ހިލަ އާއި ހިލަވެލި އަދި ސިމެންތި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެއް ނ. މާވައިދޫ ކައިރި ފަރަކަށް އަރައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ "ވީނިސް" ނަމަކަށް ކިޔާ 100 ފޫޓުގެ ސަޕްލައިކުރާ އެ ދޯނިން 13 ފަޅުވެރިން ދަތުރުކުރި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އެ ދޯނި ދަތުރު ކުރަމުން ދިޔައީ މާލެއިން ފުރައިގެން ހއ. އަތޮޅަށް ކަމަށާއި ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 3:59 ގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ފަރަށް އެރި ދޯޯނީގައި ހުރި މުދާތައް ސަލާމަތް ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.












