މާޖިދާގެ ކެރިއަރުން ފެނުނީ ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާ

މާޖިދާގެ ކެރިއަރުން ފެނުނީ ހިތްވަރާއި ބުރަ މަސައްކަތުގެ ނަތީޖާ

ލ. ގަމަށް އުފަން އައިޝަތު މާޖިދާ އަކީ މިހާރު ރާއްޖޭގައި ހުރި އަންހެން އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ ކަމަށް ދެބަސްވާނެ މީހަކު މަދުވާނެ އެވެ. މާޖިދާގެ ކުޅުމާއި ހޯދި ކާމިޔާބީތަކުން، އޭނާ ވަނީ މިދިޔަ ތިން އަހަރު ވެސް ސާބިތު ކޮށްދީފަ އެވެ.

މިހާތަނަށް ބެލިޔަސް ފެންނަން އޮތް، މާޖިދާގެ ދިގު ވޮލީ ކެރިއަރުގައި އޭނާ ރާއްޖޭގައި ނުހޯދާ ކާމިޔާބީ އެއް ނެތެވެ. ކުޅުންތެރިޔަކަށް ހޯދެން އޮތް ހުރިހާ ކާމިޔާބީ އެއް މިހާތަނަށް އޭނާ ވަނީ ހޯދައިފަ އެވެ. މި ހުރިހާ ކާމިޔާބީއަކީ ވެސް އޭނާގެ ހިތްވަރުން، ބުރަ މަސައްކަތާއެކު ހޯދި ކާމިޔާބީތަކެކެވެ. ފަސްބެލުމެއްނެތި، ކުރިމަތިވި ގިނަ ގޮންޖެހުންތަކާ ކުރިމަތިލައިގެން ހާސިލްކުރި ކަންކަމެވެ.

ކެރިއަރުގެ ފެށުން:

ވޮލީ އަށް މާޖިދާގެ ޝައުގުވެރިކަން އުފެދުނީ ސްކޫލް ދައުރުގަ އެވެ. ސްކޫލް ދައުރުގައި ބޭއްވި ވޮލީ މުބާރާތްތަކުން އޭނާގެ ހިތް ވޮލީއަށް ދޫވިއިރު، އެންމެ ފުރަތަމަ ކުޅެން ފެށީވެސް ސްކޫލް ދައުރުގައި އިންޓަ ހައުސް މުބާރާތްތަކުގަ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މީގެ ކުރިން ގައުމީ މުބާރާތް ބާއްވަނީ އަތޮޅުތަކުގަ އެވެ. އެ ގޮތުން ލ. އަތޮޅުގައި ގައުމީ މުބާރާތް ބޭއްވި ފަހަރަކު ލ. ފޮނަދޫގައި ވޮލީ މުބާރާތް ބޭއްވި އެވެ. އޭރު މާޖިދާ އަކީ ގްރޭޑް 10 ގައި ތައުލީމު ހާސިިލްކުރަމުން އައި ދަރިވަރެކެވެ.

ގައުމީ މުބާރާތުގައި ރަށުން ބައިވެރިވި ޓީމާއެކު މާޖިދާ ދެއްކި ކުޅުމަކީ ވޮލީ އާއިލާ އަށް މާޖިދާ ފެނިގެންދިޔަ ފުރަތަމަ ފެނިލުމެވެ.

އެ މުބާރާތުގައި ވެސް މާޖިދާ ވަނީ ތަފާތު ދައްކައި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

މާލެ ބަދަލުވެ، ވޮލީ ކޯޓަށް

ގައުމީ މުބާރާތުން ކޯޗުންގެ ލޮލުގައި މާޖިދާ އަޅައިގަނެ، އޭނާ އަށް މާލެ އަށް ވޮލީ ކުޅުމަށް އައުމަށް ފުރުސަތު ލިބުނެވެ. އެއާއެކު މާޖިދާ އަށް ކުރެވުނީ މުޅިން އައު ތަޖުރިބާއެކެވެ. މީގެ ކުރިން އިންޑޯ ކޯޓެއްގައި ނުކުޅޭތީއާއެކު ފުރަތަމަ ކޮޅު "ވެއްޓި ވެއްޓިފައި" ކުޅެން ވެސް މާޖިދާ އަށް އުނދަގޫވި އެވެ.

"ފުރަތަމަ ކޮޅު ހީވީ ތަނެއް ޖެހިފައި ތަދުވެދާނެއޭ، ދެން ތަނެއް މަށައިގެން ގޮސްދާނެއޭ. އެކަމަކު ފަހުން އެކަން އޯކޭވި. އޭރު ވަރަށް އާވެފައި ހުރީ" މާޖިދާ ބުންޏެވެ.

ގައުމީ ޓީމަށް އެރުން، ހުވަފެނެއް ހަގީގަތަކަށްވުން

ކުޅުންތެރިއެއްގެ ކެރިޔަރުގައި ލިބޭނެ އެންމެ ބޮޑު އުފަލަކީ ގައުމީ ޖާޒީލުމުގެ ފުރުސަތު ލިބުމެވެ. މާޖިއަށް އެ ފުރުސަތު އުމުރުން އެންމެ 16 އަހަރުގައި ވަނީ ލިބިފަ އެވެ.

"ދެން ވަރަށް އުފާވި އެ ފުރުސަތު އެހާ ކުޑައިރު ލިބުނީމަ. ދައްތައާ ދެ މީހުން ދެން މާލެ އައީ ގައުމީ ޓީމަށް ކުޅެން." މާޖިދާ ބުންޏެވެ.

ގައުމީ ޓީމާއެކު މާޖިދާގެ ފުރަތަމަ ތަޖުރިބާއަކީ އޭނާގެ ކެރިޔަރު ބައްޓަންކުރަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް މާޖިދާ ގަބޫލުކުރެވެ. އެގޮތުން ސީނިއާ ކުޅުންތެރިންގެ ފަރާތުން އޭރު ލިބުނު އެހީތެރިކަން ހަނދާން ނުނެތޭނެ ކަމަށް މާޖިދާ ވަނީ ބުނެފަ އެވެ.

"ވަރަށް ރަނގަޅު އެމީހުން. އޭރު ދެން މާޖިއާ ހައްވަ، އެންމެ ޖޫނިއާކޮށް ތިބޭނީ. ހަމަ ހުރިހާ އެއްޗެއް ކިޔާދީ ޝައްފަމެން ހެދި." މާޖިދާ ބުންޏެވެ.

ގައުމީ ޓީމާ އެކު ރަން މެޑަލް ހޯދުން އެއީ މިހާރު ދެކޭ ހުވަފެން

ގައުމީ ޖާޒީގައި ޖެހިޖެހިގެން ދެ ފައިނަލުން ބަލިވުން އެއީ މާޖިދާގެ ކެރިޔަރުގައި މިހާތަނަށް އެންމެ ހިތްދަތި ދެ ވަގުތެވެ. އެކަމަކު މާޖިދާ ހުރީ އެ ހިތްދަތިކަމުން އަރައިގަނެ ގައުމީ ޓީމަށް ރަން މެޑަލް އެއް ހޯދައިދިނުމުގެ އަޒުމާއެކުގަ އެވެ.

"ވަރަށް ދެރަވި އަސްލު ދެ ފައިނަލުން ވެސް ބަލިވީމަ. އެވަރަށް ކުޅެފަ ބަލިވީ. މާޖި ގަބޫލުކުރާ ގޮތުގައި އަދިވެސް ވާން ޖެހޭ ވަރަށް ތައްޔާރުނުވެވެނީ. އެކަމަކު ވަރަށް ހިތްހަމަ ޖެހޭ އެ ވަރަށް ޕާފޯމް ކުރެވުނީމަ" މާޖިދާ ބުންޏެވެ.

ގައުމީ ޓީމުގެ އިތުރުން ވެމްކޯއާއެކު ކްލަބް ޗެމްޕިއަންޝިޕް ރަން މެޑަލް ހޯދުންވެސް އެއީ މާޖިދާ މިހާރު ދެކެމުން އަންނަ ހުވަފެނެކެވެ.

ވިހެއުމުން، މީހުން އިތުރަށް ކުރިން ކުޅުނު ވަރަށް ނުކުޅެވޭނެއޭ ބުނި

އަންހެން ކުޅުންތެރިންގެ ކެރިޔަރުގައި ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހޭދަކުރަން ޖެހޭ އެއް މުއްދަތަކީ ވިހެއުމުންނެވެ. ވިހެއުމަށްފަހު، ބައެއް ކުޅުންތެރިން ކުޅުން ހުއްޓާލާފައިވެސް އެބަހުރި އެވެ.

މާޖިދާގެ ކެރިޔަރުގައި ވެސް ކުޅުމާ ދުރުގައި އެންމެ ގިނަ ދުވަސް ހޭދަކުރަން ޖެހުނީ ވިހެއުމާއި ގުޅިގެންނެވެ.

މާބަނޑުއިރު، އަޑުއަހަން ބޭނުންނޫން އެތައް ބަހެއް މީހުންގެ ފަރާތުން އަޑުއިވިފައިވެސް އެބަހުއްޓެވެ. އެކަމަކު އެ ހުރިހާ ކަމަކަށް މާޖިދާ ޖަވާބު ދިނީ ވަރަގަދަކޮށް އެނބުރި އައިސްފަ އެވެ.

"ދެން ވިހައިގެން، ވަރަށް ބޮޑަށް ފަލަވިދޯ. ހިތައްވެސް އެރި ދެންނުކުޅެވޭނެއޭ. ވަރަށް ގިނަ މީހުންވެސް ބުނި ކުރިން ކުޅުން ވަރަށް ދެން ނުކުޅެވޭނެއޭ. އެކަމަކު ދެން މާޖި ގިވްއަޕް ނުކޮށް މަސައްކަތް ކުރީ." މާޖިދާ ބުންޏެވެ.

އަރަމުން އަންނަ ކުޅުންތެރިންނަށް މާޖިދާގެ ކެރިޔަރަކީ އިބުރަތެކެވެ. ގޮންޖެހުންތަކާއެކުގައި ވެސް މާޖިދާ މިހާރު އެހުރީ ރާއްޖޭގެ ވޮލީގެ އެންމެ އުހުގަ އެވެ. އަދި އޭނާ އަކީ ކްލަބް ވެމްކޯގެ އެންމެ ކާމިޔާބު ކެޕްޓަންވެސް މެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox