މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް މުއިއްޒު ހީކޮށްގެން ނުވާނެ: އުމަރު

އުމަރު ނަސީރު

އުމަރު ނަސީރު

މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހީކޮށްގެން ނުވާނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގްރާމުގައި އުމަރު ނަސީރު ވިދާޅުވީ މިހާ ބޮޑަށް ދޮގު ހަދައި، އޮޅުވާލައިގެން ވެރިކަމަށް އައި ބަޔަކު ދުނިޔޭން ވެސް ނުދެކޭ ކަމަށާއި، އަދި މިހާ ފާާޅުކަން ބޮޑުކޮށް ވައްކަން ކުރާ ސަރުކާރެއް ވެސް ފެނިފައި ނެތް ކަމަށެވެ.

ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ގެއްލިއްޖެ ކަމަށާއި ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު ރައީސް މުއިއްޒު "އޮރިޔާން"ވެ، އިންތިހާބުން ބަލިވެ ދާންޖެހޭނީ ގެއަށް ކަމަށް އުމަރު ވިދާޅުވި އެވެ.

"ދޮގުތައް އައިސް [ރައީސް މުއިއްޒުގެ] ގައިގައި ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މަގުމަތިން ބޮޑު އިންގިލާބެއް ގެނައުމުގެ ބަދަލުގައި ވޯޓު ފޮށިން ވެރިކަން ބަދަލު ކުރަންޖެހޭ ކަމަށާއި ނަމަވެސް މަގުމަތިން އެކަން ކުރަން ޖެހިއްޖެ ނަމަ ދިވެހިން އެކަން ނުކުރާނެ ކަމަށް ރައީސް މުއިއްޒު ހީކޮށްގެން ނުވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"ދިވެހިންނަކީ ހުކުރުން ފައިބައިގެން ގުޅަކުޅޭ ފަސްގަނޑަށްގޮސް ރަސްގެފާނު ބަދަލު ކުރާ ބައެއް. މުއިއްޒު ހީފުޅު ކުރައްވައިގެން ނުވާނެ މުޒަހަރާ އެއްޗެހި ކޮށްގެން ސަރުކާރު ބަދަލު ކޮށް ނުލާނެއޭ. އެ ހިސާބަށް ގޮސްފިއްޔާ އަޅުގަނޑު ވެސް ނުކުންނާނަން،" އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެނައީ މައިގަނޑު ދެ ކަމަކަށް ކަމަށާއި، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމާއި ރާއްޖޭގައި ގާއިމުވެފައި އޮތް އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރުމަށް ކަމަށް އުމަރު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް މިހާރު ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ އަސްކަރިއްޔާ އެބަ އޮތް ކަމަށާއި އަދި މި ސަރުކާރުން ޔާމީނަށް ހުކުމް ޖަހައި ޖަލަށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

""ކޮބައިތޯ ލަދު ހަޔާތް،" ރައީސް ޔާމީނަށް އިއްވާފައި އޮތީ ހަރާމް ހުކުމެއް ކަމަށް، މި ސަރުކާރުގައި ތިއްބެވި ވެރިން ކުރިން ވިދާޅުވެފައި، އެ މަނިކުފާނު މިނިވަން ނުކޮށް ޝަރީއަތް ހިންގަން މަސައްކަތް ކުރާތީ އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ބަސް ހުއްޓޭ އެ ބޭފުޅުން އެ ދުވަހު ދެއްކި ވާހަކަ އާއި އެ ދުވަހު ރުއި ރުއިމާ، މިއަދު އަމަލުކުރާ ގޮތާ ފޮނުނީމަ."

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox