ސިއްހި ހިދުމަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވާތީ ޔޫނިއަންގެ ކަންބޮޑުވުން

އައިޖީއެމްއެޗްގެ ނަރުހުން: ސިއްހި ހިދުމަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވާތީ އެމްއެޗްޕީޔޫ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އައިޖީއެމްއެޗްގެ ނަރުހުން: ސިއްހި ހިދުމަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވާތީ އެމްއެޗްޕީޔޫ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ސިއްހި ހިދުމަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުވާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެ ޔޫނިއަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހެލްތު މިނިސްޓްރީ އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރަމުންދާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގައި ކުރުވާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ހަމައަށް ނުދީ މަސައްކަތް ކުރުވަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެހެންކަމުން މުވައްޒަފު ލައްވާ، މުވައްޒަފުގެ އަސާސީ މުސާރައިގެ 10 ޕަސަންޓަށްވާ މިންވަރަށް ވުރެ އިތުރަށް މަސައްކަތް ކުރުވުން، ވަޒީފާދޭ ފަރާތުގެ މައްޗަށް އަދި އެ މުވައްޒަފަށް މަސައްކަތް ހަވާލުކުރާ ސުޕަވައިޒަރުގެ މައްޗަށް މަނާކުރޭ،" އެ ޔޫނިއަނުން ބުންޏެވެ.

ސިއްހީ ހިދުމަތް ހޯދާ ބަލި މީހުންގެ އަދަދާ އަޅާބަލާއިރު ސިއްހީ މަސައްކަތްތެރިންގެ އަދަދު މަދުވުމުގެ ސަބަބުން، ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް ސިއްހީ މަސައްކަތްތެރިން މަސައްކަތުގައި ހޭދަކުރަން ޖެހޭކަން އެމްއެޗްޕީޔޫ ފާހަގަކުރި އެވެ.

އެމްއެޗްޕީޔޫ އިން ބުނީ ދައުލަތުގެ އައު ޕޭ ފްރޭވްވޯކުގައި މިހާރު ކަނޑައަޅާފައިވާ 10 ޕަސަންޓަށްވުރެ އިތުރަށް މިހާރު ވެސް ސިއްހީ މަސައްކަތްތެރިން މަސައްކަތް ކުރަން ޖެހުނު ނަމަވެސް، މުސާރައިގެ 10 ޕަސަންޓަށް ޖެހޭ ވަރަށް ވުރެ އިތުރަށް ކުރުވާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ މިހާރު ނުދޭ ކަމަށެވެ.

"ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ވާނީ ބާތިލު އެއްޗެއްކަމުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވީ ހިނދު، ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބިނުދެވޭ ގޮތަށް ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަނޑު ހެދުމަކީ ވަޒީފާއާ ބެހޭ ގާނުނާ ހިލާފުކަމެއް ކަމަށް ދެކެން،" އެ ޔޫނިއަނުން ބުންޏެވެ.

ސިއްހީ މަސައްކަތެރިން ލައްވާ އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ، ވަޒީފާއާ ބެހޭ ގާނޫނުގައި އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ވީ އެންމެ އަވަހަކަށް ދޭން ފެއްޓުމަށާއި މެއި 1، 2023، އިން ފެށިގެން ހިނގާދިޔަ މުއްދަތުގައި ސިއްހީ މަސައްކަތްރެރިން ލައްވާ އިތުރުގަޑީގެ ފައިސާ ނުދީ މަޖުބޫރުން ކުރުވާފައިވާ މަސައްކަތަށް ދޭން ޖެހޭ ފައިސާ ހަމައަށް ދިނުމަށް އެމްއެޗްޕީޔޫ އިން ގޮވައިލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ ޑެޕިއުޓީ މޭޔަރަާއި އިތުރު ދެ މީހުން ކުންފުނިތަކުގެ ބޯޑަށް

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް، އަދި އިތުރު ދެ ބޭފުޅަކު އެސްޓީއޯ އާއި އެސްޕީއެމްސީގެ ބޯޑަށް ޕީސީބީން މިއަދު ވަނީ އައްޔަނުކޮށްފައި މީގެ ކުރިން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަރީޝްއަކީ އެމްޑީޕީ ދޫކުރައްވައި މިހާރު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ބޭފުޅެއ

"އެއް ގައުމެއްގެ މީހުންނަށް ގަނެވޭނީ ރަސްމާލޭގެ 25 ޕަސެންޓު"

ރަސްމާލެއިން ބޭރު ގައުމުތަކުގެ މީހުންނަށް ޕްރޮޕަޓީ ގަނެވޭނީ ވަކި އިންސައްތައަކަށް ކަމަށާއި، އެއްވެސް ގައުމެއްގެ ރައްޔިތުންނަށް 25 ޕަސަންޓަށްވުރެ އިތުރަށް ބިން ނުގަނެވޭނެ ގޮތަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މި މަޝްރޫއުގެ ދަށުން އިޒްރޭލު މީހުންނަށް ފުރުސަތު ނޯންނާނެ ކަމަށް.

ހުޅުޖަހަން ހިތްވަރުދިން ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ މުހިންމު އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، މަޖިލީހުގައި ހުޅުޖެހުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެ ކުރި ޕޯސްޓާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައެވެ.

އޮޑިޓު އޮފީހުން އެދުނު 133.6 މިލިއަން ރުފިޔާގެ ފާސްކޮށްފި

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133.6 މިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މި ބަޖެޓުގެ ބޮޑު ބައެއް އޮފީހުގެ ހިންގުމަށާއި މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާއިރު، 43.5 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އިމާރާތްކުރާ އެ އޮފީހުގެ އާ އިމާރާތަށެވެ.

ރަސްމާލޭގައި ސްކޫލްތައް ނުހުންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރަސްމާލޭގެ އީގަލް ހިލްސް މަޝްރޫއު ހިންގާ ސަރަހައްދުގައި ސްކޫލްތައް ނުހުންނާނެ ކަމަށާއި، އެތަނުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ނަމަވެސް، ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ސަރަހައްދުގައި ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަމަށް.

99 އަހަރުވުމުން ވެސް ރަސްމާލެ އަނބުރާ ލިބޭނީ އަގު ދައްކައިގެން

"މި އިންވެސްޓްމެންޓުގެ ތެރެއިން މި އެޅޭ، ނޫނީ ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް މި ގަނެވެނީ. އެ ފަރާތުން ދެ އެތަން ޖެހޭނީ ސަރުކާރަށް، ދައުލަތަށް ވިއްކަން. ދައުލަތަށް ލިބޭނީ. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ،" ރައީސް ވިދާޅުވި އެވެ.

ފަޔާގެ އަމާޒު: މާލީ މިނިވަންކަން ދީ، ވިޔަފާރިވެރިން އުފެއްދުން

ފައްޔާޒް އިސްމާއިލްގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ 10،000 ވިޔަފާރިވެރިން އުފައްދައި، ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަށް. އޭނާގެ އަމާޒަކީ ވަޒީފާގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް، ރަށްރަށުގެ އިގްތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުން.

Newsletter

Get the latest news delivered straight to your inbox