ފަޒުލް ހިމެނޭހެން ގޯތި ވައްކަމާ ގުޅިގެން ހިފެހެއްޓި ޕާސްޕޯޓުތައް ދޫކޮށްލައިފި

އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު: އޭނާ އެޗްޑީސީގެ އެމްޑީ ކަމުން އިސްތިއުފާ ދިނީ ގޯތި ވައްކަން ފެންމަތިވުމުން ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު: އޭނާ އެޗްޑީސީގެ އެމްޑީ ކަމުން އިސްތިއުފާ ދިނީ ގޯތި ވައްކަން ފެންމަތިވުމުން ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިފެހެއްޓި ހުރިހާ ޕާސްޕޯޓެއް ދޫކޮށްލައިފި އެވެ.

އަދަދު އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ ޓީމުން މިރޭ ބުނީ ޕާސްޕޯޓު ހިފެހެއްޓި ހުރިހާ މީހުންނަށް ޕާސްޕޯޓުތައް ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތަށް ކަންކުރަން ނިންމި ސަބަބެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށް ފުލުހުން ބުންޏެވެ.

ގޯތި ވައްކަމާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ޖުމްލަ 20 މީހެއްގެ ޕާސްޕޯޓު ފުލުހުން ހިފެހެއްޓި އެވެ.

ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު އާއި އެޗްޑީސީގެ ބޯޑު މެންބަރުން އަދި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޒުހަރު އަބްދުﷲ ސައީދު (އަޒުހާޓު)ގެ އިތުރުން އެ މިނިސްޓްރީގެ މިހާރުގެ އަދި ކުރީގެ ސިޔާސީ ބައެއް ވެރިން ހިމެނެ އެވެ.

މީގެތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ޑިސެމްބަރު 30، 2024 ގައި ފުލުހުން ދޫކޮށްލި އެވެ. މިފަހަރު ދޫކޮށްލީ 11 ޕާސްޕޯޓެވެ.

ނުވަ މީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ މަޝްވަރާކޮށް، ޕީޖީގެ ލަފާގެ މަތިން ކަމަށް ފުލުހުން އޭރު ބުންޏެވެ.

މި މައްސަލާގައި ފުލުހުން ވަނީ ފަޒީލް އާ ސުވާލުކޮށް ފަޒުލް ދިރިއުޅޭ ގެ ވެސް ބަލައިފާސްކޮށްފަ އެވެ. އެޗްޑީސީގެ އެމްޑީކަމުން ފަޒުލް އިސްތިއުފާދިނީ މި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.

އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ފުލުހުން ވަނީ 1.4 މިލިއަން ރުފިޔާ ހޯދާފަ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމެނީސް ފުލުހުން ވަނީ މިދިޔަ މަހު ތެރޭ އޭނާއާ އެ ފައިސާ ހަވާލުކޮށްފަ އެވެ.

މި މައްސަލައިގައި މިހާތަނަށް ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެ އެވެ. ފުލުހުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރީ ވަގު ގޯތިތަކުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލްގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ބުނުމަށް ފަހުގަ އެވެ.

ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި ފަޒުލްގެ އިތުރުން, އޭނާގެ ބޭބެ, ސަސްޕެންޝަނުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލަ ވެސް ދަނީ ތަހުގީގުކުރަމުންނެވެ. މިގޮތަށް ދޫކުރި އެއް ގޯތީގެ ވެރިފަރާތް ކަމަށް ބުނެ ލިޔެކިޔުން ހުށަހެޅި އެކަކީ އޭނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox