އާ ވައްތަރެއްގެ ސްކޭމެއް: އޯޓީޕީގެ ހޯދަނީ ފްލޭޝް ކޯލެއް ކޮށްގެން

އާ ވައްތަރެއްގެ ސްކޭމެއް: އޯޓީޕީގެ ހޯދަނީ ފްލޭޝް ކޯލެއް ކޮށްގެން

އެސްއެމްއެސްގެ ބަދަލުގައި ފްލޭޝް ކޯލެއް ކޮށްގެން ވެސް މިހާރު އޯޓީޕީ ހޯދޭތީ، އެކަމަށް ހޭލުންތެރިނުވާ މީހުން ސްކޭމަކަށް ހެއްލިދާނެތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.

ފްލޭޝް ކޯލްސް ހަދަނީ އޮތެންޓިކޭޓާ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެއިރުން އެސްއެމްއެސްގެ ބަދަލުގައި އޯޓީޕީ ލިބޭނީ ފޯނަށް އަންނަ ކޯލަކުންނެވެ. ގުޅާ ނަންބަރުގެ ފަހު ހަތަރު ނަންބަރަކީ އޯޓީޕީ އެވެ.

"ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު މި ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން،" ފުލުހުން ބުންޏެވެ.

Advertisement

ފްލޭޝް ކޯލްސްއަކީ ކޮބާ؟

ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) ހޯދުމަށް މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެކެވެ.

ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ހިޔާރުކުރަން ފެށީ އޯޓީޕީ އަކީ އެސްއެމްއެސްގެ ޒަރީއާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީ އާއި، ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސްއެމްއެސްއަށް ކަސްޓަމަރު އަތުން އަގެއް ނަގާތީ އެވެ.

މީގެ އިތުރުން އެސްއެމްއެސްގެ ޒަރީއާއިން އޯޓީޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތައް އޯޓީޕީ ރައްދުވުމުގައި ވެސް ލަސްތަކެއް އުޅޭތީ ކަމަށްވެ އެވެ.

އެކަމަކު ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީ އެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަހެވެ. ފްލޭޝް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ހިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސްޑް ކޯލެކެވެ.

ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު ހަތަރު ނަންބަރަކީ އޮތަންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ.

ޓެކްނޮލޮޖީއަށް މިއައި ބަދަލާއެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅޭ އުކުޅު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

ފުލުހުން ބުނީ އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތައް ހިސޯރުކުރަން ވަނީ ފަށާފައި ކަމަށެވެ.

އޯޓީޕީ ކޯޑު ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އެކައުންޓު ހެކްކުރަމުންދާ މައްސަލަތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކޮށް، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް މުއައްސަސާތަކާއި ދައުލަތުގެ އެކި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ، އެފަަދަ މައްސަލަތައް ރިޕޯޓުކުރާ އަދަދު މަދު ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox