މާލޭގެ ގެސްޓްހައުސްއެއްގެ ވައިގޮޅިތެރެެއަށް ރޭ ދަންވަރު ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ވައިގޮޅި ތެރެއަށް މީހަކު ވެއްޓުނު ކަމުގެ މައުލޫމާތު ލިބުމާ އެކު އެ ސަރަހައްދަށް ގޮސް، އޭނާ ނަގައިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ވައިގޮޅިއަށް ވެއްޓުނު މީހާގެ ބޯ ފަޅައިގެން ގޮސް އެކި ވަރުގެ ޒަހަމްތައް އޭނާއަށް ވަނީ ލިބިފަ އެވެ.
ވައިގޮޅިން ވެއްޓުނު މީހާގެ އެއްވެސް ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.













