ޕޮލްކޯ އުވާލަން މަސައްކަތް ކުރިން، އެކަމަށް ހުރަސްއެޅީ މަޖިލީހުން: ހަމީދު

ކުރީގެ ސީޕީ މުހައްމަދު ހަމީދު: އޭނާ ވިދާޅުވީ ޕޮލްކޯ އުވާލަން ހުރަސްއެޅީ 19 ވަނަ މަޖިލީހުން ކަމަށް ---- ފޮޓޯ: އަދަދު

ކުރީގެ ސީޕީ މުހައްމަދު ހަމީދު: އޭނާ ވިދާޅުވީ ޕޮލްކޯ އުވާލަން ހުރަސްއެޅީ 19 ވަނަ މަޖިލީހުން ކަމަށް ---- ފޮޓޯ: އަދަދު

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އުވާލުމަށް މަސައްކަތް ކުރި ކަމަށާއި އެކަމަށް ހުރަސްއެޅި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިހާރު ފެންމަތިވެފައިވާ ޕޮލްކޯގެ ކޮރަޕްޝަނުގެ ބިޔަ މައްސަލަތަކާ ގުޅިގެން "އަދަދު" އާ ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ، އަަލަށް އެކުލަވާލި ފުލުހުންގެ ގާނޫނުގެ މަސައްކަތުގެ ތެރެއިން ފުލުހުންގެ ވިޔަފާރި ކުންފުނި އުވާލުމަށް އޭނާ ކޮމިޝަނަރަކަށް ހުންނެވިއުރު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަަމަށެވެ.

"ނަމަވެސް އެކަމަށް މަޖިލީހުން ހުރަސް އެޅީ. އެބޭފުޅުން ދެއްކެވި ސަބަބުތަކަކީ ހިނގަމުންދާ މަޝްރޫއުތަކާއި ސިފައިންގެ ވިޔަފާރި ކުންފުނި ސިފްކޯ ވުޖޫދުގައި އޮތުން،" ހަމީދު ވިދާޅުވި އެވެ.

ޕޮލްކޯ އުވާލެވޭ ގޮތް ނުވުމުން، 2021 ގައި މަޖިލީހުން ފާސްކޮށް ތަސްދީގުކުރި ފުލުހުންގެ ގާނޫނުގެ ދަށުން އެ ކުންފުނި، ކޯޕަރޭޓް ގަވަނަންސް އޮނިގަނޑަށް ފެއްތުމަށް ކުރިއަށްވުރެ ހަރުކަށި މާއްދާތަކެއް ހިމެނިކަން ވެސް ހަމީދު ފާހަގަކުރެއްވި އެވެ.

މި މައްސަލާގައި ހަމީދު ވާހަކަދައްކަވާފައި މިވަނީ، ޕޮލްކޯގެ ކޮރަޕްޝަންގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް 2019 ގައި އޭނާއަށް ފޮނުވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް ހަމީދު އެކަން ދޮގުކުރައްވަ އެވެ.

އޭނާ ވިދާޅުވީ ޕޮލްކޯގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ރިޕޯޓެއް ނުލިބޭ ކަމަށެވެ. އަދި އެފަދަ އެހެން ރިޕޯޓުތައް ލިބުމާއެކު ކަމާބެހޭ އިދާރާތަކާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑާ ހިއްސާކުރެއްވި ކަމަށްވެސް ހަމީދު މިއަދު ވިދާޅުވި އެވެ.

ގިނަ އަހަރުތަކެއްވަންދެން ޕޮލްކޯގެ ތެރޭގައި ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާ ކަމުގެ ތުހުމަތު އެކި ފަހަރުމަތިން ވަނީ ކުރެވި އެވެ. މިހާރު ފެންމަތިވެގެން އުޅޭ ޕޮލްކޯ ފްލެޓުތަކުގެ މައްސަލައިގައި ވެސް އޮޑިޓަރުން ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. މި މަޝްރޫއާ ގުޅޭ ބައެއް ލިޔުންތައް ވެސް އޮޑިޓަަށް ލިބިފައި ނުވާ ކަމަށް ވެސް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox