އަނިޔާއާ ހެދި ޖޮކޮވިޗް މެޗު ދޫކޮށްލުމުން ޒްވެރެވް އޮސްޓްރޭލިއަން އޯޕަން ފައިނަލަށް

Jan 24, 2025, 7:09 AM
އަނިޔާއާ ހެދި ޖޮކޮވިޗް މެޗު ދޫކޮށްލުމުން ޒްވެރެވް އޮސްޓްރޭލިއަން އޯޕަން ފައިނަލަށް

މެލްބާން، އޮސްޓްރޭލިއާ (ޖެނުއަރީ 24) - އޮސްޓްރޭލިއަން އޯޕަން ސެމީ ފައިނަލުގެ ފުރަތަމަ ސެޓަށް ފަހު، މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗް، މެޗު ދޫކޮށްލުމާ އެކު، ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަށް ފައިނަލުގެ ޖާގައެއް ލިބިއްޖެ އެވެ.

އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުގައި، ޖޮކޮވިޗް، 37، ވަނީ އެއް ގަޑިއިރާއި 20 މިނިޓް ވަންދެން ކުޅެފަ އެވެ.

އެކަމަކު، ފުރަތަމަ ސެޓުން ބަލިވެފައި އޮތް ޖޮކޮވިޗް ފަހުން ނިންމީ ވާތު ފަޔަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެދާނެތީ މެދު ދޫކޮށްލުމަށެވެ.

"ފުރަތަމަ ސެޓުގެ ފަހުކޮޅަށް ދިޔައިރު އަހަންނަށް ބޮޑަށް ތަދު އިހުސާސްވާން ފެށީ. އެ ހިސާބުން އަހަންނަށް ގަބޫލުކުރެވިއްޖެ، މި މެޗުގެ ފުރަތަމަ ސެޓުން އަހަރެން މޮޅުވެފައި އޮތް ކަމުގައި ވިޔަސް. ތިނެއް، ހަތަރެއް ނޫނީ ފަސް ގަޑިއިރު ރެލީތަކެއްގައި ފައިޓްކުރާނެ ހިތްވަރު އަހަރެންގެ ކިބައިގައި މިއަދު ނެތްކަން،" ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗް، މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކުއާޓާ ފައިނަލުގައި ކާލޮސް އަލްކަރާޒް އަތުން މޮޅުވި މެޗުގައި ވެސް އަނިޔާ އަށް ފަރުވާ ހޯދި އެވެ. ސެމީ ފައިނަލް މެޗަށް ނުކުތީ، އަނިޔާވެފައިވާ ވާތު ފައި ވަރަށް ބޮޑަށް ޓޭޕްކޮށްގެންނެވެ. އެކަމަކު، ވެސް މެޗު ފުރިހަމަ ކުރެވޭ ގޮތެއްނުވި އެވެ.

މެޗަށް ފަހު ޖޮކޮވިޗަށް އޮސްޓްރޭލިއާގެ ބައެއް ސަޕޯޓަރުންގެ ނުރުހުން ވެސް އަމާޒުވި އެވެ. މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ދިޔައީ ޖޮކޮވިޗަށް ދަނޑު ބޭރުގެ ޕްރެޝަރު ވެސް ކުރިމަތިވި އަހަރަކަށެވެ. ޖޮކޮވިޗް އާއި، އެ ގައުމުގެ ސަޕޯޓަރުންނަށް އޮސްޓްރޭލިއަން އޯޕަންގެ އޮފިޝަލް ބްރޯޑްކާސްޓަރު، ޗެނަލް ނައިންގެ، ސްޕޯޓްސް ޕްރެޒެންޓަރު، ޓޯނީ ޖޯންސް ވަނީ މަލާމަތްކޮށްފަ އެވެ. އެކަމާ އޮންއެއޭގައި ޖޯންސް މައާފަށް އެދުނު ނަމަވެސް، ޖޮކޮވިޗް ވަނީ ޗެނަލް ނައިން އަށް މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި އެއްވެސް އިންޓަވިއުއެއް ނުދޭން ނިންމައިފަ އެވެ.

އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ޒްވެރެވް ބައްދަލުކުރާނީ ޖަނިކް ސިނާ ނޫނީ ބެން ޝެލްޓަން އެވެ. ޒްވެރެވް އަށް މިހާތަނަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބުކުރެވިފައިނުވެ އެވެ. އޭނާ މީގެ ކުރިން ކުޅުނު ދެ ފައިނަލުން ވީ ބައްޔެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox