ޕާޓީތަކަށް ދޭ ފައިސާގެ އަދަދު ކަނޑައެޅުމުގެ ކުރިން ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލަނީ

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ: ޕާޓީތަކަށް ދޭ ފައިސާގެ އަދަދު ކަނޑައެޅުމުގެ ކުރިން ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ: ޕާޓީތަކަށް ދޭ ފައިސާގެ އަދަދު ކަނޑައެޅުމުގެ ކުރިން ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އަދަދު ކަނޑައެޅުމުގެ ކުރިން ޕާޓީތަކުގެ ދަފްތަރު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "އަދަދު" އަށް ވިދާޅުވީ މިފަހަރު ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އަދަދު ކަނޑައެޅުމުގެ ކުރިން ދަފްތަރު ސާފުކޮށް އާންމު ކުރެވޭނެ ކަމަށެވެ.

މިގޮތުން ދަފްތަރު މިއަދު އާންމު ކުރުމަށް ފަހު، އެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.

"މިފަހަރު އަދަދު ކަނޑައަޅާނީ ދަފްތަރު ސާފުކުރުމަށްފަހު. ދަފްތަރު އާންމު ކުރެވޭނެ. ޝަކުވާ ވެސް ހުށަހަޅަން ފުރުސަތު ލިބޭނެ ދަފްތަރަށް،" ޒަކަރިއްޔާ ވިދާޅުވި އެވެ.

ޕާޓީތަކަށް ފައިސާ ދޫކުރާނީ އެ ޕާޓީތަކުން އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށަހެޅުމުންނެވެ. މިގޮތުން މިހާތަނަށް އެއްވެސް ޕާޓީއަކުން އަހަރީ ރިޕޯޓުގެ އިތުރުން އޮޑިޓް ރިޕޯޓް ހުށަހަޅާފައެއް ނުވެ އެވެ.

ޕާޓީތަކުން އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނީ އަހަރު ނިމޭތާ 90 ދުވަސް ތެރޭގަ އެވެ. އަދި ފެބްރުއަރީގެ ނިޔަލަށް ޕާޓީތަކުގެ އަހަރީ ރިޕޯޓް ހުށަހަޅަން ޖެހޭނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމު ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 31، ގެ ނިޔަލަށް ހުށަހަޅާފައި ހުރި ފޯމްތައް ޕްރޮސެސް ކުރުމަށްފަހު އަންނަ މަހުގެ ތެރޭގަ އެވެ.

މިފަހަރު އިލެކްޝަނުން ޕާޓީތަކަށް ދޭ ފައިސާގެ އަދަދު ކަނޑައެޅުމުގެ ކުރިން ދަފްތަރަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދޭން ނިންމާފައިވަނީ ވެރިކަން ކުރާ ޕީއެންސީއަށް ވަގަށް ގިނަ ބަޔަކު ވެއްދި ކަމުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއެރިފަހުން، ނިމިދިޔަ 2024 ވަނަ އަހަރުގެ ފަހު ތިން މަސްދުވަސް ތެރޭ އެ ޕާޓީއަށް 39،985 މީހުން ވައްދާފައި އޮތްކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފަ އެވެ.

މައުލޫމާތު ހޯދުމާއި ލިބުމުގެ ހައްގުގެ ދަށުން "އަދަދު" އިން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޑިސެމްބަރު، 2024، ގެ ނިޔަލަށް ޕީއެންސީއަށް 68،968 މީހުން ވަނީ ރަޖިސްޓްރީކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox