކުގައި ލޭ ދައުރުކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުން ލިބެއެވެ. އެ ގޮތުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރެވި، ލޭގައި ސަރުބި އާއި ކޮލެސްޓެރޯލް އެކުލެވޭ މިންވަރު ވެސް ސިއްހީ މިންގަނޑުގައި ހިފެހެއްޓޭކަން ހާމަވިއެވެ.

Advertisement

އޭގެ އިތުރުން ލޭގައި ހަކުރު އެކުލެވޭ ނިސްބަތް ވެސް، ސިއްހަތަށް ގެއްލުން ނުލިބޭ މިންވަރުގައި ހިފެހެއްޓުމަށް، ވައިލްޑް ބްލޫބެރީ އެހީވެދެއެވެ. މި ދިރާސާއިން މި ހަގީގަތްތައް ހާމަވިޔަސް، މިކަން މުޅިން ކަށަވަރު ކުރުމަށްޓަކައި އިންސާނުންގެ ހަށިގަނޑުގައި އަޖުމަ ބެލުމުގެ އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް، ދިރާސާގެ ސައެންސްވެރިން ބުނެއެވެ.

ވައިލްޑް ބްލޫބެރީއަކީ ހިތުގެ ދުޅަހެޔޮކަމާއި ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަމަށް އެހީވެދޭ މޭވާއެއްކަން ކަށަވަރު ކުރުމަށް ސައެންސްވެރިން ދިރާސާކުރަން ފެށީ، އެ މޭވާއަކީ ހަޖަމު ރަނގަޅުކޮށްދީ، ލޭ ދައުރުކުރުމުގެ ނިޒާމު ރަނގަޅު ކޮށްދޭ މޭވާއެއް ކަމަށް، ޒަމާނުއްސުރެ ކިޔަމުން އަންނާތީއެވެ.

ސައެންސްވެރިން ބުނި ގޮތުގައި ވައިލްޑް ބްލޫބެރީގެ ފައިދާއާ ބެހޭ ގޮތުން ކުރި މި ދިރާސާއިން ފާހަގަވި އެންމެ މުހިންމު ފައިދާއަކީ، ލޭހޮޅިތަކުގެ މަސައްކަތަށް އަންނަ ހެޔޮ ބަދަލެވެ. ވައިލްޑް ބްލޫބެރީގައި ހިމެނޭ މާއްދާތަކުގެ ސަބަބުން، ލޭ ހޮޅިތަކުގެ ބަތާނަ ފަށް މުރަނަވިޔަ ނުދީ މަޑުކަންމަތީގައި ދަމަހައްޓައިދެއެވެ. މިހެންވުމުން، ލޭހޮޅިތަކުގައި ލޭ ދައުރުވުން ފަސޭހަވެ، ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.

މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުގައި ބުނެފައިވާ ގޮތުން، ވައިލްޑް ބްލޫބެރީކޮޅެއް ކައިލުމުން، ދެތިން ގަޑިއިރުގެ ތެރޭގައި އޭގެ ފައިދާ ހަށިގަނޑުން ފެންނަން ފަށައެވެ. އެހެން ބައެއް ދިރާސާތަކުގައި ބުނެފައިވާ ގޮތުން، ގަވާއިދުން ކޮންމެ ދުވަހަކު ވެސް ވައިލްޑް ބްލޫބެރީ ކާން އާދަކުރުމުން، ތިން ހަތަރު ހަފުތާގެ ތެރޭގައި، ނުވަތަ ދެތިން މަސް ތެރޭގައި، ލޭދައުރު ކުރުމުގެ ނިޒާމު ރަނގަޅަށް ހިނގަން ފަށައެވެ.

ވައިލްޑް ބްލޫބެރީއަކީ ފައިބަރާއި ޕޮލީފެނޯލްސް ކިޔާ މާއްދާއެއް އެކުލެވޭ މޭވާއެކެވެ. މި މާއްދާ ގޮހޮރުގެ ތެރެއަށް ދިއުމުން، ކާނާއިން ހަކަތަ އުފެއްދުމުގެ މަސައްކަތުގެ ތެރޭގައި، ގޮހޮރުގައި ހުންނަ މައިކްރޯބްތަކުން، ޕޮލީފެނޯލްސްތައް ކުދިކުދި މޮލިކިއުލްތަކަކަށް ބަދަލުކޮށްލައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox