ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް މާހިރުންނާއި ތަޖުރިބާކާރުން ތެދުވެއްޖެ

Feb 26, 2025, 4:49 AM
ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް މާހިރުންނާއި ތަޖުރިބާކާރުން ތެދުވެއްޖެ

ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުންދަނިކޮށް، ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކި ކުރުމާ ދެކޮޅަށް ގާނޫނީ މާހިރުންނާއި ތަޖުރިބާކާރުން ތެދުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރަކާއި ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބަކާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްއަކާއި ގާނޫނީ އެތައް ވަކީލުންނެއް ވަނީ ތެދުވެފަ އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުން ވަކި ނުކުރަން 71 ގާނޫނީ ވަކީލަކު ސޮއިކޮށް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ފޮނުވައިފަ އެވެ.

ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ނޮވެމްބަރު، 2024، ގައި ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ނިންމުމަށްފަހު އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ ހޯމަ ދުވަހެވެ. އޭނާ ހުށަހެޅުއްވީ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރުމަށެވެ. އަދި ބިލުގެ ބޭނުމަށް ދެ ފަނޑިޔާރުން ވަކި ކުރާއިރު، ވަކި ކުރާ ދެ ފަނޑިޔާރުންނަކީ މަގާމަށް ނާގާބިލު ކަމަށް ކަނޑައަޅަންޖެހޭ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ވެރިޔާ، އުއްތަމަ ފަނޑިޔާރުގެ މަގާމު ދުވަސްކޮޅެއްގައި އަދާ ކުރެއްވި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ހުށަހަޅާފައިވާ ބިލަކީ ދުސްތޫރީ ގޮތިން ސައްހަ އަމަލެއް ނޫން ކަމަށެވެ.

"އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ މުސްތަގިއްލުކަން ނިގުޅައިގަނެ، ފަނޑިޔާރުންނަށް ނޭދެވޭ ނުފޫޒު ފޯރުވުމަށް ހިންގޭ ގައިރު ދުސްތޫރީ އަމަލެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުން އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ބަލަމުން ދާ ދަނޑިވަޅެއްގައި، ކޯޓަށް ނުފޫޒުފޯރާ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެއީ ދުސްތޫރީގޮތުން ސައްހަ އަމަލެއް ކަމުގައި ނުބެލެވޭނެ،" ދީދީ ވިދާޅުވި އެވެ.

ގާނޫނީ މާހިރު އަދި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ އެ މަގާމަށް އެކަށީގެންނުވާ އަމަލެއްކޮށްފި ނަމަ އެކަނި ކަމަށެވެ.

"ފަނޑިޔާރުކަމުގެ މަގާމަށް އެކަށީގެންނުވާ އަމަލެއްކޮށްފި ނަމަ ނުވަތަ މަގާމަށް ގާބިލު ނޫން ނަމަ ފަނޑިޔާރުން ވަކި ކުރެވިދާނެ. ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ނަމުގައި ފަނޑިޔާރުން ވަކި ކުރެވޭނެ ގާނޫނީ ހަމައެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން އުޅުމަކީ ޖުޑިޝަރީއަށް ގައިރު ދުސްދޫރީ ނުފޫޒެއް ފޯރުވުން ކަމަށެވެ.

"ސިޔާސީ ޕާޓީއެއްގެ ފިނިކޮޓަރިން ނިންމާ ނިންމުމަކުން ރައްޔިތުންގެ މެންބަރުން މަޖްލިހުން ބޭރުކުރުމުގެ ދުސްތޫރީ މައްސަލަ ބަލަމުންދާ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރަން އުޅުމަކީ ޖުޑީޝަރީއަށް ގައިރު ދުސްތޫރީ ނުފޫޒު ފޯރުވުން. އެއީ ގާނޫނު އަސާސީގެ 141 ވަމަ މާއްދާގެ ނ. އާއި ރ. އާ ހިލާފު އަމަލެއް،" ސަވާދު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަދި ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މި ވަގުތު މި ފެންނަނީ ސުޕްރީމް ކޯޓު ފުނޑާލަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.

"ކިތަންމެ ވަރަކަށް ޖަސްޓިފައި ކުރަން އުޅުނަސް ސާފުކޮށް މިފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބާރުން ސުޕްރީމް ކޯޓު ފުނޑާލަން މަސައްކަތް ކުރާތަން. ތަހްޒީބީ މުޖްތަމައެއްގައި އެކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅިފައިވާ ވަގުތެއްގައި މިފަދަކަމެއް އަމުދުން ކުރަން ނުވެސް ވިސްނާނެ. މިއެނގެނީ މުއިއްޒު ފައިނަގާފައި އެހުރީ ސީދާ ގާނޫނީ ނިޒާމު އެއްފަރާތްކުރަން،" ޖަމީލް ވިދާޅުވި އެވެ.

އެ ބިލުގައި ބުނެފއި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ވަކި ކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ. ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.

އެ ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ބިލެއް ހުށަހެޅިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކޮށްފައިވާ މެންބަރު ވަނީ މިއަދު ބަދަލުކޮށްފަ އެވެ. އެ މަގާމުގައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު ވަކިކޮށް އެ މަގާމަށް އައްޔަން ކުރީ ޔަޒްމީދު މުހައްމަދެވެ.

ނޮވެމްބަރު 20، 2024، ގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން، މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ލިބެ އެވެ. ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި އެހެން ޕާޓީއަކަށް ބަދަލުވި ނަމަވެސް ގޮނޑި ގެއްލޭނެ އެވެ.

އެ އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންނެވެ. އެ މައްސަލަ ބަލައިގަނެ ކޯޓުގައި ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ނިންމައިފަ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ގޮނޑި ގެއްލުވައިލުމުގެ ބާރު ޕާޓީތަކަށް ލިބޭ ގޮތަށް ގެނައި އިސްލާޙު އަސާސީއާ ހިލާފުވުމުގެ އިތުރުން އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ވެސް ނޫން ކަމަށެވެ.

"ގާނޫނުއަސާސީގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަދި ދެމިގެންދާ އެއްޗެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ބާރުތައް އޮތުމުގެ މައްޗަށް. ރައްޔިތުން މި ބާރު ތަމްސީލުކުރާނީ އެ މީހުން އިންތިހާބުކުރާ މެންބަރުން މެދުވެރިކޮށް،" މަހްފޫޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox