ސްޓްރޯކެއް ޖެހުނު މީހަކު މަސްތުގެ ހާލަތުގައި ކަމަށް ބުނެ ފުލުސް އޮފީހުގައި ހަ ގަޑިއިރު ބަހައްޓައިފި

ފުލުހުންގެ ބަޔަކު މާލެ ތެރޭގައި ހަރަކާތްތެރިވަނީ: ޝިމާން ހުރީ ސްޓްރޯކެއް ޖެހިފައިކަން ހޮސްޕިޓަލަށް ގެންދިޔުމުން ވަނީ ކަށަވަރުވެފައި -- ފޮޓޯ: އަދަދު ފައިލް

ފުލުހުންގެ ބަޔަކު މާލެ ތެރޭގައި ހަރަކާތްތެރިވަނީ: ޝިމާން ހުރީ ސްޓްރޯކެއް ޖެހިފައިކަން ހޮސްޕިޓަލަށް ގެންދިޔުމުން ވަނީ ކަށަވަރުވެފައި -- ފޮޓޯ: އަދަދު ފައިލް

ސްޓްރޯކެއް ޖެހުނު މީހަކަށް ފަރުވާ ނުދީ، އެއީ މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށް ތުހުމަތުކޮށް ފުލުސް އޮފީހުގައި ހަ ގަޑިއިރު ބަހައްޓައިފި އެވެ.

ސްޓްރޯކް ޖެހުނީ ޓެކްސީ ޑްރައިވަރެއް ގޮތުގައި މަސައްކަތްކުރާ އަލީ ޝިމާން ނަސީރު، 41، އަށެވެ. އޭނާ ދުއްވި ކާރު ހުޅުމާލެ ފޭސް 1 ވެމްކޯ ބްރިޖް ކައިރިން އިއްޔެ ހެނދުނު 10:45 ހާއިރު އެކްސިޑެންޓުވުމުން، އެތަނަށް އެޓެންޑުވި ފުލުހުން ބެލީ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

އާއިލާގެ މަސައްކަތާއެކު ފުލުހުންގެ ބަންދުން އޭނާ ސަލާމަތްކޮށް ހޮސްޕިޓަލަށް ދެއްކުމުން ޝިމާނަށް ހުރީ ސްޓްރޯކެއް ޖެހިފައިކަން ވަނީ ކަށަވަރުވެފަ އެވެ.

ޝިމާންގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ޝައްމޫން ނަސީރު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ޝިމާންއަކީ ހާޓް ޕޭޝަންޓެއްގެ އިތުރުން ޑައިބެޓިކް ޕޭޝަންޓެއް ކަމަށާއި މަސްތުގެ ހާލަތުގައި ހުރި ކަމަށް ފުލުހުން ބުނުމުން އެކަމާ ގުޅިގެން ސުވާލު ވެސް އުފެދުނު ކަމަށެވެ.

"ޝިމާންއަކީ ހާޓް ޕޭޝަންޓެއް. މީގެ ތަންކޮޅެއް ކުރިން ސްޓްރޯކެއް ޖެހިގެން ހޮޅިކޮޅު ލައްވާފައި ހުރި ކުއްޖެއް. އަދި ޑައިބެޓިކް ޕޭޝަންޓެއް،" ޝައްމޫން ބުންޏެވެ.

"އަޅުގަނޑުމެން ޕޮލިސް ސްޓޭޝަނަށް ދިޔައިން. މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭތީ އާއިލާއިން ބައްދަލު ނުކުރެވޭނެ ކަމަށް ފުލުހުން ބުނީ. ޔޫރިން ޓެސްޓު ލިބުނީމަ ނެގެޓްވިއްޔާ ދޫކޮށްލާނެ ކަމަށް ދެން ބުނީ. އެހެންވީމަ ނެގެޓިވް ވިއްޔާ އަންގާލަދޭށޭ އަދި ޕޮޒިޓިވް ވިޔަސް އަންގާލަދޭށޭ ކިޔާފައި އަޅުގަނޑުމެން ދިޔައީ."

ފަހުން އަނެއްކާ ޝިމާން ވާހަކަ ނުދައްކާ ކަމަށް ބުނެ އަދި ޔޫރިން ދޭން ދެކޮޅު ހެދި ކަމަށް ބުނެ ފުލުހުން އާއިލާއަށް ގުޅުމުން ފުލުސް އޮފީހަށް އަނބުރާ ދިޔަ ކަމަށާއި ވާހަކަ ނުދައްކާނަމަ އެއީ ގޯހެއްކަން ތަކުރާރުކޮށް ފުލުހުން ކައިރީ ބުނެފައިވާ ކަމަށް އޭނާގެ ބޭބެ ބުންޏެވެ.

"ތީ މައްސަލައެކޭ ބަލާލަން ދައްކާބަލާށޭ އޭނަ. ހޮސްޕިޓަލާ ހިސާބަށް ގެންދަން ހިނގާށޭ. އޭނައަކީ ހާޓް ޕޭޝަންޓަކޭ ހެނދުނު ވެސް ބުނީމެއް ނޫންހޭ. ބުނީމަ ބުނީ މެޑިކަލް ރިޕޯޓްތައް ގެންނާށޭ. އޭރުން ކަސްޓޯޑިއަލް އިން ހޮސްޕިޓަލަށް ގެންދާނެއޭ. އެ ހިސާބުން ރިޕޯޓްތައް ގެނައީމަ ބުނީ ބޭސްތައް ދޭން. އަޅުގަނޑުމެން ބޭސް ދޭން އިންކާރު ކުރިން އޭނާގެ ހާލަތު ނޭނގޭތީ،" އޭނާ ބުންޏެވެ.

ޝައްމޫން ބުނީ ފުލުހުން ޝިމާންގެ ޔޫރިން ނެގި ކަމަށް ބުނީ ހަވީރު 4:00 ޖެހި ފަހުން ކަމަށާއި ޔޫރިން ނެގެޓިވްވެގެން ދޫކޮށްލުމާ ދޭތެރޭ ވެސް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށެވެ.

މިގޮތުން އިރުއޮއްސި 06:00 ޖަހަން އުޅެނިކޮށް ޝިމާން ދޫކޮށްލުން ލަސްވަނީ ދޫކޮށްލާއިރު ދޭ ޗިޓުގައި އޭނާ ސޮއި ނުކޮށްގެން އުޅޭތީ ކަމަށް ފުލުހުން ބުނުމުން އިތުރަށް ކަންބޮޑުވި ކަމަށެވެ. އެއާއެކު ޝިމާން ކައިރިއަށް ގެންގޮސްދޭން އެދުމުން އެންމެ ފަހުން ފުލުހުން އެ ފުރުސަތު ދިން ކަމަށެވެ.

"ނެގެޓިވް ވެގެން ޗިޓެއްގައި ސޮއިކޮށްލަން ޖެހޭ މީހާ. ސޮއިކޮށްފައި ނުކުންނާނެ ނޫންހޭ ވަރަށް އަވަހަށް ބުނިން. ތިއުޅެނީ ގޯހެކޭ. އެ ދިޔަ މުއްދަތުގައި ނުފެނޭ އޭނަ. އެންމެ ފަހުން ފުލުހުން ބުނީ އޭނައަށް ސޮއި ނުކުރެވިގެން ކަމަށް އުޅެނީ. އާއިލާ މީހުން އޭނަ ހުރި ތަނަށް ވަނުމުން ވެސް އޭނާއަށް ނޭގުނު ކޮން ބައެއްކަން ވެސް،" ޝައްމޫން ބުންޏެވެ.

"އަޅުގަނޑު ގޮވާލީމަ ހީލި. އަނގައިނެއް ނުބުނޭ. މޫނުމަތިން ކަނާތްފަރާތުން ހުރީ އޮރިދަމައިގަނެފައި. ސްޓްރޯކްގެ އަލާމާތްތައް ހުރީ ފެންނަން ދިމާލަށް. އޭނަ އަތުގައި ބާރެއް ނެތް. އޭނައަށް އަތަކު ނުހިފޭ. ނުކުޅެދޭ ކުދިން އުޅޭހެން އިނގިލި ތަޅުވަނީ."

ޝިމާން ހުރި ހާލަތު ފެނިގެން ވަގުތުން އޭނާ ގޮވައިގެން ދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށާއި ފުލުހުން ޗިޓުގައި ސޮއި ނުކުރެވިގެން އޭރު ވެސް މަޑު ކުރުވަން އުޅުނު ކަމަށް ޝައްމޫން ބުންޏެވެ.

ޝިމާންއަށް ސްޓްރޯކެއް ޖެހުނުކަން ހުޅުމާލެ ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާކަން ކަށަވަރުކޮށްދީ ޝައްމޫން ބުނީ ސީޓީ ސްކޭނެއް މިހާރު ހަދާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ އިތުރު ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެނެސް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށް އާއިލާއިން ބުންޏެވެ.

ހޮސްޕިޓަލަށް ގެނައި ފަހުން ޝިމާން ކައިރީ ފުލުހުންނަށް ޔޫރިން ދިންތޯ ތަކުރާރުކޮށް އެހުމުން، އިޝާރާތުން ޔޫރިން ނުދޭ ކަމަށް ބުނެފައިވާ ކަމަށް އޭނާގެ ބޭބެ ބުންޏެވެ. އެހެންކަމުން ޝިމާން ހަ ގަޑިއިރު ވަންދެން ފަރުވާ ނުދީ އެގޮތަށް ފުލުސް އޮފީހުގައި ބެހެއްޓުމުން އާއިލާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ.

ގަދަވެ ސަލާމަތުން ތިން ކުދިންގެ ބައްޕައެއްގެ ޒިންމާ އުފުލައި، ޓެކްސީ ކޮށްގެން ލިބޭ އަމްދަނީން ދިރިއުޅުން ހަމަޖައްސަމުންދިޔަ ޝިމާންއަށް އަދިވެސް ވާހަކަ ނުދެއްކޭ ކަމަށް އާއިލާއިން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ.

ޝިމާންގެ އާއިލާއިން ބުނީ ފަރުވާ ލަސްކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox