ޓެރަރިޒަމް ހަމަލާތަކުން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އެހީގައި ދިވެހި ފުލުހުން ތަމްރީނު ކުރަނީ

ޓެރަރިޒަމްއާ ދެކޮޅަށް ފުލުހުން ހިންގާ ޕްރޮގުރާމްތަކުގެ ތެރެއިން -- ފޮޓޯ: ފުލުހުން

ޓެރަރިޒަމްއާ ދެކޮޅަށް ފުލުހުން ހިންގާ ޕްރޮގުރާމްތަކުގެ ތެރެއިން -- ފޮޓޯ: ފުލުހުން

ޓެރަރިޒަމް ހަމަލާއެއް ކުރިމަތިވާ ހާލަތުގައި ހުޝިޔާރު ކަމާއެކު ހަމަލާއަކާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތް ފުލުހުންނަށް ދަސްކޮށްދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރާ ގުޅިގެން ރާއްޖޭގައި ތަމްރީނު ޕްރޮގުރާމްތަކެއް ހިންގަން ފަށައިފި އެވެ.

އިންޓަނޭޝަނަލް ޕްރޮޓެކްޓު އެންޑް ޕްރިޕެއާގެ ނަމުގައި ތަމްރީނު ޕްރޮގުރާމުތަކެއް ހިންގަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިދިޔަ ހަފުތާގައި ވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް ހާއްސަކޮށް ދެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ކުރީ ސަފުގައި ހަރަކާތްތެރިވާ ފުލުހުންނަށް އަމާޒުކޮށްގެން މިދިޔަ ހޯމަ ދުވަހު ކުޅުއްދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ޓެރަރިޒަމް އިންސިޑެންޓް ފަސްޓް ރެސްޕޮންޑާސް ޕްރޮގުރާމުގައި ހއ.، ހދ.، ށ. އަދި ކުޅުދުއްފުށީގައި މަސައްކަތް ކުރާ 45 ފުލުހުން ބައިވެރިވި ކަމަށެވެ.

އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިިޔަލަށް ހއ. ހޯރަފުށީގައި ކުރިއަށް ގެންދިޔަ ޓެރަރިސްޓު އިންސިޑެންޓު ކޮމާންޑު ރެސްޕޯސްންސް އެވެއާނެސް ޕްރޮގުރާމުގައި ހަމަ އެ އަތޮޅުތަކުގެ ފުލުހުންގެ އިންޗާޖުން ޔުނިތުތަކުގެ އިސްވެރިން ހިމެނޭހެން ފުލުހުންގެ ރެސްޕޯންސް ސުޕަވައިޒަރީ ލެވެލްގައި މަސައްކަތް ކުރާ 27 ފުލުހަކު ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.

މި ޕްރޮގުރާމުތަކުގެ ސަބަބުން ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުވެ، ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ކުރިމަތިވާ ހާލަތްތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށާ އެންމެ ގާތުން އެކަމަށް އިޖާބަދޭ ފަސްޓް ރެސްޕޯންޑާސް އާއި ސުޕަވައިޒަރީ ލެވެލްތަކުގެ ފުލުހުން އަމަލު ކުރާނެ ގޮތް ދަސްވެވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox