އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް ސުލޫކީ މައްސަލަތަކެއް ފެންމަތި ކުރިއިރު އެޗްއާރްސީއެމްގެ ބަހެއް ނެތް

އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާ: ކޮމިޝަނުން ވަނީ މިފަހުން އެމްޑީޕީއާ ދެކޮޅަށް ބަޔާނެއް ނެރެފައި -- ފޮޓޯ: އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާ: ކޮމިޝަނުން ވަނީ މިފަހުން އެމްޑީޕީއާ ދެކޮޅަށް ބަޔާނެއް ނެރެފައި -- ފޮޓޯ: އެޗްއާރްސީއެމް

ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ސަސްޕެންޑު ކުރި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އެއްވެސް އެއްޗެއް ބުނަން ދެކޮޅު ހަދައިފި އެވެ.

އެ މައްސަލައިގައި ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ރާއްޖޭގެ ވަރަށް ގިނަ ވަކީލުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަން ކަށަވަރު ކުރާ އދ. ހާއްސަ ރެޕަޓުއާ ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ.

އެކަމަކު މިފަދަ ހައްސާސް އަދި މުހިންމު މައްސަލައެއްގައި އެއްޗެއް ބުނަން ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ފަސްޖެހިފަ އެވެ. އެކަމަކު އިދިކޮޅު އެމްޑީޕީން ކުރި މުޒާހަރާއެއްގައި ރައީސްގެ ދަރިކަލެއްގެ ވާހަކަ ދެއްކި ކަމަށް ބުނެ އެކަން ކުށްވެރިކޮށް ކޮމިޝަނުން ވަނީ މިފަހުން ބަޔާނެއް ނެރަފަ އެވެ.

Advertisement

ޖުޑިޝަރީ މައްސަލައިގައި އެޗްއާރްސީއެމްގެ ކޮމެންޓެއް ހޯދަން އަދަދު އިން އެޗްއާރްސީއެމްއަށް ގުޅައި ސުވާލު ކުރުމުން އެކަމުގައި އެއްވެސް ޖަވާބެއް ދޭން ކޮމިޝަނުން ވަނީ ދެކޮޅު ހަދައިފަ އެވެ.

އެޗްއާރްސީއެމްގައި މިވަގުތު ތިއްބެވީ ރައީސް މަރިޔަމް މުނާ އާއި ނައިބު ރައީސް މުއުމިނާ ވަހީދާއި މެންބަރު އައިމިނަތު ޝިފާއަތު އާއި މެންބަރު ސަމާއު އަހުމަދު ނަޖީބު އަދި މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހީމް އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑު ކުރީ ފެބްރުއަރީ 26، ގަ އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރިއިރު ގޮނޑި ގެއްލުވައިލެވޭ މައްސަލައިގައި ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ފަށަން އޮތީ ކުޑަތަންވެފަ އެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގައިރު ގާނޫނީ ބިލެއް ފާސް ކުރި ދުވަހު، ބިލު ފާސް ކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ނަމަވެސް އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ފޮނުވާލައިފަ އެވެ.

ފަނޑިޔާރު ސުއޫދު ސަސްޕެންޑު ކުރީ މީގެ ދެ އަހަރު ކުރިން ހިނގި ކަމެއް އަލުން ނެގުމަށްފަހެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ މުހިންމު ލިޔެކިޔުންތަކެއް ސުޕްރީމް ކޯޓަށް ނުފޮނުވައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހާޒިރުކޮށް ޖަވާބުދާރީ ކުރުވި މައްސަލައެއްގަ އެވެ.

ސަސްޕެންޑު ކުރި ފަހުން މާޗް 4، ގައި ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު ވިދާޅުވީ އިސްތިއުފާ ދެއްވަނީ، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ސަސްޕެންޑު ކުރީ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ އެވެ. އެކަމަކު، ހައި ކޯޓުގެ ރަޖިސްޓްރާ ހާޒިރު ކުރުވި ތަނުގައި ހުންނެވުން އެއީ މައްސަލައަކަށް ހަދައި މަހާޒް އާއި އަޒްމިރާލްދާގެ އިތުރު މައްސަލައެއް އަނެއްކާ އަންނަނީ ބަލަމުންނެވެ.

ފަނޑިޔާރު އަޒްމިރާލްދާގެ ދިފާއުގައި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ނޫސް ބަޔާން ނެރޭތީ އެ މައްސަލަ ބަލަން ވެސް ޖޭއެސްސީއިން މިހާރު ވަނީ ނިންމައިފަ އެވެ. އަޒްމިރާލްދާގެ ފަރާތުން ބަޔާންތަކެއް ނެރުނީ އޭނާގެ މައްޗަށް ހިންގާ ތަހުގީގުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުންނެވެ. އެގޮތުން، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުން މަނާ ކުރުމާއި ތަހުގީގު ސިއްރުން ގެންދިއުން ހިމެނެ އެވެ.

އޭގެ އިތުރުން، އަޒްމިރާލްދާގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ދެ ގާޒީއެއްގެ ބަޔާން ނެގުމަށްފަހު ތައްޔާރު ކުރި ތަހުގީގު ބަޔާނުގައި ގާޒީން ވިދާޅުވި ކަމަށް ބުނެ ގާޒީން ވިދާޅުނުވާ ދޮގު ވާހަކަތަކެއް ހިމަނާފައިވާތީ ވެސް އަޒްމިރާލްދާގެ ފަރާތުން ބަޔާނެއް ނެރުނެވެ.

ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާތީ ސުއޫދު އަދި ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން ވަނީ އެ މައްސަލަ އދ. ގެ ކަމާ ބެހޭ ބޮޑީތަކަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ވަނީ ބައިނަލްއަގްވާމީ މާލީ ބައެއް އިދާރާތަކަށް ވެސް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox