ފުޓުބޯޅަ ސީޒަން ފެށުން މި ފަހަރު ބަދަލުކުރީ އޭޕްރީލް 8 އަށް

ފުޓުބޯޅަ ސީޒަން ފެށުން މި ފަހަރު ބަދަލުކުރީ އޭޕްރީލް 8 އަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި މަހު ފަށަން ތާވަލުކުރި ފުޓުބޯޅަ ސީޒަން އޭޕްރީލް މަހުގެ އަށް ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

ކްލަބްތަކުގެ ހިޔާލު ހޯދުމަށް އެންމެ ފުރަތަަމަ ފޮނުވި ޑްރާފްޓް ކަލަންޑަރުގައި ހިމަނާފައި އޮތީ ޖެނުއަރީ މަހު 24 ގައި ސީޒަން ފެށުމަށެވެ. އެކަމަކު، ކްލަބްތަކުގެ ހިޔާލު ހޯދުމަށް ފަހު، ނިންމީ މި މަހުގެ 14 ވަނަ ދުވަހުގެރޭ ފުޓްބޯޅަ ސީޒަން ފެށުމަށެވެ. އެކަމަކު، ޓީމުތަކުގެ ހާލަތު ބަދަލުނުވާތީއާ އެކު، ކްލަބްތަކާ އެކު، އެފްއޭއެމް އިން ބަދަލުކޮށް، މިހާރު ނިންމާފައި އޮތީ މި މަހުގެ 24 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށާ ގޮތަށެވެ. އަދި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް މި މަހު 26 ވަނަ ދުވަހު ފެށުމަށެވެ.

އެކަމަކު، މިހާރު އަނެއްކާ ވެސް މި ވަނީ، އޭޕްރީލް މަހު އަށް ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށަން ހަމަޖައްސައި ކަލަންޑަރު ކްލަބްތަކަށް ފޮނުވައިފަ އެވެ. މިއީ، މި ފަހަރުގެ ސީޒަން ފަށަން ނިންމި ހަތަރު ވަަނަ ތާރީހެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ނުކުޅޭތާ ވަނީ އަހަރެއް ވެފަ އެވެ. ރާއްޖޭގައި ރަސްމީ ފުޓްބޯޅަ ނުކުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މި ވަގުތު ޕްރީ ސީޒަން ޕްރެކްޓިސް ކުރަމުން އަންނަ ހަމައެކަނި ކްލަބަކީ، އެންމެ ފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

އެފްއޭއެމް އިން އަނެއްކާވެސް ފުޓުބޯޅަ ސީޒަން ފެށުން ފަސްކޮށްފައިވާއިރު, ފުރަތަމަ ޑިވިޝަން ކްލަބްތަކުން ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއުއާ މި ފަހުން ބައްދަލުކޮށްފަ އެވެ.

ސަރުކާރުން ވަނީ ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން އެޑްވާންސް ފައިސާ ކްލަބްތަކަށް ދީފަ އެވެ. އެއީ، ފުރަތަަމަ ޑިވިޝަންގެ 10 ކްލަބްގެ ތެރެއިން ކޮންމެ ކްލަބަކަށް 500،000 ރުފިޔާ ކަމަށް މިނިސްޓްރީން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފުޓްބޯޅަ ސީޒަން ފެށުމަށް އޮތް އެންމެ ބޮޑު ދައްޗަކީ ކްލަބްތަކުގެ މާލީ ހާލަތެވެ. ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތައް މި ވަގުތު އޮތީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ ސަބަބުން، ކްލަބް ލައިސަންސިން ކަންކަން ފުރިހަމަ ނުވެ އެވެ. އެނގިފައިވާ ގޮތުގައި، އެފްއޭއެމް އިން އަންނަނީ ފީފާ އާއި ސަރުކާރާ އެކު މަޝްވަރާތަކެއްކޮށް މި ކަމަށް މި ވަގުތު ގެނެވޭނެ ހައްލުތަކަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގަމުން އަންނަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން މިދިޔަ އޮގަސްޓް މަހު، އައްޔަނުކުރި ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުންނެެވެ. މިއީ، ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އެފްއޭއެމް ނޯމަލައިޒްކުރި ތިން ވަނަ ފަހަރެވެ.

ފީފާ އިން ވަނީ ނޯމަލައިޒިން ކޮމިޓީގެ އަދަދު ފަހަކުން ތިނަކަށް ކުޑަކޮށްފަ އެވެ. އެ ގޮތުން، މިދިޔަ އޮގަސްޓް މަހު އައްޔަންކުރި ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު އާއި އަހުމަދު އަލީ ވަނީ ވަކިކޮށްފަ އެެވެ. ޒުހޫރު ވަކިކުރުމުން، މި ވަގުތު ނޯމަލައިިޒިން ކޮމިޓީގެ ޗެއާމަަނަކަށް ހުންނެވީ، ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް، އަހުމަދު މުއިއްޒް އެވެ. ދެން، ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފްގެ އިތުރުން، ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.

މިދިޔަ ދެ ސީޒަން ފެށީ ޕްރެޒިޑެންޓްސް ކަޕުން ކަމުގައި ވިޔަސް، އާ ކަލަންޑަރުގައިވާ ގޮތުން، ސީޒަން ނިންމާ މުބާރާތަކީ، ޕްރެޒިޑެންޓްސް ކަޕް އެވެ. މީގެ ކުރިން ވެސް ޕްރެޒިޑެންޓްސް ކަޕް އޮތީ މި ގޮތަށެވެ.

ފުޓުބޯޅަ ސީޒަނުގެ މުހިންމު ތާރީހުތައް:

(ފެބްރުއަރީ 13) 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް

(މާޗް 19) އިންޑިއާ - ރާއްޖެ އެކުވެރިކަމުގެ މެޗު

(އޭޕްރީލް 8) އެފްއޭ ޗެރިޓީ ޝީލްޑް

(އޭޕްރީލް 10) ދިވެހި ޕްރިމިއާ ލީގު

(ޖޫން 1) ތިން ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

(ޖުލައި 12) އެފްއޭ ކަޕް

(ޖުލައި 18) ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް

(އޮކްޓޫބަރު 20) ޕްރެޒިޑެންޓްސް ކަޕް

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox