އައިއެމްއެފްއިން ލަފާކުރަނީ ދަރަނި އިތުރުވެ މާލީ ހާލަތު ވެސް ގޯސްވާނެ ކަމަށް

އައިއެމްއެފްއިން ލަފާކުރަނީ ދަރަނި އިތުރުވެ މާލީ ހާލަތު ވެސް ގޯސްވާނެ ކަމަށް

އިގުތިސޯދީ އަންދާޒާތަކުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް ފާހަގަކުރެވޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ފުރުސަތު ބޮޑީ ގޯސްވުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

މި ހިނގާ ފެބްރުއަރީ 3، އިން ފެބްރުއަރީ 16، އަށް އައިއެމްއެފްގެ ޓީމަކުން ރާއްޖެ އައިސް މައުލޫމާތު ސާފުކުރުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޓޫރިޒަމް ސިނާއަތް ވަރުގަދަކޮށް އޮތުމާ އެކު ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށެވެ.

މި އަހަރުގެ ތެރޭގައި ރާއްޖޭގެ އުފެެއްދުންތެރިކަން ފަސް ޕަސެންްޓަށް އުފުލޭނެ ކަމަށާއި އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ އެކު މެދު ރާސްތާގައި އިގުތިސޯދީ ދުވެލި ނުވެއްޓި ހިފެހެއްޓޭނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފައިވެ އެވެ. އޭގެ އިތުރުން، މި އަހަރުގެ ތެރޭ ރާއްޖޭގެ އިންފްލޭޝަން 2.3 ޕަސެންޓު މަތިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވެ، ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ ޕްރެޝަރުތަކުގެ ތެރޭގައި، ބޭރުގެ ހިރާސްތައް އެބަހުރި. މުޅި ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ދަރަނި އުފުލިގެން ދާނެ ކަމަށް އަންދާޒާކޮށް، އަވަސް ޕޮލިސީ އެޑްޖަސްޓްމަންޓަށް ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މެކްރޮ އިކޮނޮމިކް ހަމަޖެހުމާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް ޓަކައި ރާއްޖެ އޮތީ މުހިންމު ދަނޑިވަޅެއްގައި ކަމަށް އައިއެމްއެފްއިން ބުނެފައިވެ އެވެ.

"2025 ވަނަ އަހަރުގެ ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތަށް ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ހަލުވިކަމާއެކު ތަންފީޒުކުރުމަކީ، އިމްބެލެންސްތައް މަދުކޮށް، އިގުތިސޯދީ ހަމަޖެހުން ގާއިމުކުރުމަށް މުހިންމު ކަމަކަށް ވެގެންދާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އައިއެމްއެފްގެ ވަފުދުން ރާއްޖެ އައީ އެ އިދާރާއިން ކޮންމެ އަހަރަކު އެއް ފަހަރު ގައުމުތަކުގެ މާލީ ސިއްހަތު ވަޒަންކުރަން ކުރާ "އާޓިކަލް 4 މިޝަން" ގެ ދަށުންނެވެ. މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ އިތުރުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި އަމިއްލަ ވިޔަފާރިތަކާވެސް އެ ވަފުދުން ބައްދަލުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީ އާއި އެލިއާ ގުޅިގެން 18،000 ރުފިޔާ ޑިސްކައުންޓް

އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް އެލިއާއިން އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ.

އޭޓީއާރު އޮޕަރޭޝަން ހުއްޓާލައި، ފަޅުވެރިން ވަކިކޮށްފި

މަންޓާ އެއާއިން މި ނިންމުން ނިންމީ ލީސް އެއްބަސްވުން ހަމަވުމާއި، މަތިންދާބޯޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކުގެ އިތުރުން ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުގެ ސަބަބުން ވިޔަފާރި ކުރިއަށް ނުގެންދެވޭތީ. މީގެ ފަހުން މަންޓާ އެއާއިން އޮޕަރޭޓް ކުރާނީ ހަމައެކަނި ސީޕްލޭންގެ ދަތުރުތައް.

އެމްއައިބީން ވަރަ އެކްސްޕޯގައި ބައިވެރިވަނީ

މާދަމާ ހުޅުމާލޭގައި ފަށާ "ވަރަ އެކްސްޕޯ" ގައި އެމްއައިބީން ބައިވެރިވެ، ވަޒީފާގެ ފުރުސަތުތަކާއި ސީވީ ތައްޔާރުކުރުމުގެ އިރުޝާދު ދިނުމަށް ވަނީ ހަމަޖެހިފައި. މި އެކްސްޕޯގައި ބޭންކުގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި.

އެސެންޝިއާގެ ހުރިހާ ފްލޯރިންއަކުން 20 ޕަސެންޓު ޑިސްކައުންޓް

އެސެންޝިއާގެ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ދަށުން، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފްލޯރިންއަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައެވެ. 2027 ޖެނުއަރީ 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ ނަގުދު ފައިސާއިން މުދާ ގަންނަ ފަރާތްތަކަށެވެ.

އެމްއެޗްއޭގެ "ރިވޯޑްސް އެޕް" ތައާރަފުކޮށްފި

އެމްއެޗްއޭގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕޮއިންޓު އެއްކޮށް، ވިޔަފާރީގެ ތަފުސީލުތައް ބަލައިލެވޭނެ "އެމްއެޗްއޭ ރިވޯޑްސް އެޕް" އިއްޔެ ވަނީ ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭ އިނާޔަތްތަކާއި ހަރަދުތައް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، 2027 ވަނަ އަހަރުން ފެށިގެން ޕޮއިންޓު ހޯދުމަށް މި އެޕް ބޭނުންކުރުން މަޖުބޫރުވާނެއެވެ.

ތިންހުރާގައި ކަނޑުފަޅުގެ ދިރުންތައް އާލާކުރާ ފާމެއް ހަދަނީ

ދ. ތިންހުރާގައި ފާނަ، އިހި، ހުއިފިލަނޑު އަދި ކަނޑުފެހި އާލާކުރާ ފާމެއް ގާއިމުކުރުމަށް ހުށަހެޅީ މެގަޓަން ކުންފުނިން. އެ ކުންފުނީގެ ހުށަހެޅުމުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި އެއްގަމާއި ފަޅުތެރޭގައި ތަފާތު ވަސީލަތްތައް ގާއިމުކޮށް، އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރުމަށް.

ބޭނުންވާ ބަދިގޭގެ ޑިޒައިން ޝެއާކޮށްލައިގެން ގަވިންއިން ލިބިދާނެ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހުޅުވާލައިގެން، 75،000 ރުފިޔާގެ ބަދިގެއެއް ހޯދުމުގެ ފުރުސަތު "މަގޭ ބަދިގެ" ޕްރޮމޯޝަންގެ ދަށުން ގަވިން އިން ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އަމިއްލަ ބަދިގޭގެ ފޮޓޯ އާއި ބޭނުންވާ ޑިޒައިން ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހޭއިރު، ނަސީބުވެރިޔާ ހޮވާނީ އާންމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

Newsletter

Get the latest news delivered straight to your inbox