އިސްތިއުފާ ދެއްވައި ސުއޫދު ފޮނުއްވި ސިޓީ ލިބުނުކަން ކަށަވަރުކޮށްދޭން ޖޭއެސްސީން ދެކޮޅު ހަދައިފި

ޖޭއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަދި މެންބަރުންތަކެއް ބައިވެރިވަނީ --- ފޮޓޯ: ޖޭއެސްސީ

ޖޭއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަދި މެންބަރުންތަކެއް ބައިވެރިވަނީ --- ފޮޓޯ: ޖޭއެސްސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މިއަދު އިސްތިއުފާދެއްވި އެ ކޯޓު ފަނޑިޔާރު ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީ ލިބުނުކަން ކަށަވަރުކޮށްދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެކޮޅު ހަދައިފި އެވެ.

އިސްތިއުފާ ދޭން ނިންމައި ސުއޫދު ފުރަތަމަ ސިޓީއެއް ފޮނުއްވީ ރައީސް މުއިއްޒަށެވެ. އޭގެ ފަހުން މިއަދު މެންދުރު ސުއޫދު ވަނީ ޖޭއެސްސީއަށް ވެސް ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީ ފޮނުއްވިކަން ފަނޑިޔާރު ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ޖޭއެސްސީއަށް އެ ސިޓީ ލިބުނުކަން ކަށަވަރުކުރަން އަދަދު ގެ ނޫސްވެރިން ގުޅުމުން ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލް އާމިނަތު ނަދާ ހުސެއިން ވިދާޅުވީ އެކަމާ ގުޅިގެން މިވަގުތަށް ކޮމިޝަނުގެ ރަސްމީ ކޮމަންޓެއް ނެތް ކަމަށެވެ.

މީގެ އިތުރުން، ޖޭއެސްސީއަށް އިސްތިއުފާގެ ސިޓީ ލިބުމުން އެ ކޮމިޝަނުން ކޯޓަށް ފޮނުވަން ޖެހޭ ޗިޓު މިހާތަނަށް ފޮނުވާފައި ނުވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ. ނަމަވެސް އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ފޮނުވިކަން ފަނޑިޔާރު ކޯޓަށް ވެސް ކަށަވަރުކޮށްދީފައިވެ އެވެ.

ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ސުުއޫދު ވަނީ ރައީސްގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމަށް ފަހިކޮށްދެމުން ދަނީ ޖޭއެސްސީގެ ރައީސް އާއި އޭސީސީގެ ރައީސް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

ސުއޫދު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވަނީ މިކަންކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބެލުން ހުއްޓުވުމަށްޓަކައި، އޭސީސީއިން މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ސަސްޕެންޑުކުރީ ފަނޑިޔާރު ސުއޫދުގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.

ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު އިސްތިއުފާ ދިން ކަން ޖޭއެސްސީއަށް އެންގުމުން އިސްތިއުފާ ދެވުނީ އެވެ. އިސްތިއުފާ ބަލައިނުގަތުމުގެ ހައްގެއް އެ ކޮމިޝަނަކަށް ނުލިބެ އެވެ. ނަމަވެސް ޖޭއެސްސީން ސުއޫދުގެ އިސްތިއުފާ ބަލައިނުގަންނާން ނިންމާފައިވާ ކަމަށް ބައެއް ނޫސްތަކުން މިއަދު ރިޕޯޓުކުރި އެވެ.

ސުއޫދު އިސްތިއުފާ ދެއްވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ގާނޫނަށް ބަދަލު ގެންނަން މަޖިލީހުން މިދިޔަ ހަފުތާ ފާސްކުރި އެވެ. ފާސްކުރިތާ ހަ ދުވަސް ވެފައިވާއިރު މިހާތަނަށް ރައީސް އެ ބިލު ތަސްދީގުކުރައްވާފައެއް ނުވެ އެވެ. އެކަމަށް ރައީސަށް 15 ދުވަހުގެ މުހުލަތެއް ލިބޭއިރު އަވަސް އަރުވާލައިގެން ފާސްކުރި ބިލު ތަސްދީގުކުރުން ލަސްވާ ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox