ޕީއެންސީގެ ހިންގުމުގެ ކަންކަމުން އަބްދުއްރަހީމް އެކަހެރިކޮށްފި

ޕީއެންސީގެ ހިންގުމުގެ ކަންކަމުން އަބްދުއްރަހީމް އެކަހެރިކޮށްފި

ވެރިކަންކުރާ ޕީއެންސީގެ ހިންގުމުގެ މަސައްކަތުން ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެކަހެރިކޮށް، އެމަނިކުފާނުގެ މަޝްވަރާ ހޯދުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުއްޓާލައްވައިފި ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މި ވާހަކަތައް ތިލަވީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމުގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ފައިސަލް ވަކިކުރާ ކަމުގެ އަޑުތަކާއި އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމުގެ އަޑުތައް މި ފަހުން ވަނީ އެކިފަހަރުމަތިން ގަދަވެފަ އެވެ. މިކަމާ ގުޅިގެން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއި ޕާޓީގެ އިސްވެރިން ވަނީ މި ނޫހާ ވާހަކަ ދައްކަވައިފަ އެވެ.

Advertisement

އޭގެތެރެއިން އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ރަސްމީ ހަފުލާތަކުގައި އެކުގައި ފެނުނު ނަމަވެސް ދެ ރައީސުންގެ ގުޅުން ހީނަރުވާން ފެށިތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެގޮތުން މިނިސްޓަރުކަމުން ފައިސަލް ވަކި ކުރި މައްސަލާގައި އިޝާރާތެއް އަދި މަޝްވަރާއެއް ވެސް ރައީސް، އަބްދުއްރަހީމްއާ ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުން އެބަ އެނގޭ ރައީސް މުއިއްޒު އާއި އަބްދުއްރަހީމާ ދެމެދު އޮތް މައްސަލާގެ ބޮޑުކަމާއި ފުންކަން. މިއީ މިއަދަކު އިއްޔެއަކު ހިނގައިގެން އުޅޭ ކަމެއް، ޖެހިގެން އުޅޭ މައްސަލައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިތުރު ބޭފަޅަކު ވިދާޅުވީ މި ފަހުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާން ވަކިކޮށް މުއާޒު ހަލީމު އެ މަގާމަށް އައްޔަނުކުރީ ވެސް، ޕާޓީގެ ޗެއާޕާސަން އާ މަޝްވަރާ ކުރުމެއްނެތި ކަމަށެވެ. އެކަމާ ގުޅިގެން އަބްދުއްރަހީމް ނުރުހުން ފާޅުކުރެއްވި ކަމަށް ވެސް ވެ އެވެ.

ފައިސަލް ވަކިކުރުމާ ގުޅިގެން، ރާއްޖޭގެ ނޫހަކާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ދެ ރައީސުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ނަމަ މިކަން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox